17 ފެބުރުއަރީ 2019 | އާދީއްތަ | 04 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ހައްޖު 1438

އަރަފާތު ދުވަހުގެ ރޯދައިގެ މަތިވެރިކަން

  • އޯގަސްޓް 31 ވަނަ ދުވަހަކީ މިއަހަރުގެ ހައްޖު ދުވަސް.
އަބްދުލް ހަންނާން މުހައްމަދް | @A_HaNnAAn_M

| 26 އޯގަސްޓު 2017 | ހޮނިހިރު 07:42 | |

މަގުބޫލް

  1. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  4. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  5. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  6. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  7. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!
  8. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟


ކައުބަތުﷲ ގެފުޅު -- ގޫގުލް

މިފަހަރު ޙައްޖުވެރިން އަރަފާތުގައި ތިބޭނީ އޯގަސްޓް 31 ވަނަ ދުވަހުއެވެ. އެއީ ހިޖުރީ ގޮތުން ޛުލްހިއްޖާ މަހުގެ 9 ވަނަ ދުވަހެއެވެ. މި ދުވަހަށް ކިޔަނީ ހައްޖު ދުވަހެވެ. ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަ މިދުވަހާ ބެހޭ ގޮތުން ޙަދީޘް ކުރައްވަނީ “ހައްޖަކީ އަރަފާތެވެ.” އެހެނީ އަރަފާތު ބިމުގައި ހުރުމުގެ ނަސީބު އެދުވަހު ނުލިބުނު މީހަކީ ޙައްޖު ލިބޭނެ މީހެއް ނޫނެވެ.

އަދިވެސް ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. “އެންމެ ފުރިހަމަގޮތުގައި ކުރެވޭ ހައްޖަކަށް ޖަޒާއަކަށް ސުވަރުގެ މެނުވީ ނުވެއެވެ.”

މި މާތް ދުވަހު ރޯދަ ހިފުމާއި ބެހޭ ގޮތުން އެއްޗެއް ދަންނަވަނީ ނަމަ ދެންނެވޭނީ މިއީ ސުންނަތް ރޯދަ ހިފުން ގަދަވެގެންވާ ދުވަހެއް ކަމަށެވެ. ސަބަބަކީ ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަ މިދުވަހުގެ ރޯދަހިފުން ދޫނުކުރައްވާކަން ސުންނަތުން ސާބިތުވެއެވެ. މާތްﷲ ރުއްސުންލެއްވި މުއުމިނުތަކުންގެ މައިކަނބަލެއްކަމަށްވާ ޙަފުޞާ ބިންތި އުމަރު ރިވާކުރެއްވިއެވެ.

“ހަތަރުކަމެއް ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމް ދޫނުކުރައްވައެވެ. އެއީ ޢާޝޫރާ، މުޙައްރަމު މަހުގެ 10ވަނަ ދުވަހުގެ ރޯދަ ހިއްޕެވުމާއި އަރަފާތް ދުވަހު (ހައްޖުދުވަހު) ރޯދަހިފުމާއި، ކޮންމެ މަހެއްގެ ތިން ދުވަހު ރޯދަ ހިފުމާއި (އެބަހީ ކޮންމެ ޙިޖުރީ މަހެއްގެ ތޭރަ، ސާދަ، ފަނަރަ) އަދި ފަތިސްނަމާދުގެ ކުރީގައި ކުރައްވާ ސުންނަތް ދެރަކުޢަތް މާއިރާ ކުރެއްވުމެވެ.” (މި ޙަދީޘް ބަޔާންވެފައިވަނީ ޞަޙީހް މުސްލިމްގައި)

އަދިވެސް ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމް ޙަދީޘްކުރެއްވި ކަމަށް އަބޫ ޙަފުސާ އެބަހީ ޢުމަރުގެފާނު ރިވާކުރެއްވިއެވެ. “ޢަރަފާތް (އެބަހީ ޙައްޖު ދުވަހު) ރޯދަ ހިފައިފި މީހެއްގެ ދެ އަހަރުގެ ފާފަ ފުއްސެވޭނެތެވެ. އެއީ ވޭތުވެގެންދިޔަ އަހަރާއި އަދި އަންނަން އޮތް އަހަރެވެ. އަދި ޢާޝޫރާ ދުވަހު ރޯދަ ހިފައިފި މީހާގެ ވޭތުުވެގެން ދިޔަ އަހަރުގެ ފާފަ ފުއްސެވޭ ހުއްޓެވެ” (މި ޙަދީޘް އިމާމު ބުޚާރީއާއި އަދި ތިރުމިޒީ ފިޔަވައި ހަތަރުބޭކަލުން އެބަހީ އަބޫ ދާއޫދު، ތިރުމިޒީ، މުސްލިމް އަދި ނަސާއީ ރިވާކުރައްވާފައިވެއެވެ.)

ނަމަވެސް ޙައްޖުވެރިޔާ އަށް މިދުވަހުގެ ރޯދަ ހިފުމެއް ނެތެވެ. އެހެނީ އެއީ ހައްޖުގެ އަޅުކަމުގައި ބައިވެރިވެލައްވާ ފަރާތްތަކަށް ﷲ ތަބާރަކަ ވަތަޢާލާ ދެއްވާފައިވާ ބޮޑުވެގެންވާ ލުޔެކެވެ. އެހެނީ ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ވަނީ އެކަލޭގެފާނު އަރަފާތުގައި ހުންނެވި ދުވަހު މިކަން އެކަލޭގެފާނުގެ ސުންނަތުން ބަޔާންކޮށްދެއްވާފައެވެ.

މާތް ﷲ ރުއްސުންލެއްވި އަންހެން ޞަޙާބީ ބޭކަނބަލެއްކަމަށްވާ އުއްމު ފަޟުލު ރިވާކުރެއްވިއެވެ.

“އަރަފާތް ދުވަހު (ޙައްޖު ދުވަހު އަރަފާތުގައި ތިއްބެވި އިރު) ބައެއް ޞަޙާބީ ބޭކަލުންނަށް ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަ ހުންނެވީ ރޯދައަށް ކަމާމެދު ޝައްކުވެ ވަޑައިގަތެވެ.” އެހެންކަމުން މިކަމަނާ ބޭނުންފުޅުވީ އެކަލޭގެފާނު ހުންނެވީ ރޯދައަށް ނޫންކަން މީސްތަކުންނަށް ބަޔާންކޮށްދިނުމަށެވެ. ދެން އެކަމަނާ ވިދާޅުވިއެވެ. “ދެން ތިމަން ކަމަނާ ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަގެ އަރިހަށް ކިރުތައްޓެއް ފޮނުއްވުމުން އެކަލޭގެފާނު އަރަފާތުގައި ހުޠުބާ ދެއްވަން ހުންނަވާފައި އެ ކިރުތަށި ބެއްލެވިއެވެ.” (އެބަހީ އެކަލޭގެފާނު ޞައްލަﷲ އަލައިހި ވަސައްލަމަ ކިރުތަށި ހިއްޕެވިއެވެ.)

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް