18 އޭޕުރިލް 2019 | ބުރާސްފަތި | 12 އައްސިދަ
11 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:14
އަސްރު 15:19
މެންދުރު 12:09
އިރުއަރާ 05:58
ފަތިސް 04:45

ކެނަކެނިއަމެބް

“ކެނަކެނިއަމެބް“، ހާޓްއެޓޭކް ޖެހުމުން ސަލާމަތްކޮށްދިނުމުގައި އިންގިލާބެއް ގެނުވާނެ: ދިރާސާ

  • "ކެނަކެނިއަމެބް“ ވެކްސިންގެ ސަބަބުން ހާޓް އެޓޭކް ޖެހުމުގެ ފުރުސަތު އެތައް ގުނައަކުން ކުޑަވެގެންދޭ
  • "ސްޓެޓިން" އަށްވުރެ "ކެނަކެނިއަމެބް“ ގެ ސަބަބުން 24 އިންސައްތަ އިތުރަށް ހާޓްއެޓޭކް ޖެހުމުން ދުރުކޮށްދޭ
އާމިނަތު ނުޒުހާ | nuzu8121

| 28 އޯގަސްޓު 2017 | ހޯމަ 07:30 | |

މަގުބޫލް

  1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  2. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގައި ސިއްރު ވޯޓު ނެގުމާމެދު ހިޔާލުތަފާތު ވެއްޖެ
  3. މި ހިނގާ މަޖިލީހަކީ އެންމެ ހަޑި މުޑުދާރު މަޖިލިސް: ނާޝިދު
  4. ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
  5. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި
  6. ބްރޯޑްކޮމް މިހާރު ހުދުކާފޫރަށް ވީތޯ؟
  7. ބޮޑު ހިޔާނާތާ ގުޅިގެން އިންޓަޕޯލުން ރެޑް ނޯޓިސް ނެރުނު މީހުންގެ ނަންތައް ނަގައިފި
  8. ލިކަމެކް ނައިޓް މާކެޓް ހުޅުވައިފި


"ކެނަކެނިއަމެބް“ ވެކްސިންގެ ސަބަބުން ހާޓް އެޓޭކް ޖެހުމުގެ ފުރުސަތު އެތަށް ގުނައަކުން ކުޑަވެގެންދޭ -- ގޫގުލް

ދިހަ ވަރަކަށް އަހަރުވަންދެން ސައިންސްވެރިން ކުރި ދިރާސާއަކަށްފަހު ހާޓް އެޓޭކް ޖެހުމުން ދުރުކޮށްދޭ ވެކްސިނެއް ތައާރަފްކޮށްފިއެވެ.

 

ހާޓް އެޓޭކް ޖެހުމަށް އެންމެބޮޑަށް މަގުފަހިކުރާ އެއް ސަބަބު ކަމުގައިވާ ލޭގައި ކޮލެސްޓްރޯލް ހުންނަ މިންވަރު ދަށްކުރުމަށް 1980 ގެ އަހަރު ތަކުގައި ތައާރަފްކުރެވުނު ބޭހެެއްކަމުގައިވާ "ސްޓެޓިން" އަށް ފަހު މިފަދަ ޑްރަގެއް އުފެއްދި މީ ފުރަތަމަ ފަހަރެވެ.

 

ތިންމަހުން ތިންމަހުން ޖަހާ "ކެނަކެނިއަމެބް“ވެކްސިންގެ ސަބަބުން ހާޓް އެޓޭކް ޖެހުމުގެ ފުރުސަތު އެތައް ގުނައަކުން ކުޑަވެގެންދެއެވެ. މި ވެކްސިންގެ ޒަރިއްޔާއިން ހާޓްއެޓޭކް ޖެހުމުގެ ފުރުސަތު ކުޑަކޮށްދިނުމުގެ އިތުރުން ފުއްޕާމޭގެ ކެންސަރާއި، އާތްރައިޓިސް އިން ސަލާމަތްކޮށްދޭނެކަމަށް ހޯދުންތަކުން ދައްކައެވެ.

 

މި ހޯދުން ހޯދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އިނގިރޭސި ހަވާޑް މެޑިކަލް ސްކޫލްގެ ޕްރޮފެސަރ ޕޯލް ރިޑްކާ ވިދާޅުވީ، ހިތުގެ ބަލިތަކަށް ފަރުވާ ހޯދުމަށް ކުރަމުން އައި ހަނގުރާމައަށް މި ވެކްސިންގެ ސަބަބުން އިންގިލާބެއެް ގެނުވާނެކަމަށެވެ.

 

ކޮލެސްޓްރޯލް ދަށްކުރުމަށް ބޭނުންކުރަމުން މިހާތަނަސް އައިސްފައިވާ އެންމެ މަޝްހޫރު ބޭސްކަމުގައިވާ "ސްޓެޓިން" އަށްވުރެ "ކެނަކެނިއަމެބް “ގެ ސަބަބުން 24 އިންސައްތަ އިތުރަށް ހާޓްއެޓޭކް ޖެހުމުން ދުރުކޮށްދެއެވެ.

 

މި ވެކްސިން ބޭނުން ކޮށްގެން 10000 ހިތުގެ ބަލީގެ މީހުންނަށް ފަރުވާދީގެން ކުރިއަށް ގެންދިޔަ ދިރާސާއެއްގައި، "ކެނަކެނިއަމެބް " ގެ މަތީ ޑޯޒެއް ދިން މީހުންނަށް 24 އިންސައްތަ ހާޓްއެޓޭކް ޖެހުމުން ދުރުކުރެވޭކަމަށް ދިރާސާއިން ވަނީ ހާމވެފައެވެ. އަދި ކެންސަރު ޖެހުމުން 51 އިންސައްތަ، އަދި އޮސްޓިއޯއާތްރައިޓިސް ޖެހުން 33 އިންސައްތަ ވަނީ ދުރުކުރެވިފައިކަމަށް ދިރާސާއިން ވަނީ ދައްކާފައެވެ.

 

ވޭތުވެ ދިޔަ 30 އަހަރު ބޭނުންކުރަމުންއައި ލޭގައި ކޮލެސްޓްރޯލް ދައްކޮށްދޭ ބޭސްކަމުގައިވާ "ސްޓެޓިން" ގައި ހުންނަ ސައިޑް އިފެކްޓްތަކަށް ވުރެ މި ވެކްސިންގެ ސައިޑް އިފެކްޓްވެސް އެތަށް ތަނަކުން ކުޑައެވެ. މި ވެކްސިން އުފެއްދުމަށް 10 ވަރަކަށް އަހަރުގެ ރިސާޗެއް ސައިންސްވެރިން ވަނީ ހަދާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް