13 ޑިސެންބަރު 2017 | ބުދަ | 4 މުލަ

ކަނިފިނޮޅު ރިސޯޓުގެ ދެ ރޫމުގައި އަލިފާން ރޯވެއްޖެ!

  • މިހާދިސާގައި އަލިފާން ފޯވެފައިވަނީ މޫދު ކޮޓަރިއެއްގައި
  • މޫދު ކޮޓަރިވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި
  • މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވޭ

| | | FathimathShana | |ކަނިފިނޮޅުގައި ހިނގި އަލިފާނުގެ ހާދިސާ -- ފޮޓޯ:ލީވާން އަލީ

ކަނިފިނޮޅުގައި ހުރި ދެ ރޫމެއްގައި އަލިފާން ރޯވުމާއި ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު އިން ހަރަކާތްތެރިވެއްޖެއެވެ.

އެމްއެންޑީއެފް މީޑިޔާ އޮފިޝަލް އިބްރާހިމް އާޒިމް ވިދާޅުވީ، ކަނިފިނޮޅު ރިސޯޓުގެ ރޫމެއްގައި އަލިފާން ރޯވެފައިވާ ކަމަށް ފުރަތަމަ މައުލޫމާތު ލިބިފައިވަނީ .18.20 ހާއިރު ކަމަށެވެ. 

އަލިފާންގަނޑު ނިއްވާލުމަށް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ހާބަރކްރާފްޓް ލޯންޗްގައި އެފްއާރުއެސްގެ ފަޔަރ ފައިޓަރުން އެރިސޯޓަށް ދިިޔަ އިރު އެ ރިސޯޓްގެ މުވައްޒަވުން ކުރި މަސައްކަތުން ރޯވެފައިވާ އަލިފާން މިރޭ 18:50 ހާއިރު  ނިއްވާލާފައިވާކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. 

މިހާދިސާގައި އަލިފާން ރޯވެފައި ވަނީ އެރިސޯޓްގެ މޫދު ކޮޓަރިއެއްގައެވެ. މިހާދިސާގައި އަލިފާން ރޯވި ރޫމް ބޭނުން ނުކުރެވޭ ވަރަށް އަނދާ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ

 މިހާދިސާ ހިނގަން މެދުވެރިވި ސަބަބު ފަޔަރ އެންޑް ރެސްކިއު ޓީމުން ބަލަމުން އަންނަ ކަމަށް އެމްއެންޑީއެފް  އިން ބުނެއެވެ. 

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ