23 މާރޗް 2019 | ހޮނިހިރު | 13 ފަސްބަދުރުވަ
16 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:20
މެންދުރު 12:17
އިރުއަރާ 06:08
ފަތިސް 04:57

ކާޖޮލް-އަޖޭ

ހަތް އަހަރަށް ފަހު ކާޖޮލް އާއި އަޖޭ އެކީގައި ފިލްމެއް ކުޅުމެއް ތައްޔާރުވަނީ

  • އެ ދެމީހުން އެކީގައި ފެންނާނީ ޑައިރެކްޓަރ ޕްރަދީޕް ސަރުކާރުގެ ފިލްމަކުން
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 28 އޯގަސްޓު 2017 | ހޯމަ 11:24 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
  3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  5. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު
  6. ވެރިކަމަށް އައީ ގިނަ ބައެއްގެ އެހީތެރިކަމާއެކު، އެއްވެސް ބަޔަކަށް ދެރަ ގޮތެއް ނުހަދާނަން: ރައީސް ސޯލިހު
  7. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ
  8. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ


ކާޖޮލްއާއި އަޖޭދޭވްގަން -- ޑެއިލީ އެކްސްޕްރެސް

ބޮލީވުޑްގެ މަޝްހޫރު ދެ ތަރިންކަމަށްވާ ކާޖޮލް އާއި އަޖޭ ދޭވްގަން އެކީގައި ފިލްމެއް ކުޅުމުގެ މަސައްކަތް ހަތް އަހަރަށްފަހު ކުރަން ފަށައިފިއެވެ. އެންމެ ފަހުގެ ރިޕޯޓްތައް ބުނާގޮތުގައި އެ ދެމީހުން އެކީގައި ފެންނާނީ ޑައިރެކްޓަރ ޕްރަދީޕް ސަރުކާރުގެ ފިލްމަކުންނެވެ.

ކާޖޮލްއާއި އަޖޭއާއި ދެމީހުން އެކީގައި ފިލްމަކުން ވަރަށް އަވަހަށް ފެންނާނެކަމަށް އަޑުތައް ފެތުރިފައިމިވަނީ ކާޖޮލް ވަރަށް ފަހުން އޭނާ އަޖޭއާއިއެކު ފިލްމަކުން ފެންނާނެކަމަށް ބުނެފައި ވަނިކޮށެވެ.

ކާޖޮލް ބުނީ އޭނާގެ އުއްމީދަކީ ވަރަށް އަވަސް މުސްތަގުބަލެއްގައި އެދެމީހުންގެ ފިލްމެއް ބެލުންތެރިންނާ ހަމައަށް އައުން ކަމަށެވެ. އަދި އެދެމަފިރިން އެކަމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ބުންޏެވެ.

އެދެމީހުން އެކީގައި ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި ޕިޔާރް ތޯ ހޯނާ ހިތާ (1998) އަދި ދިލް ކިޔާ ކަރޭ (1999) އަދި އެދެމީހުން އެންމެ ފަހުން ކުޅުނު އަޖޭ ޑައިރެކްޓް ކުރި ފުރަތަމަ ފިލްމް ޔޫ މީ އޯރް ހަމް (2008) ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: އަޒުމޫން އަހުމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް