23 މާރޗް 2019 | ހޮނިހިރު | 13 ފަސްބަދުރުވަ
16 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:20
މެންދުރު 12:17
އިރުއަރާ 06:08
ފަތިސް 04:57

"ނޯޓީ 40"

ޕާކިސްތާންގެ މިނިވަން ދުވަސް ފާހަގަކުރުމަށް "ނޯޓީ40" ގެ ޝޯ ކެންސަލް ކޮށްފި

  • ކެންސަލް ކޮށްފައިވަނީ މިރޭގެ ޝޯ
ސިމާހާ ނަސީމް | sim_kamana

| 14 އޯގަސްޓު 2017 | ހޯމަ 18:53 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
  3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  5. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު
  6. ވެރިކަމަށް އައީ ގިނަ ބައެއްގެ އެހީތެރިކަމާއެކު، އެއްވެސް ބަޔަކަށް ދެރަ ގޮތެއް ނުހަދާނަން: ރައީސް ސޯލިހު
  7. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ
  8. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ


ނޯޓީ40 -- ފޭސްބުކް

ޕާކިސްތާންގެ މިނިވަން ދުވަސް ފާހަގަ ކުރުމަށް "ނޯޓީ40" ގެ މިރޭގެ ޝޯ ކެންސަލް ކޮށްފިއެވެ.

"ނޯޓީ40" ފިލްމުގެ ޕްރޮޑިއުސަރ އިސްމާއިލް ޝަފީޤު ބުނީ މިރޭ އަޅުވަން ހަމަޖެހިފައި އޮތް ޝޯ ނޭޅުވޭނެ ކަމަށް ނެޝެނަލް ސެންޓަރ ފޯ ދި އާރޓްސް (އެންސީއޭ)ގެ ފަރާތުން ބުނި ކަމަށެވެ. އަދި މިރޭ ބޭއްވުމަށް ހަމަޖެހިފައި އޮތް ޝޯ ކެންސަލް ކުރަން ޖެހުނީ ޕާކިސްތާން އެމްބަސީއަށް އޮލިމްޕަސް ދިނުމާއި ގުޅިގެން ކަމަށާއި މިކަމުގެ ބަދަލެއްގެ ގޮތުން މިއަންނަ ހަފްތާގެ ހޯމަ ދުވަހު ފިލްމުގެ ޝޯ އަޅުވަން ފުރުސަތު ދީފާނެ ކަމަށް އެންސީއޭ ބުނިކަމަށް ޝަފީޤު ބުންޏެވެ.

ޝަފީޤު ބުނީ އެންސީއޭއިން އެހެން ކަންތައް ކޮށްފައިވީ ނަމަވެސް މިއަހަރުގެ ފެބްރުއަރީ މަހު އެންސީއޭ އާއި އެއްކޮށް އެގްރީމަންޓު ހަދާ، އެޑްވާންސް ޕޭމަންޓުތައް ދައްކާ، ޝޯ ތަކުގެ ބުކިންގް ވެސް ހަދާފައިވާ ކަމަށެވެ. މިރޭގެ ޝޯ އެންސީއޭގެ ފަރާތުން ކެންސަލްކުރުމުން އެމީހުންގެ ފަރާތުން މި ހަފްތާގެ ބުރާސްފަތި ދުވަހު ޝޯ އެޅުވުމަށް ފުރުސަތު ލިބިދާނެތޯ ސުވާލުކުރުމުން އެ ދުވަސް ވެސް ދެވެން ނެތް ކަމަށް އެންސީއޭ އިން ބުނެފައިވާ ކަމަށް ޝަފީޤު ބުންޏެވެ.

މިރޭގެ ޝޯ ކެންސަލްވުމާއި ގުޅިގެން ޓިކެޓް ގަތް ފަރާތްތަކަށް ރީފަންޑު ކޮށްދޭނެކަމަށް ޝަފީޤު ބުންޏެވެ.

މިކަމާއި ގުޅިގެން ސީޒަން ވަނީ ފިލްމު އެޝޯސިއޭޝަންގެ ނައިބު ރައީސް އަދި އެންސީއޭގެ ނައިބު ރައީސް އަބްދުﷲ މުއާޒް މަޤާމުން އިސްތިއުފާ ދިނުމަށް ގޮވާލާފައެވެ.

 

 

  

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް