16 ޖުލައި 2018 | ހޯމަ | 03 ފުސް
03 ޛުލްޤަޢިދާ 1439
އިޝާ 19:41
މަޣްރިބް 18:24
އަސްރު 15:38
މެންދުރު 12:16
އިރުއަރާ 06:00
ފަތިސް 04:43

ފޯ ސީޒަންސް ސާފިން ޓްރޮފީ:

ފޯ ސީޒަންސް ސާފިން ޓްރޮފީ: ކުޑަ އިއްސެ ބޮޑު ކާމިޔާބީއެއް ހޯދައިފި

  • އެއްވަނަ ހޯދާ ފަރާތަކަށް 25,000 ޑޮލަރުގެ އަގުހުރި ފައިސާގެ އިނާމެއް ލިބޭ
  • ދުނިޔޭގެ ޗެމްޕިއަނެއް ބަލިކޮށް ކުޑަ އިއްސެ ވަނީ ޓްވިން ފިންގެ ސެމީގައި ވާދަކޮށްފައި
ލީވާން އަލީ | MrLeevaan

| 12 އޯގަސްޓު 2017 | ހޮނިހިރު 19:22 | |

މަގުބޫލް

  1. ސުޕަރ އޯވަރަށް ނުކުންނަވައި، އިބޫ އާއި ފައިސަލް ޖެއްސެވީ ހަޔަކަށް!
  2. ޒުވާނުންގެ ޓްވީޓާއެކީ ޝަހީމް ހޫނުފެނަށް ، އެންމެފަހުން ޓްވީޓް ޑިލީޓް ކުރައްވައިފި
  3. ކެމްޕެއިން ދަތުރުތައް މެދުކަނޑާލެއްވުމަށް ފަހު، އިބޫ ރާއްޖެ އިން ބޭރަށް ވަޑައިގަންނަވަނީ
  4. ޓްރަމްޕް އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅާއި އޮބާމާގެ 2011 ވަނަ އަހަރުގެ ދަތުރުފުޅު: ރާނީ ކަންތައް ކުރެއްވީ ވަރަށް ތަފާތުކޮށް
  5. ރާއްޖެއަށް ފިޔަވަޅު އަޅައިފި ނަމަ ގެއްލުން ވާނީ އީޔޫއަށް: ޖަމީލް އުސްމާން
  6. ނޮވެމްބަރު 17ގައި ހުރިހާ ސިޔާސީ ލީޑަރުން މިނިވަން ވެގެންދާނެ: އިބޫ
  7. ދިވެހި ސަރުކާރުގެ ބައެއް ވެރިންނާމެދު އީޔޫއިން ދަތިކުރުމުގެ ފިޔަވަޅު އަޅަނީ
  8. ޖަލުގައިދޭ ޚިދުމަށް ރަނގަޅު ކުރާކަށް ބޭނުމެއް ނޫން: ނަވާޒް ޝަރީފުގެ ދަރިކަނބަލުން


އިސްމާއިލް މިގްލާލް (ކުޑައިއްސެ) -- ފޭސްބުކް

ފޯ ސީޒަން ސާފިން ޓޮރޮފީގައި ޓްވިން ފިންސް ބައިން ރާއްޖޭގެ އިސްމާއިލް މިގްލާލް (ކުޑައިއްސެ) ބޮޑު ކާމިޔާބީއެއް ހޯދައިފި އެވެ.

އޭނާ ވަނީ ހޮނިހިރު ދުވަހު ކުރިޔަށްދިޔަ ޓްވިން ފިންސް ބައިން ދުނިޔޭގެ ޗެމްޕިއަނެއް ކަމަށްވާ އެމެރިކާގެ ސީޖޭ ހޮބްގުޑްއާ ބަލިކޮށް ސެމީފައިނަލަށް ދަތުރު ކޮށްފައެވެ.

މި ހީޓުގައި ކުޑަ އިއްސެ ވާދަކުރީ މިދިޔަ އަހަރު ފޯ ސީޒަންސް ސާފިން ޓްރޮފީގެ ޗެމްޕިއަންކަން ހޯދި ތާޖް ބޮރޯ އާއި ހޮބްގުޑްއާ ވާދަކޮށްގެންނެވެ. މި ހީޓުން އެއްވަނަ ތާޖް ބޮރޯ ހޯދިއިރު، ދެވަނަ ހޯދީ ކުޑަ އިއްސެއެވެ. ތިންވަނަ ލިބުނީ ދުނިޔޭގެ ޗެމްޕިއަންކަން 2001 ވަނަ ހޯދި ސީޖޭ އަށެވެ.

ހީޓުގެ ސެމީފައިނަލުގައި ކުޑައިއްސެ ވާދަކުރީ އެމެރިކާގެ ރޮބް މަޗާޑޯއާ އެވެ. އެހެންނަމަވެސް ކުޑަ އިއްސެ ވަނީ ސެމީގައި މަޗާޑޯ އަތުން ބަލިވެފައެވެ.

ހުކުރު ދުވަހު އޮތް ސިންގަލް ފިންގެ ޗެމްޕިއަންކަން ހޯދި މާޗެޑޯ ޓްވިން ފިން ފައިނަލްގައި ވާދަކުރީ ބޮރޮއާ އެވެ. އެހެންނަމަވެސް އޭނާ ވަނީ ބޮރޯއާ ވާދަކޮށް ބަލިވެފައެވެ.

ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކުގައި ވާދަކޮށްފައިވާ ކުޑަ އިއްސެ ދުނިޔޭގެ ޗެމްޕިއަން ސީޖޭ ބަލިކުރުމުން އޭނާ އަށް އަންނަނީ ގިނަ ބަޔަކު ތައުރީފްކުރަމުންނެވެ. މާލޭ ރާޅުގަނޑުގައި ރާޅާ އަޅަން ފެށި ކުޑަ އިއްސެ ވަނީ އޭނާގެ 25 އަހަރުގެ ކެރިޔަރުގައި ގައުމީ ތިން މުބާރާތެއް ކާމިޔާބުކޮށްފައެވެ.

މިއީ ފޯ ސީޒަންސް އިން ދުނިޔޭގެ ޗެމްޕިއަނުންނަށް ދައުވަތު ދީގެން މި މުބާރާތް ބާއްވާ ހަތް ވަނަ އަހަރެވެ. މިފަހަރުގެ މުބާރާތުގައި ބައިވެރިވަނީ ހަވާއީގެ ރޮސް ވިލިއަމްސް، ބްރެޒިލްގެ މާޔާ ގެބްރިއާ، އޮސްޓްރޭލިއާގެ ޑިފެންޑިން ޗެމްޕިއަން ތާޖް ބްރޯ އަދި އެމެރިކާގެ ދެ ރާޅާ އެޅުންތެރިންކަމަށްވާ ސީޖޭ ހޮބްގުޑް އާއި ރޮބް މަޗަޑޯ އެވެ.

މިދިޔަ އަހަރުގައި މި މުބާރާތުގައި ވާދަކުރި ރާއްޖޭގެ އިބްރާހިމް އަރީފް (އިބޫ) ވަނީ ތުރަސްޓާ ޑިވިޝަންގެ ސެމީ ފައިނަލުގައި ވާދަކޮށްފަ އެވެ. ސެމީ ފައިނަލުން އިބޫ ބަލިވީ މުބާރާތް ކާމިޔާބުކުރި ތާޖް ބޮރޯ އަތުންނެވެ.

މި މުބާރާތުގައި ތިން ޑިވިޝަނެއް ހިމެނޭއިރު، އެއްވަނަ ހޯދާ ފަރާތަކަށް 25,000 ޑޮލަރުގެ އަގުހުރި ފައިސާގެ އިނާމެއް ލިބެއެވެ. މުބާރާތް އަންނަ ހުކުރު ދުވަހު ފަށާނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް