24 މާރޗް 2019 | އާދީއްތަ | 13 ފަސްބަދުރުވަ
17 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:19
މެންދުރު 12:16
އިރުއަރާ 06:07
ފަތިސް 04:57

ފްރާންސްގެ ރައީސް މެކްރޮން

ފަރަންސޭސި ރައީސްގެ މޭކަޕް ބިލަށް ސައްބީސް ހާސް ޔޫރޯ!

  • ރައީސްގެ ރަސްމީ އޮފީހުން ބުނަނީ ކުރީގެ ރައީސުންގެ މޭކަޕް ބިލްގެ އަގު އަދި މާ ބޮޑު ކަމަށް
ރާއްޖެ އެމްވީ | raajje.mv

| 26 އޯގަސްޓު 2017 | ހޮނިހިރު 14:04 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
  3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  5. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު
  6. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ
  7. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ
  8. ހަރާމް އެއްޗެއް ކައިފިނަމަ އިލާހީ ކޯފާ ހަށިގަނޑަށް ވާޖިބުވާނެ: ޚުތުބާ


ފަރަންސޭސި ރައީސްގެ މޭކަޕްބިލް ގެ މަސައްލައިގައި ސަރުކާރު ވަނީ ހޫނުފެނަށް ވެއްޓިފައި -- އޭޕީ

ފަރަންސޭސި ރައީސް އެމަނުއެލް މެކްރޯންގެ މޭކަޕް ބިލަށް ސައްބީސް ހާސް ޔޫރޯ އެރިކަން ފަޅާ އެރުމާއެކު ސޯޝަލް މީޑިއާގައި ފަރަންސޭސި ރައްޔިތުން އެއް ބަޔަކު ހިތްހަމަ ނުޖެހުން ފާޅު ކުރަމުންދާ އިރު އަނެއް ބަޔަކު އެކަމަށް ހަޖޫ ޖަހަމުން އެބަ ގެންދެއެވެ.

ފަރަންސޭސި މަޖައްލާއެއް ކަމަށްވާ "ލި ޕޮއިންޓް" އިން ހާމަކުރި މި މައުލޫމާތުގައި ބުނެފައިވަނީ، މި ޚަރަދަކީ ރައީސް މެކްރޯން ރީތި ކުރުމަށް ކުއްޔަށް ހިފި މޭކަޕް އާޓިސްޓަށް ސަރުކާރުން ކުރަން ޖެހުނު ޚަރަދަ ކަމަށެވެ. މިއީ ފާއިތުވެ ދިޔަ 3 މަހުގެ ތެރޭގައި 2 ބިލަށް އެރި އަދަދެވެ.

މިވާހަކަތައް ހާމަ ވުމުން، ފަރަންސޭސި ރައީސްގެ ރަސްމީ އޮފީސް، އެލިސީ ޕެލަސް މިކަން ސިއްރުކޮށް އޮޅުވާލުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ބުނެފައިވަނީ، ޚަރަދު ބޮޑު ކަމަށް ގަބޫލު ކުރާ ކަމަށާއި ނަމަވެސް ކުރީގެ ރައީސުން މޭކަޕް ކުރައްވަން ކުރެއްވި ޚަރަދަށްވުރެ ރައީސް މެކްރޯންގެ މޭކަޕް ބިލް ކުޑަ ކަމަށެވެ. އެލިސީ ޕެލަސް އިން ބުނެފައިވަނީ އަދި މިކަން މިއަށްވުރެ ޚަރަދު ކުޑަކޮށް ކުރެވޭނެ ގޮތެއް ހޯދަމުންދާ ކަމަށެވެ.

މެކްރޯންގެ ކުރިން ވެރިކަމުގައި ހުންނެވި ހޮލޭންޑްގެ މޭކަޕްއަށް 30،000 ޔޫރޯ ހޭދަ ކުރެއްވުމުގެ އިތުރުން، ރައީސްގެ އިސްތަށިފުޅު ކޮށާ ޝޭމްޕޫ ލައްވާ ހިއްކާ ހެދުމަށް ގެންގުޅުއްވި މީހާއަށް މަހަކު 9،895 ޔޫރޯ ސަރުކާރުން ޚަރަދު ކުރެއްވިކަން ފަޅާ އެރުމުން އޭރު އެލިސީން ބުނެފައިވަނީ ބޯކޮށާ މީހަކަށް އެވަރު ޚަރަދު ކުރަން ޖެހެނީ ރައީސްގެ އިސްތަށިފުޅު ހެއްދެވުމަށް އޭނާ ވަރަށް ހެނދުނާ ތެދުވާން ޖެހޭތީ އާއި، އަދި ބޯ ހެއްދެވުމަށް ކޮންމެ ވަގުތެއްގައިވެސް ހުންނަން ޖެހޭތީ ކަމަށެވެ. ކުރީގެ ރައީސް ހޮލޭންޑް އަކީ އިސްތަށިގަނޑު ތުނި ބޭފުޅެކެވެ.

ވެނިޓީ ފެއަރ އިން ހާމަކޮށްފައިވާ ގޮތުގައި، ކުރީގެ ރައީސް ނިކޮލަސް ސާކޯޒީގެ މޭކަޕަށް މަހަކު 8،000 ޔޫރޯ ޚަރަދު ކުރައްވާފައިވެއެވެ.

ފަރަންސޭސި ވިލާތުގެ މިހާރުގެ ރައީސްގެ މޭކަޕަށް ބޮޑު އެއްޗެއް ޚަރަދު ކުރިކަން ފަޅާ އެރުމުން މީހުން ގެންދަނީ މިކަމަށް ވަރަށް ބޮޑަށް ހަޖޫ ޖަހަމުންނެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: ދެލިކޮޕީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް