16 ޖުލައި 2018 | ހޯމަ | 03 ފުސް
03 ޛުލްޤަޢިދާ 1439
ފަތިސް 04:43
އިރުއަރާ 06:00
މެންދުރު 12:16
އަސްރު 15:38
މަޣްރިބް 18:24
އިޝާ 19:41

ފިޕްރޯނިލް ކެމިކަލް

ނެދަލޭންޑްސް ފިޔަވައި ފިޕްރޯނިލް އިން ތަޣައްޔަރުވެފައިވާ ބިހުގެ މައްސަލަ ދިމާވި އެެހެން ގައުމަކުން ބިސް އެތެރެ ކޮށްފައެއް ނުވޭ

  • މިހާތަނަށް ފިޕްރޯނިލް ކެމިކަލް ހިމެނޭ އެއްވެސް ބެޗެއްގެ ބިސް އެތެރެކޮށްފައިވާކަން ފާހަގަކުރެވިފައިނުވޭ
  • ބިސް ބޭނުން ކުރުމުގައި ހާއްސަ ސަމާލުކަން ދޭންޖެހޭ
  • ފިޕްރޯނިލް އަކީ އިންސާނުން ކެއުމަށް ބޭނުންކުރާ ޖަނާވާރުގައި ބޭނުން ކުރުން މަނާ އެއްޗެއް
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 12 އޯގަސްޓު 2017 | ހޮނިހިރު 21:06 | |

މަގުބޫލް

  1. ސުޕަރ އޯވަރަށް ނުކުންނަވައި، އިބޫ އާއި ފައިސަލް ޖެއްސެވީ ހަޔަކަށް!
  2. ޒުވާނުންގެ ޓްވީޓާއެކީ ޝަހީމް ހޫނުފެނަށް ، އެންމެފަހުން ޓްވީޓް ޑިލީޓް ކުރައްވައިފި
  3. ކެމްޕެއިން ދަތުރުތައް މެދުކަނޑާލެއްވުމަށް ފަހު، އިބޫ ރާއްޖެ އިން ބޭރަށް ވަޑައިގަންނަވަނީ
  4. ޓްރަމްޕް އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅާއި އޮބާމާގެ 2011 ވަނަ އަހަރުގެ ދަތުރުފުޅު: ރާނީ ކަންތައް ކުރެއްވީ ވަރަށް ތަފާތުކޮށް
  5. ރާއްޖެއަށް ފިޔަވަޅު އަޅައިފި ނަމަ ގެއްލުން ވާނީ އީޔޫއަށް: ޖަމީލް އުސްމާން
  6. ނޮވެމްބަރު 17ގައި ހުރިހާ ސިޔާސީ ލީޑަރުން މިނިވަން ވެގެންދާނެ: އިބޫ
  7. ދިވެހި ސަރުކާރުގެ ބައެއް ވެރިންނާމެދު އީޔޫއިން ދަތިކުރުމުގެ ފިޔަވަޅު އަޅަނީ
  8. ޖަލުގައިދޭ ޚިދުމަށް ރަނގަޅު ކުރާކަށް ބޭނުމެއް ނޫން: ނަވާޒް ޝަރީފުގެ ދަރިކަނބަލުން


ކުކުޅު ބިސް -- ޓްވިޓަރ

މި ފާއިތުވެދިޔަ ހަމަސް ދުވަހުގެ ތެރޭގައި ނެދަލޭންޑްސް ފިޔަވާއި ފިޕްރޯނިލް އިން ތަޣައްޔަރުވެފައިވާ ބިހުގެ މައްސަލަ ދިމާވި އިތުރު އެެހެން ގައުމަކުން ރާއްޖެއަށް ބިސް އެތެރެކޮށްފައި ނުވާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނެފި އެވެ.

އެ އޮތޯރިޓީން ބުނީ ފިޕްރޯނިލްގެ މައްސަލަ ދިމާވެފައިވާ ނެދަރލޭންޑްސް އިން ރާއްޖެއަށް ބިސް އެތެެރެކޮށްފައިވާ އިރު އެތެރެކޮށްފައި ވަނީ ވަރަށް މަދު އަދަދެއް ކަމަށާއި އޭގެ ތެރޭގައި ތަޣައްޔަރުވެފައިވާ ކަމަށް މިހާތަނަށް އިއުލާނުކޮށްފައިވާ  އެެއްވެސް ބެޗެއްގެ ބިސް ރާއްޖެއަށް އެތެެރެ ކޮށްފައިނުވާ  ކަމަށެވެ.

އެމްއެފްޑީއޭ އިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބިހާއި ބިހުގެ ބާވަތްތައް  ބޭނުންކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ގޮވާލައްވާފަ އެވެ.

ނެދަލޭންޑްސް، ބެލްޖިއަމް، ޖަރުމަން އަދި ފަރަންސޭސި ވިލާތުން ބާޒާރަށް ނެރެފައިވާ ބައެއް ކުކުޅު ބިހުގައި "ފިޕްރޯނިލް" ޕެސްޓިސައިޑުގެ އަސަރު ހުރި ކަމަށް ހުޅަނގުގެ  ގައުމުތަކުން ކުރި ތަހުލީލުތަކުން ކަށަވަރު ވާތީ އޭގެ އަސަރު ކޮށްފައިވާ ކުކުޅު ބިހުގެ ބެޗުތައް އެގައުމުތަކުގެ ބާޒާރުން ދަނީ ނަގަމުންނެވެެ. ފިޕްރޯނިލް އަކީ ބުޅާ، ކުއްތާ އަދި ޖަނަވާރުތަކުގައި އަޅާ އުކުނު ފަދަ ސޫފި ނައްތާލުމަށް ބޭނުން ކުރާ ކެމިކަލެކެވެ.

މިއީ އިންސާނުން ކެއުމަށް ބޭނުން ކުރާ ޖަނަވާރާއި އެފަދަ ތަކެތި ގެންގުޅޭ ތަންތަނުގައި ބޭނުން ކުރުން މަނާ ކެމިކަލެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް