25 ސެޕްޓެންބަރ 2018 | އަންގާރަ | 05 އަތަ
15 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

ހައްޖު 1438

ގެފުޅުގެ އައު އުރަކޮޅު ގެފުޅު ބަލަހައްޓާ އިސްފަރާތްތަކާ ހަވާލު ކޮށްފި

  • އުރަކޮޅު ތައްޔާރު ކުރުމަށް 650 ކިލޯ ގްރާމްގެ ގުދުރަތީ ފަށުވި ބޭނުން ކުރޭ
ރާއްޖެ އެމްވީ | raajje.mv

| 25 އޯގަސްޓު 2017 | ހުކުރު 23:47 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  3. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  6. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  7. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟
  8. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!


ގެފުޅުގެ އައު އުރަކޮޅު މައްކާގެ އަމީރު ގެފުޅު ބެލެހެއްޓުމުގެ ކަންތަކާ ހަވާލުވެ ހުންނަ އިސް ފަރާތާ ހަވާލު ކުރެއްވި ރަސްމިއްޔާރުގެ ތެރެއިން -- އެސްޕީއޭ

ގެފުޅުގެ އައު އުރަކޮޅު ކައުބާ ބަލަހައްޓާ އިސް އޮފިޝަލުންނާ ހަވާލު ކޮށްފިއެވެ. ކިސްވާގެ ނަމުން ނަން ދެވިފައިވާ ގެފުޅުގެ އުރަކޮޅު ހަވާލު ކޮށްދެއްވީ މައްކާގެ އަމީރެވެ.

މި ރަސްމިއްޔާތު އޮތީ މިދިޔަ ބުދަ ދުވަހުއެވެ.

އައު އުރަކޮޅު ގެފުޅުގައި އަޅުވާނީ އަރަފާތު ދުވަހުއެވެ.

ގެފުޅުގެ އުރަކޮޅަކީ އެކަމަށް ޚާއްސަ ފެކްޓަރީ އެއްގައި ތައްޔާރު ކުރެވޭ ވަރަށް ބޮޑަށް ޒީނަތްތެރިކޮށް ރީތި ލިޔުންތައް ހިމެނޭ އަދި އިސްލާމީ ފަންނުވެރިކަން ވަރަށް ފުރިހަމަ އަށް ދައްކުވައިދޭ ގޮތައް ތައްޔާރު ކުރެވިފައި އޮންނަ އުރަކޮޅެކެވެ.

އުރަކޮޅުގެ ދިގު މިނުގައި ހުންނަނީ 14 މީޓަރެވެ. އެއީ ކައުބާގެ އުސްމިނަށް ފެތޭ ގޮތައް ހުންނަ މިނެވެ. އުރަކޮޅުގެ ފުޅާ މިނުގައި ހުންނަނީ 47 މީޓަރެވެ. 47 މީޓަރުގެ ފުޅާ މިނަކީ ކައުބާގެ ހަތަރު ފަރާތް ވަށާ ޖެހޭ ފުޅާ މިނެވެ.

އުރަކޮޅުގެ މަތީބައިގައި ރަނުން ގިރިޓީ ކޮށްފައިވާ ރިހި ރޮދިން ލިޔެ ފަވާފައި އިންނަ ލިޔުމެއް އިނދެއެވެ. އެއީ 95 ސެންޓިމީޓަރު ފުޅާ ބައެކެވެ. މި ލޔުން ކޮޅުގައިވަނީ ކީރިތި ގުރުއާންގެ ބައެއް އާޔަތް ތަކެވެ. މި ލިތުންކޮޅު ހުންނަ ބައިގެ ބަރުދަނުގައި 120 ކިލޯ ހުރެއެވެ. ގެފުޅުގެ އުރަކޮޅު ތައްޔާރު ކުރުމަށް 650 ކިލޯ ގްރާމްގެ ގުދުރަތީ ފަށުވި ބޭނުން ކުރެއެވެ. އުރަކޮޅު ތައްޔާރު ކުރަނީ 5 ގަނޑު ފޮއްޗަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: ދެލިކޮޕީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް