21 ފެބުރުއަރީ 2018 | ބުދަ | ހިޔަވިހާ 8

ލިވަރ ޓްރާންސްޕްލާންޓް ހެދުމަށް ފައިސާ ނެތި ބަލި އެނދުގައި!

  • އުމަރުގެ އޮޕަރޭޝަން މިމަހުގެ ތެރޭގައި ކުރަންޖެހޭ
  • އޭނާއަށް އަންނަނީ އައިޖީއެމްއެޗުގައި މިހާރުވެސް ފަރުވާދެމުން
  • އޭނާއަށް ވަނީ ޑޯނާ އެއްވެސް ބޭނުންވެފައި
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 12 އޯގަސްޓު 2017 | ހޮނިހިރު 22:43 | |އުމަރު ނަސީމަކީ 35 އަހަރުގެ ޒުވާނެއް -- ރާއްޖެއެމްވީ ފޮޓޯ : ފާތިމަތު ޝަނާ މުހައްމަދު

އުމަރު ނަސީމުގެ ލިވަރ ޓްރާންސްޕްލާންޓު ކުރުމަށް ފައިސާ ހޯދުމަށް އޭނާގެ އާއިލާއިން މަސައްކަތް ފަށައިފި އެވެ.

މިހަރަކާތް އިންތިޒާމު ކުރާ އޭނާގެ އާއިލާގެ މީހަކު ރާއްޖެއެމްވީއަށް ކިޔައިދިންގޮތުގައި ލިވަރ ޓްރާންސްޕްލާންޓު ކުރުމަށް ޖަންބުލް ސޭލްއާއި އެނޫންވެސް ހަރަކާތްތައް ރޭވިފައިވެއެވެ.

އުމަރުގެ ލިވަރ ޓްރާންސްޕްލާންޓު ކުރުމަށް  ސިންގަޕޫރުން ނަމަ ގާތްގަނޑަކަށް 35000 ޑޮލަރު ބޭނުންވާ ކަމަށާއި މިހާރު ކުރަމުން ދަނީ އެކަން ކުރުމަށް ބޭނުންވާ ފައިސާ އެއްކުރުމުގެ މަސައްކަތް ކަމަށް ރާއްޖެއެމްވީއާ މައުލޫމާތު ހިއްސާކުރި ފަރާތުން ބުނެ އެވެ.

އުމަރުގެ ސިއްހީ ފަރުވާއަށް ބޭނުންވާ ފައިސާ އެއްކުުރުމަށްޓަކައި ހޮނިހިރު ދުވަހު ވެސް ވަނީ ހަވީރު 04:00 އިން 09:00 އަށް ޖަމްބަލް ސޭލެއް ބާއްވާފަ އެވެ.  މީގެ އިތުރުން ކަޕްކޭކާއި އެނޫން ސާމާނު ވެސް ވަނީ ވިއްކާފަ އެވެ.

ތައިލެންޑްގައި މި އޮޕަރޭޝަން ކުރާނަމަ އަމިއްލައަށް ޑޯނަރއެއް ހޯދަންޖެހެ އެވެ. މީގެ އިތުރުން ހަމައެކަނި ސަރޖެރީއަށް ތައިލެންޑުން ކުރާ ނަމަ ގާތްގަނޑަކަށް 60000 ޑޮލަރު ބޭނުންވެ އެވެ.

އުމުރުން 35 އަހަރުގެ އުމަރަށް ވަރަށް އަވަހަށް ލިވަރ އެއް ބޭނުންވާ އިރު އޭނާއަށް ލިވަރ ޑޮނޭޓު ކުރާނެ މީހަކު އަދި ލިބިފައެއް ނުވެ އެވެ.

ސިއްހީ ބައެއް މައްސަަލަތަކުގެ ސަބަބުން އާއިލާގެ މީހުންނަށް ވަނީ އޭނާއަށް ލިވަރ ޑޮނޭޓު ކުރެވޭގޮތް ނުވެފަ އެވެ.

 އުމަރުގެ ސިއްހީ ފަރުވާގެ ކަންކަން ހަމަޖެއްސުމަށް ކުރިއަށް އޮތް ހަފްތާ ތެރޭގައި އިތުރު ފަންޑު ރެއިސް ކުރުމުގެ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެެވެ. އެގޮތުން ފަންޑު ފޮއްޓާއި އެކު ޑޯ ޓު ޑޯ ޖެއްސުމަށް ވެސް އޭނާގެ އާއިލާއިން ދަނީ މަސައްކަތް ކުރަމުންނެވެ.

އުމަރުގެ އޮޕަރޭޝަން މިމަހުގެ ތެރޭގައި ކުރަންޖެހޭ އިރު އޭނާގެ ހާލު މިހާރު ވެސް ސިރިއަސް ވެގެން އައިޖީއެމްއެޗުގައި ދަނީ ފަރުވާ ދެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ހިސްޓޯ ބުރޯ

6 މަސް ކުރިން

މިއީ އާސަނަދައިން އެހީތެރިވާންވީ ވަގުތު ކޮބާތަ އާސަންދައިގެ އިސްވެރިން؟

0
0
ޢާޅީ

6 މަސް ކުރިން

ޢަސަންޑައިން ހިލޭ ކުރެވޭނެ.. ކީކުރަން ސިންގަޕޫޜަ ދާންވީ

0
3