20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 14 އުތުރަ
10 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:54
ފަތިސް 04:43

ކޮތަރު

މައްކާގެ ކޮތަރު މާ ޚާއްސަ ވަނީ ކީއްވެ؟

  • ކޮތަރު މެރުމާއި، ޝިކާރަ ކުރުމަކީ ސައުދީ އަރަބިއްޔާގައި އަދަބު ކަނޑައެޅިފައިވާ ކުށެއް
ރާއްޖެ އެމްވީ | raajje.mv

| 16 އޯގަސްޓު 2017 | ބުދަ 00:16 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫއަށް ތާއިދުކޮށްފި
  5. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  6. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!
  7. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  8. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި


މައްކާގައި މިނިވަންކަމާއެކު އުޅުމަށް ކޮތަރައް އެއްވެސް ހުރަހެއް ނެތް -- ގޫގުލް

މައްކާގެ ކޮންމެ ތަނަކުންވެސް އެތައް ބައިވަރު ކޮތަރެއް ނުފެނި ނުދާނެއެވެ. ދުވާރު މަތީގަޔާއި، މަގުމަތީގައި އަދި އިމާރާތްތަކުންވެސް ބައި ހަދާފައި ތިބޭ ކޮތަރު ފެނުމަކީ އާއްމު ކަމެކެވެ. ޢާއްމު އިމާރާތްތައް ކީއްކުރަންތޯއެވެ. ކައުބާ ވަށައިގެންވާ ސަރަހައްދުގައިވެސް މިނިވަން ކަމާއެކު އުޅުމަކަށް ކޮތަރަކަށް ހުރަހެއް ނެތެވެ.

ކޮތަރުގެ އާބާދީ މައްކާގައި ކިތަންމެ ބޮޑު ނަމަވެސް، އެހެން އެއްވެސް ދޫންޏަކަށް ނުލިބޭ ޚާއްސަ ކަމެއް މައްކާގައި އުޅޭ ކޮތަރަށް އޮންނަނީ ދެވިފައެވެ.

މައްކާއަށް ޒިޔާރަތް ކުރާ މީހުންނަށް ކޮތަރު ހިފުމާއި ޝިކާރަ ކުރުން ނުވަތަ މެރުން އޮންނަނީ މަނާ ކޮށްފައެވެ.

ކޮތަރެއް މަރައިފި ނަމަ އަދަބުވެސް ކުޑައެއް ނޫނެވެ. މެރި ކޮންމެ ކޮތަރަކަށް ބަކަރި އެއް ކަތިލަން ޖެހެއެވެ. ހިމާޔަތް ކުރެވިފައިވަނީ ހަމައެކަނި ކޮތަރެއް ނޫނެވެ. ކޮތަރު ބިހަށް ގެއްލުން ދިނުމަކީވެސް މައްކާގައި ކުށެކެވެ.

ސުވާލަކީ މިހާ ބޮޑު ޚާއްސަ ކަމެއް އަދި އިހްތިރާމެއް މައްކާގައި ކޮތަރަށް ލިބިފައިވަނީ ކީއްވެ ބާވައެވެ؟

މި ސުވާލުގެ ޖަވާބު ހޯދާއިރު، އިލްމްވެރިން މައްކާގައި އުޅޭ ކޮތަރާ ތާރީޚީ މުހިންމު ތިން ހާދިސާ އަކާ ގުޅިފައިވާކަން ފާހަގަ ކުރައްވައެވެ. ގަބޫލު ކުރެވިފައި އޮންނަނީ މައްކާގެ ކޮތަރަކީ މި ތިން ހާދިސާ އާ ގުޅިފައިވާ ކޮތަރުގެ ދަރިފަސްކޮޅުން އައިސްފައިވާ އެއްޗެއް ކަމަށެވެ.

މި ގޮތުން، ފުރތަމަ ހާދިސާ ގޮސް ގުޅެނީ ނޫހުގެފާނުގެ ޒަމާނަށެވެ. ނޫހުގެފާނުގެ އުއްމަތައް ކުރިމަތިވި ފެންބޮޑުވުމުގެ ބޮޑު މުސީބާތުން އެކަލޭގެފާނާއި އެކަލޭގެފާނުގެ އާއިލާ ސަލާމަތްވެ ވަޑައިގަތުމުގައި އެހީތެރިކަން ފޯރުކޮށްދިން ދޫންޏަކީ ކޮތަރެވެ.

އަނެއް ކަމަކީ އަބްރަހާ ގެފުޅު މުގުރާލަން އައި އައުމުގައި ކައުބާގެ ހިމާޔަތުގައި އައި ދޫނިތަކުގެ ވާހަކައެވެ. މި ހާދިސާ ކީރިތި ގުރުއާނުގައި ބަޔާން ކުރައްވާފައިވެއެވެ. ގަބޫލު ކުރެވިފައިވާ ގޮތުގައި މައްކާގެ ކޮތަރަކީ ގެފުޅު ސަލާމަތް ކުރުމަށް އަބްރަހާ އާއި އޭނާގެ ލަޝްކަރު ހަލާކުކޮށްލި ދޫނިތަކުގެ ދަރިފަސްކޮޅާ ގުޅިފައިވާ ދޫންޏެކެވެ.

ހިރާ ފަރުބަދައިގެ ހޮހޮޅައިގެ ތެރޭގައި ކީރިތި ރަސޫލާ އާއި އަބޫބަކުރުގެފާނު މުޝްރިކުންގެ ނުރައްކަލުން ސަލާމަތްވެ ވަޑައިގަތުމަށް  ވަދެވަޑައިގެން ތިއްބެވި އިރު ﷲ ގެ އަމުރުފުޅަށް އެ ހޮހޮޅައިގެ އަނގަމަތީގައި އައިސް ހާލި ހަދާ ބިސް އެޅި ދޫންޏަކީ ވެސް ކޮތަރެވެ. އަދި މިއަދު މައްކާއިން ފެންނަ ކޮތަރުގެ ދަރިފަސްކޮޅު ގުޅިފައިވަނީ އެ ޙާދިސާގައި ބަޔާން ވެފައިވާ ކޮތަރުގެ ދަރިފަސްކޮޅާ ކަމަށް ވަނީ ގަބޫލު ކުރެވިފައެވެ.

މި ދެންނެވި ހާދިސާތަކާ ކޮތަރާ ހުރި ގުޅުން އެއީ މިއަދު މާތް ވެގެންވާ މައްކާގެ ބިމުގައި ކޮތަރަށް ޚާއްސަ މަގާމެއް ދެވިފައިވާ ސަބަބުތައް ކަމުގައި ޝެއިޚް އަހްމަދު ޔާސީން ލިޔުއްވާފައިވާ "ދަ ޕިޖަން އޮފް ދަ ސޭކްރެޑް ހިޖާޒީ" ފޮތުގައި ފާހަގަ ކުރައްވާފައިވެއެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: ދެލިކޮޕީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް