21 އޭޕުރިލް 2019 | އާދީއްތަ | 14 އައްސިދަ
14 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

ސިއްހަތު

ނޭވާލުމުގެ ނިޒާމަށް ޖެހޭ ބަލިތަކުގެ ސަބަބުން އަހަރެއްގެ މައްޗަށް ހަތަރު މިލިއަން މަރު: ދިރާސާ

  • އެންމެ އާންމުކޮށް މީހުން މަރުވެފައިވަނީ ނޭވާހިއްލުމުގެ ސަބަބުންނާއި ކްރޯނިކް އޮބްސްޓްރަކްޓިވް ޕަލްމޯނަރީ ޑިސީޒްގެ ސަބަބުން
  • ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ބަލިތަކަށް ދެވޭ ސަމާލުކަން ވަރަށް ކުޑަ
އަހްމަދު ސާއިފް ޝިޔާދް | @Saaif80

| 18 އޯގަސްޓު 2017 | ހުކުރު 11:23 | |

މަގުބޫލް

  1. މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
  2. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
  3. ތެދުވެރި ކަސްޓަމަރުންގެ އިންޓަވަލް ސްޕޮޓް
  4. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު
  5. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ޓީއެފްޖީ ލޯންގް ރަން 2019 ގައި ބައިވެރިވެވަޑައިގެންފި
  6. އައިޝްވަރިޔާ އާއި އަބީޝެކް ރާއްޖޭގައި
  7. އެންމެ ފުރަތަމަ މާލީ ބަޔާން ހުށަހެޅުއްވި ކެންޑިޑޭޓަކަށް ނާދިރާ
  8. މެނިފެސްޓޯ ތަންފީޒު ކުރަން މަޖިލިސް މެމްބަރުނާއި ވަޒީރުން ހިމެނޭ ގޮތަށް ފަސް ކޮމެޓީއެއް


ސީއޯޕީޑީގެ ސަބަބުން ނޭވާލުމުގެ ނިޒާމަށް ކުރާ އަސަރުތަށް -- ގޫގުލް

ނޭވާލުމުގެ ނިޒާމަށް ޖެހޭ ބަލިތަކުގައި އަހަރެއްގެ މައްޗަށް ހަތަރު މިލިއަން މީހުން މަރުވާ ކަމަށް އެމެރިކާގެ ޔުނިވާސިޓީ އޮފް ވޮޝިންޓަންއިން ކުރި ދިރާސާއަކުން ދައްކައިފިއެވެ.

އެ ޔުނިވާސިޓީން ކުރި ދިރާސާއިން ދައްކާ ގޮތުން ނޭވާލުމުގެ ނިޒާމަށް ޖެހޭ ބަލިތަކުގެ ތެރެއިން އެންމެ އާންމުކޮށް މީހުން މަރުވެފައި ވަނީ ނޭވާހިއްލުމުގެ ސަބަބުންނާއި ކްރޯނިކް އޮބްސްޓްރަކްޓިވް ޕަލްމޯނަރީ ޑިސީޒް ނުވަތަ ސީއޯޕީޑީގެ ސަބަބުންނެވެ.

އެގޮތުން 2015 ވަނަ އަހަރު އެކަނި ވެސް ނޭވާހިއްލުމުގެ ސަބަބުން ހަތަރު ލައްކަ މީހުން މަރުވެފައި ވެއެވެ. ހަމައެހެންމެ ސީއޯޕީޑީގެ ސަބަބުން އެ އަހަރު 3.2 މިލިއަން މީހުން މަރުވެފައިވާ ކަމަށް އެ ދިރާސާއިން ދައްކައެވެ.

 ސީއޯޕީޑީ ނުވަތަ ކްރޯނިކް އޮބްސްޓްރަކްޓިވް ޕަލްމޯނަރީ ޑިސީޒްއަކީ ގިނަ ފަހަރަށް ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ފުއްޕާމެއަށް ޖެހޭ ބައްޔެކެވެ. ވައި ނުސާފުވުމަކީ ވެސް ސީއޯޕީޑީއަށް މަގުފަހިވާ ކަމެކެވެ. ނޭވާ ހިއްލުމަކީ ވަރަށް އާންމު ބައްޔަކަށްވާއިރު ސީއޯޕީޑީއަކީ ވަރަށް ނުރައްކާތެރި ބައްޔެކެވެ.

މި ދިރާސާ ކުރިޔަށް ގެންދިޔަ ވޮޝިންޓަން ޔުނިވާސިޓީގެ ޕްރޮފެސަރަކު ބުނެފައި ވަނީ މި ދެ ބައްޔަށް ވެސް ފަރުވާ ކުރެވޭނެ ކަމަށާއި އެހެން ނަމަވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ބަލިތަކަށް ދެވޭ ސަމާލުކަން ވަރަށް ކުޑަ ކަމަށެވެ.

ނޭވާލުމުގެ ނިޒާމަށް ޖެހޭ ބަލިތަކުގެ ތަޖުރިބާކާރަކު ބުނެފައި ވަނީ ނެވާހިއްލުމަކީ ކޮންޓްރޯލް ކުރެވޭނެ ކަމެއް ކަމަށާއި އަދި ރަނގަޅު ބޭސްފަރުވާޔާ އެކު މިކަމަކީ ހުއްޓުވޭނެ ކަމެއް ކަމަށެވެ. އަދި ސީއޯޕީޑީއަށް ވެސް ފަރުވާ ކުރެވޭނެ ކަމަށާއި އެހެން ނަމަވެސް އެ ބަލީގެ ސަބަބުން ފުއްޕާމެޔަށް ލިބޭ ގެއްލުން އަލުން އަނބުރާ އިޔާދަ ނުކުރެވޭނެ ކަމަށެވެ.

މި ދިރާސާއިން ދައްކާ ގޮތުން ސީއޯޕީޑީގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އިންޑިއާ، އަފްޣާނިސްތާން، ލެސޯތޯ، ނޭޕާލް، ކިރިބަތީ، ފިޖީ އަދި ޕަޕުއާ ނިއު ގިނީއަށެވެ.

ނޭވާލުމުގެ ނިޒާމަށް ޖެހޭ ބަލިތަކުގައި މަރުވާ މީހުންގެ އަދަދު މަދުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް މި ދިރާސާގައި ބުނެފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް