16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ހައްޖު 1438

ގައްޒާއިން ހައްޖަށް ދާ ފަރާތްތަކަށް މިސްރުން ސަރަހައްދީ ރޮނގު ހުޅުވާލައިފި

  • މި ހަތަރު ދުވަހުގެ ތެރޭގައި 2500 މީހުން މައްކާއަށް ދިއުމަށް ސަރަހައްދީ ރޮނގު ހުރަސްކުރާނެ
އަހްމަދު ސާއިފް ޝިޔާދް | @Saaif80

| 16 އޯގަސްޓު 2017 | ބުދަ 13:01 | |

މަގުބޫލް

  1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
  2. އިންޑިއާގެ ހޮސްޕިޓަލަށް މަންމަ ދޫކޮށްލި ދަރިފުޅު، މިއަދު އެއީ ސްވިޒަލޭންޑްގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރެއް!
  3. ޔާމީންގެ ޑޮލަރު އެކައުންޓް ހުޅުވީ ކަރަޕްޝަން ފައިސާ ޖަމާކުރުމުގެ ހަ ދުވަސް ކުރިން
  4. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  5. ފުރަތަމަ ޑިގްރީ އާއި ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި
  6. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  7. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  8. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ


ގައްޒާއިން ހައްޖަށްދާ ބައެއް ފަރާތްތަށް -- އާކައިވް

ގައްޒާއިން ހައްޖަށް ދާ ފަރާތްތަކަށް ފަސޭހަ ކަމާއެކު މައްކާއަށް ދިއުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން މިސްރާއި ގައްޒާ އާއި ދެމެދުގައިވާ ސަރަހައްދީ ރޮނގު މިސްރުން ހުޅުވައިފިއެވެ.

މިސްރާއި ގައްޒާ ގުޅޭ ސަރަހައްދީ ރޮނގު ހުޅުވާފައިވަނީ ހަތަރު ދުވަހަށް ކަމަށް މިސްރުގެ ކަމާބެހޭ ވުޒާރާތަކުން ހާމަކުރެއެވެ. މި ހަތަރު ދުވަހުގެ ތެރޭގައި 2500 މީހުން މައްކާއަށް ދިއުމަށް ސަރަހައްދީ ރޮނގު ހުރަސްކުރާނެއެވެ.

ބުދަ ދުވަހު ވެސް 800 މީހުން ސަރަހައްދީ ރޮނގު ހުރަސްކުރާނެ ކަމަށާއި މި ހުރިހާ މީހުންނަށްވެސް ސައުދީގެ ވިސާ ހަމަޖެހިފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ސަރަހައްދީ ރޮނގު ހުޅުވި ކަމުގައި ވިޔަސް ގައްޒާއަށް އެއްވެސް މީހަކަށް އެތެރެ ނުވެވޭނެ ކަމަށް ހަމާސްއިން ހިންގާ ގައްޒާގެ އިންޓީރިއާ މިނިސްޓްރީގެ ޑައިރެކްޓާ އޮފް އިންފޮމޭޝަން ހިޝާމް އަދްވާން ވަނީ ހާމަކޮށްފައެވެ.

އޭއެފްޕީއަށް މައުލޫމާތު ދެމުން ސަރަހައްދީ ރޮނގު ހުރަސްކުރަން ހުރި މީހަކު ބުނެފައިވަނީ 2014 ވަނަ އަހަރުން ފެށިގެން އޭނާ މައްކާއަށް ދިއުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

މި އަހަރުވެސް ހައްޖުވުމަށް ދުނިޔޭގެ އެކިކަންކޮޅުތަކުން ދެ މިލިއަން މީހުން ސައުދީ އަރަބިއްޔާއަށް ދަތުރުކުރާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް