16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ހައްޖު 1438

ހައްޖު މޫސުމަށް މަދީނާއޮތީ ތައްޔާރަށް!

  • ހައްޖާޖީން ބޭނުނުންކުރާ މަގުތަށް 24 ގަޑިއިރު މޮނީޓާ ކުރެވޭނެ
އަހްމަދު ސާއިފް ޝިޔާދް | @Saaif80

| 14 އޯގަސްޓު 2017 | ހޯމަ 10:06 | |

މަގުބޫލް

  1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
  2. އިންޑިއާގެ ހޮސްޕިޓަލަށް މަންމަ ދޫކޮށްލި ދަރިފުޅު، މިއަދު އެއީ ސްވިޒަލޭންޑްގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރެއް!
  3. ޔާމީންގެ ޑޮލަރު އެކައުންޓް ހުޅުވީ ކަރަޕްޝަން ފައިސާ ޖަމާކުރުމުގެ ހަ ދުވަސް ކުރިން
  4. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  5. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  6. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  7. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ
  8. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި


ސައުދީގެ ޕާސްޕޯޓް އޮފިސަރުން ދޮށީ އުމުރުގެ ހައްޖާޖީއަކަށް އެހީތެރިވަނީ -- ގޫގުލް

މިއަހަރުގެ ހައްޖު މޫސުމަށް މަދީނާ އޮތީ ތަށްޔާރަށް ކަމަށް މަދީނާ ރީޖަންގެ މޭޔާރ މުހައްމަދު ބިން އަބްދުލްހާދީ އަލް އަމްރީ ވިދާޅުވެއްޖެއެވެ.

ސައުދީގެ ނޫސްތަކުން ރިޕޯޓް ކުރާ ގޮތުގައި ހައްޖުގެ ކަންކަން ވީހާވެސް އޮމާންކޮށް ގެންދިޔުމަށްޓަކައި ސައުދީގެ ހައްޖު ވުޒާރާއިން ވަނީ ވަރަށް ފުރިހަމަ ޕްލޭނެއް އެކުލަވާލާފައެވެ. މަދީނާގައި މި ޕްލޭންގެ ކަންކަން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އެ ރީޖަންގެ މޭޔާ މުހައްމަދު ބިން އަބްދުލްހާދީ އަދި މަދީނާގެ ގަވަރުނަރު ޕްރިންސް ފައިސަލް ބިން ސަލްމާންގެ ސީދާ ބެލުމުގެ ދަށުންނެވެ.

މި ޕްލޭންގެ ދަށުން މަދީނާގެ ތިމާވެއްޓާއި، މާރުކޭޓުތަކާއި، އާންމު ސާފުތާހިރުކަމާއި، މަގުމަތީގެ ރައްކާތެރިކަން 24 ގަޑިއިރު މޮނީޓާ ކުރެވިގެން ދާނެއެވެ.

މީގެ އިތުރުން ވެސް ހައްޖާޖީންގެ ސަލާމަތީ ކަންކަން ވެސް ބެލިގެންދާނެއެވެ. އަދި ހައްޖު މޫސުމުގެ ސަބަބުން އިތުރުވެގެންދާ ކުނި ނައްތާލުމުގެ ނިޒާމެއް ގާއިމު ކުރެވިގެންދާނެއެވެ.

ހަމަ އެހެންމެ މި ޕްލޭންގެ ދަށުން މަގުމަތީގެ ރައްކާތެރިކަން ދެމެހެއްޓުމަށް ހައްޖާޖީން ބޭނުނުން ކުރާ މަގުތައް 24 ގަޑިއިރު މޮނީޓާ ކުރެވޭނެއެވެ. އަދި އިމާޖެންސީ ހާލަތްތަކުގައި ހަރަކާތްތެރިވުމަށް އަބަދުވެސް މީހުން ތައްޔާރަށް ތިބޭނެކަމަށާއި ފުލުހުންނާއި ސިފައިން މެދުވެރިކޮށް ހައްޖާޖީންގެ ސަލާމަތާއި ރަތްކާތެރިކަން ކަށަވަރު ކޮށްދޭނެ ކަމަށް ސައުދީގެ ހައްޖު ވުޒާރާއިން ހާމަކޮށްފައިވެއެވެ.

މިއަހަރު ވެސް ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދުނިޔޭގެ އެކިކަންކޮޅުތަކުން ދެ މިލިއަން މީހުން ދާނެއެވެ. ދިވެހިރާއްޖެއިން މިއަހަރު 1000 ހައްޖާޖީން ހައްޖުވުމަށް ސައުދީއަށް ދަތުރު ކުރާނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް