18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ގުރުއާން ބާވާލެއްވުން

ގުރުއާންގެ ފުރަތަމަ އާޔަތް ބާވާ ލެއްވި ހިރާ ހޮހޮޅަ ހުންނަ ގޮތް އެނގޭތަ؟

  • ހިރާ ހޮހޮޅަ ހުންނަނީ މައްކާގެ ބޭރުގައި ހުންނަ ނޫރު ފަރުބަދައިގަ
ރާއްޖެ އެމްވީ | raajje.mv

| 20 އޯގަސްޓު 2017 | އާދީއްތަ 16:46 | |

މަގުބޫލް

  1. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  2. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  3. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  4. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  5. ޕްރިޔަންކާ އިނީ ބަލިވެ؟
  6. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
  7. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟
  8. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި


ހިރާ ހޮހޮޅަ - ކީރިތި ގުރުއާން ބާވާލައްވަން ފެއްޓެވީ ރަސޫލާ މި ހޮހޮޅައިގައި ހުންނަވަނިކޮށް -- އަލްއަރަބިއްޔާ

އިސްލާމްދީނުގެ ދިގު ތާރީޚުގައި ފާހަގަ ކުރެވޭ މުހިންމު އެތައް ކަމެއް ހިނގާފައިވެއެވެ. ނަމަވެސް މި ހުރިހާ ކަމެއްގެ ތެރެއިންވެސް އެންމެ ފާހަގަ ކުރެވޭ އެންމެ މުހިންމު އެއް ކަމަކީ ދުނިޔެއަށް ބޮޑު އިންގިލާބެއް ގެނައުވި، އަދި އިންސާނުންގެ ހަޔާތައް އެންމެ ހެޔޮ ބަދަލުވި ގެނުވި އިސްލާމް ދީނުގެ އަސްލުތައް މީގެ 1400 އަހަރު ކުރިން މާތް ﷲ ގެ ކީރިތި އާޔަތްތަކުން މި ބިންމައްޗަށް ބާވާލައްވަން ފެއްޓެވެމުވެ.

ކީރިތި ގުރުއާން މި ބިންމައްޗަށް ބާވާލައްވަން ފެއްޓެވުމުގެ ކުރިން ކީރިތި ރަސޫލާ ހިރާ ހޮހޮޅައަށް ވަޑައިގަނެ އެތަނުގައި ގިނިކަންޏާ ކަންކަމާ ފިކުރުފުޅު ކުރެއްވުމުގައި ވަގުތު ހޭދަ ކުރެއްވިކަން އިސްލާމީ ތާރީޚުން އެނގެއެވެ. އެ ގޮތުން އެ ހޮހޮޅައަށް ޒިޔާރަތް ކުރައްވާ އިރު އެތަނުގައި ދުވަސްތަކަކަށް ހުންނަވައެވެ. އެނބުރި ވަޑައިގަންނަވަނީ، ޒަރޫރީ ބޭނުންތަކަށް ގެންދެވި އެއްޗެހި ހުސްވުމުންނެވެ.

ކީރިތި ގުރުއާން ބާވާލައްވަން ފެށުން ވެގެން ދިޔައީ އިސްލާމީ ތާރީޚުގެ އެންމެ މުހިންމު އެއް ހާދިސާއަށެވެ. އެއީ މި ބިންމައްޗަށް މާތް ﷲ ފޮނުއްވި އެންމެ ފަހު ރަސޫލާ އަކީ މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމް ކަމުގައި ކަނޑައެޅިގެން ދިޔަ މުހިންމު ޙާދިސާއެވެ. އެއީ މާތް ﷲ ދުނިޔެއަށް ބާއްވާލެއްވި އެންމެ ފަހު ފޮތް ކަމުގައި ކީރިތި ގުރުއާން ކަނޑައެޅިގެން ދިޔަ ޙާދިސާއެވެ. އެހެން ކަމުން މި މުހިންމު ހާދިސާ ހިނގި ތަނަކީ ކޮންމެ ނަޒަރަކުން ބެލި ނަމަވެސް އިސްލާމީ ތާރީޚުގައި ވަރަށް ޚާއްސަ ގޮތެއްގައި ފާހަގަ ނުކުރެވި ނުދާނެ ތަނެކެވެ. އެއީ ހިރާ ހޮޅައެވެ.

ހިރާ ހޮހޮޅަ ހުންނަ ފަރުބަދަ އަށް ބަޔަކު ޒިޔާރަތް ކުރަނީ

 

މި ހޮހޮޅައިގެ ވާހަކަ އަކީ އެކި އެކި ދީނީ ލިޔުންތަކުންނާއި ރަސޫލާގެ ސިޔަރަތު އަޑު އަހާ ގިނަ އަދަދެއްގެ ދިވެހިންނަށްވެސް އިވިފައިވާނެ ވާހަކަ އެކެވެ. ނަމަވެސް މިފަރުބަދަ ހުންނަ ގޮތާއި ފަރުބަދައިގެ އެ މުހިންމު ހޮހޮޅަ ހުންނަ ގޮތް ނޭގުމަކީ އެކަށީގެންވާ ކަމެކެވެ.

ހިރާ ހޮހޮޅަ ހުންނަނީ މައްކާ އާ ގާތްގަނޑަކަށް 4 ކިލޯ މީޓަރު ދުރުގައެވެ. މިތަންވަނީ ނޫރު ފަރުބަދަ (ޖަބަލުއް ނޫރު) މަތީގައި 634 މީޓަރު އުހުގައެވެ. ހޮހޮޅައިގެ އަނމަތި ހުންނަނީ ސީދާ ކައުބާ އާ ދިމާވާ ގޮތަށެވެ.

ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ހޮހޮޅައިގެ ޖާގައިގެ ބޮޑު މިނަކީ، އޭގެ ތެރޭގައި އެއް ފަހަރާ ބޮޑެތި 6 މީހުންނަށް ތިބެވޭ ވަރުގެ ޖާގަ އެކެވެ.

 

ހިރާ ހޮހޮޅައިގެ އެތެރެ

ނޫރު ފަރުބަދަ އަކީ ދުރުންވެސް ފަސޭހައިން ފާހަގަ ކުރެވޭފަދަ ބައްޓަމަކަށް ހުންނަ ފަރުބަދަ އެކެވެ. ފަރުބަދައިގެ އެންމެ އުސްބައި ފެންނަނީ ޖަމަލުގެ ބުރަކަށިމަތީގައި އުފުއްލިފައި ހުންނަ ގުދުގެ ބައްޓަމަށެވެ.

ހޮހޮޅަ އަށް ޒިޔާރަތް ކުރުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. އެއީ ނޫރު ފަރުބަދަ ހުންނަ ތަނުގެ ގޮތުންނާއި އަދި ހޮހޮޅަ ހުންނަނީ އެ ފަރުބަދައިގެ އެންމެ އުހުގައި ކަމަށްވާތީއެވެ. ނޫރު ފަރުބަދަ އާ ހަމަ އަށް ގޮސް ހޮހޮޅަ އާއި ހަމަ އަށް އެރޭނީ ފައި މަގުގައި ވިއްސަކަށް މިނެޓުންނެވެ.

އުނދަގޫތަކާ އެކުގައި ނަމަވެސް ފަރުބަދަ އަށް އަރާ ހޮހޮޅަ އަށް ޒިޔާރަތް ކުރާ މީހުން ދަނީ އިތުރުވަމުންނެވެ. ޒިރާތްކުރާ  ބައެއް މީހުންގެ ސަބަބުން ހޮހޮޅަ ތެރޭގައި ހުރި ހިލަތަކަށާއި އަދި ހޮހޮޅައިގެ ބޭރުގައިވާ ހިލަތަކަށް ކޮންމެވެސް ވަރެއްގެ ގެއްލުންތައް ލިބެމުންދާ ކަން ދަނީ ފާހަގަ ކުރެވުމުންނެވެ. ސްވެނިއަރގެ ގޮތުގައި ގެނައުމަށް ހިލަކޮޅުކޮޅު ނެއްޓުމާއި، ހިލައިގައި ނުފެހެވޭ ދެލިން ލިޔުމާއި، އެކި އެކި އެއްޗެހި ހިލައިގައި ކަނޑާ ނެގުން ފަދަ ކަންކަން މީހުން ކޮށްފައި އެބަހުއްޓެވެ. ހިލައިގައި ލިޔެ އަދި ކަނޑާ ނެގުމުން، ކުރިން ހުރި ހާލަތައް ރުޖޫއަ ކުރުމަކީ ފަސޭހަ ކަމަކަށް ނުވެއެވެ.

 

ހިރާ ހޮހޮޅަ ހުންނަ ނޫރު ފަރުބަދަ

ހިރާ ހޮހޮޅައަކީ މުސްލިމުންގެ ހިތްތަކުގައި ޚާއްސަ ޝައުގެއް ދެވިފައިވާ ހޮހޮޅައެއް ކަމާ މެދު ޝައްކެއް ނެތެވެ. އެއީ އިސްލާމީ ނޫރު މި ބިންމައްޗަށް ބާވާލައްވަން ފެއްޓެވުމަށް މި ދުނިޔެއިން މާތް ﷲ އިޚްތިޔާރު ކުރައްވާ ކަނޑައެޅުއްވި ތަނެވެ. އެކަމުގެ ހިކްމަތް ދެނެވޮޑިގެންވާނީ އެކަނލާގެއެވެ.

 

ހިރާ ހޮހޮޅައިގެ އެތެރެ

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: ދެލިކޮޕީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް