23 އޭޕުރިލް 2019 | އަންގާރަ | 02 ބުރުނު
16 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:43

ހައްޖު 1438

ހައްޖުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ލިބިގަތުން

  • ހައްޖުގެ ފައިދާ ލިބިގަތުމަށް ހަށިގަނޑާއި ބުއްދިއާއި ވިސްނުން އެކަމަށް ތައްޔާރު ކުރަން ޖެހޭ
ރާއްޖެ އެމްވީ | raajje.mv

| 12 އޯގަސްޓު 2017 | ހޮނިހިރު 19:22 | |

މަގުބޫލް

  1. ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
  2. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  3. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ފެނަކައިގެ މުވައްޒަފުން ސިޔާސީ ކަންކަމުގައި ބައިވެރިވުމަށް މަޖުބޫރުނުކުރާތީ އުފާފާޅު ކޮށްފި
  7. ދިޕިކާ ސްކޫލް ޔުނިފޯމްގައި ފެނިގެންދާ ވީޑިއޯއެއް އާންމުވެއްޖެ
  8. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް


ދިވެހި ހައްޖުވެރިންގެ ގުރޫޕެއް ސައުދީއަށް ދިއުމުން އޮފިޝަލުން މަރުހަބާ ކިޔަނީ -- ހައްޖު ކޯޕަރޭޝަން

ހައްޖުގެ އަޅުކަން އަދާ ކުރުމަކީ މުސްލިމެއްގެ ހަޔާތުގައި ހާސިލް ކުރެވޭ އެންމެ މުހިންމު އެއް ކަންތަކެވެ. އެހެން ކަމުން ހައްޖަށް ދާން ދަތުރަށް ފަށާއިރު ޖިސްމާނީ ގޮތުންނާއި ރޫހާނީ ގޮތުން އެ އަޅުކަމަށް ތައްޔާރު ވުމަކީ ވަރަށް މުހިންމު ކަމެކެވެ. ޚާއްސަ ގޮތެއްގައި ބުއްދިއާއި ވިސްނުން ހެޔޮ ގޮތުގައި ބެހެއްޓުމަކީ ހައްޖުގެ އަޅުކަމުގެ ދަރުމަ އާއި ސަވާބު އެންމެ ފުރިހަމަ ގޮތުގައި ލިބުމަށާއި، އެމީހެއްގެ އަޅުކަން މާތް ﷲ އިޖާބަ ކުރެއްވި އަޅުކަމެއް ކަމުގެ ޔަގީންކަން ލިބިގަތުމަށް މުހިންމު ކަމެކެވެ.

ޝައްކެއްވެސް ނެތް ގޮތުގައި ޒުލްހިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަހަކީ އަހަރުގެ ތެރޭގައި މުސްލިމުންނަށް އަންނަ އެންމެ ޚާއްސަ ދިހަ ދުވަހެވެ. ކީރިތި ރަސޫލާގެ ބަސްފުޅުން މިކަން ވަރަށް ރަނގަޅަށް ދޭހަވެއެވެ. ﷲ އެންމެ ލޯބިވެވޮޑިގަންނަވަނީ މި ދުވަސްތަކުގައި ކުރާ ހެޔޮ ކަންތައްތަކަށް ކަމުގައި ރަސޫލާ ހަދީސް ކުރައްވާފައިވެއެވެ.

އަނެއް ކޮޅުން ދުނިޔޭގައި ވާ އެންމެ މާތް ބިމަކީ މައްކާއެވެ. މައްކާގައިވާ މަސްޖިދުލް ހަރާމްގައި ކުރާ ކޮންމެ ނަމާދަކީ ދުނިޔޭގެ އެހެން ކޮންމެ ތަނެއްގައި ކުރާ އެއްލައްކަ ނަމާދާ އެއްވަރުގެ އަޅުކަމެއް ކަން ރަސޫލާގެ ބަސްފުޅުތަކުން އެނގެން އެބައޮތެވެ.

ހައްޖަށް ދާ މީހާ އެހެން ކަމުން އެ ދަނީ ދުނިޔޭގައިވާ އެންމެ މާތް ބިމަށެވެ. އެ ބިމުގައި އެ ހޭދަކުރަނީ އަހަރުގެ އެންމެ ރަނގަޅު ދުވަސްތަކެވެ. އެހެން ކަމުން ހައްޖަށް ދާ މީހާއަށް އެލިބެނީ ކިހާ ރަނގަޅު ފުރުސަތެއްކަން މި ދެކަންތަކުން އެކަނިވެސް ދޭހަވެއެވެ.

ވީއިރު މި ފުރުސަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ހައްޖަށް ދާ ކޮންމެ މީހަކު ވިސްނަން ޖެހެއެވެ. މި ގޮތުން މި ފުރުސަތުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމަށް ކުރެވިދާނެ ކަންތައްތަކެއް އެބަހުއްޓެވެ.

ފުރަތަމަ ކަމަކީ، ހައްޖަށް ދަތުރު ފެށުމާއެކު ނިޔަތާއި މަގްސަދު ރަނގަޅު ކުރުމެވެ. މި ފަށާ ދަތުރަކީ އިސްލާމް ކަމުގެ ފަސްވަނަ ރުކުން އަދާ ކުރުމަށް ފަށާ ދަތުރެއްކަން ހިތުގައި އޮންނަން ޖެހެއެވެ. މިއީ ﷲ ގެ ރުއްސެވުމާއި ފުއްސެވުމަށް އެދި ކުރާ ދަތުރެއް ކަމާއި އިސްވެ ކުރެވިފައިވާ ފާފަތައް ފުއްސަވައިދެއްވާ ތޯ ﷲ އަށް ދެންނެވުމަށް ކުރާ ދަތުރެއްކަން ވިސްނުމުގައި އޮންނަން ޖެހެއެވެ. ނުބައި ވަސްވާސްތަކާއި ވިސްނުންތަކުން އެމީހެއްގެ ސިކުނޑި ދުރުކުރަން ޖެހެއެވެ. ދެއްކުންތެރިކަމާއި، ތައުރީފް ލިބިގަތުމުން ރައްކާތެރިވާން ޖެހެއެވެ. ތިމާއީ އަނެކާ އަށް ވުރެ މޮޅު މީހެއް ކަމުގެ ވިސްނުން ހިތުން މުޅިން ފުހެލަން ޖެހެއެވެ. މިއީ ހަމައެކަނި ﷲ އަށް ޓަކައި އަދާކުރެވޭ އަޅުކަމެއް ކަމުގައި ހެދުމަށް އެހެން މީހުންނަށް ދެއްކުން ތެރިކަން ގެންގުޅެގެން ނުވާނެއެވެ. މިޒަމާނަށް ބަލާއިރު، ހައްޖުގެ ކޮންމެ ހަރަކާތަކާއެކު ސެލްފީ ނެގުމާއި، ފޮޓޯތައް ގިނަ ބަޔަކަށް ފެންނާނޭހެން ބެހެއްޓުންފަދަ ކަންކަމަކީ ދެއްކުންތެރި ކަމުގެ ނިޔަތުގައި ކުރާ ކަމެއްނަމަ އެއީ ހައްޖުގެ މަގްސަދާ ފުށުއަރާ ކަމެއްކަން ހަނދާނުގައި ބަހައްޓަން ޖެހެއެވެ.

ދެވަނަ ކަމަކީ މާފުކުރުމާއެކު ﷲ ގެ ހަޒްރަތުން ކުރެވިފައިވާ ކުށްތަކަށް މާފަށް އެދުމެވެ. ދިރިއުޅުމުގައި ހިތް ނޭދޭ އެތައް ކަމެއް މީހުންގެ ފަރާތުން ހިނގާފައި ހުންނާނެއެވެ. މިކަން މިހެން އޮތް ނަމަވެސް ހައްޖަށް ދިއުމުގެ ކުރިން މީހުންގެ ފަރާތުން ދިމާވެފައި ހުރި މިފަދަ ކަންކަމަށް މާފުކޮށް ހިތް ރަނގަޅު ކުރަންޖެހޭނެއެވެ. އެހެން މީހުނަށް މާފު ކުރުމަކީ އަމިއްލަ އަށް ކުރެވިފައިވާ ކުށްތަކަށް ﷲ ހަޒްރަތުގައި މާފު ކޮށްދެއްވާތޯ ދެންނެވުމުގެ ކުރިން ކުރަންޖެހޭނެ ކަމެކެވެ. މާޒީގައި ހިނގާފައިވާ ކަންކަމުން ހިތް ސާފުކޮށް، މީހުންގެ މައްޗަށް އޮތް ނަފްރަތާއި ރުޅިވެރިކަން ފޮހެލުމަށް ފަހު ހައްޖުގެ އަޅުކަމަށް ކުރިމަތިލުމަކީ ހައްޖުގެ ފުރިހަމަކަން ހާސިލް ކުރުމަށް މުހިންމު ކަމެކެވެ.

އަނެއް ކަމަކީ ހައްޖުގެ އަޅުކަމުގައި އުފަލާއި ހިނުތުންވުމާއެކު ޝާމިލްވެ އުޅުމެވެ. ހައްޖަށް ދެވުމަކީ ހަގީގަތުގައިވެސް ވަރަށް ބޮޑު އުފަލެކެވެ. ނަސީބެކެވެ. އެކަން ހިތުގައި ބާއްވާ ހިތްހަމަ ޖެހި އުފަލުގައި ހައްޖުގެ ދުވަސްތައް ހޭދަކުރުމަކީ މުހިންމު ކަމެކެވެ. ހައްޖަށް ދިއުމުގެ ފުރުސަތު ﷲ ސުބުހާނަހޫ ވަތައާލާ މިންވަރުކޮށްދެއްވާ، ﷲ ގެ މެހުމާނެއްގެ ގޮތުގައި އެންމެ މާތް ބިމަށް ދިއުމުގެ ނަސީބު ލިބުމަކީ މީހަކަށް ލިބޭނެ އެންމެ ބޮޑު އުފަލެވެ. އެހެން ކަމުން ހައްޖުވުމުގައި އެކަން ހިތުގައި ބާއްވާ ﷲ އަށް ޝުކުރުވެރިވާން ޖެހޭނެއެވެ.

ހައްޖުގެ އަޅުކަމަކީ ހެޔޮ ދުއާ ތަކާ ގުޅި ލާމެހިފައިވާ އަޅުކަމެކެވެ. އެހެން ކަމުން ދުވަސްތަކުގެ ބޭނުން އެންމެ ރަނގަޅަށް ހިފުމަށް ރަނގަޅު ދުއާ ތަކުގެ ލިސްޓެއް ހެދުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. ހައްޖުގެ އަޅުކަމުގެ ދުވަސް ކޮޅަކީ އަދި ވަކިން ޚާއްސަކޮށް އަރަފާތު ބިމުގައި ލިބޭ ވަގުތުކޮޅަކީ ދުއާ ކުރުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. މާޒީގައި ކުރެވިފައިވާ ފާފަތަކާއި ކުރެވިފައިވާ ގޯސް ކަންތައްތަކުން ތައުބާވުމަށް ﷲ އަށް ދެންނެވުމަށް ލިބޭ މި އަގުހުރި ފުރުސަތުގެ ބޭނުން ހިފުމަށް އެވަގުތާ ތަނާ ގުޅޭ ގޮތުން އެންމެ އެކަށީގެންވާ ދުއާ ކުރުމަކީ ބުއްދިވެރިންގެ ގޮތެވެ. ދުއާ ކުރުމުގައި ދުނިޔޭގެ ކަންކަމާ ގުޅޭ ގޮތުން ﷲ އަށް ދެންނެވުމުގެ އިތުރުން އާޚިރަތުގެ ހަޔާތް ބާއްޖަވެރި ކުރުމަށް ދުއާ ދެންވެމަށް ހަނދާން ނައްތާ ލައިގެން ނުލާށެވެ. ހަމަ އެއާއެކު އަމިއްލަ ނަފްސަށް ދުއާ ކުރުމާއެކު އާއިލާ އާއި ދަރިންނާއި، ގާތްތިމާގެ މީހުންނާއި، ރައްޓެހިންނާއި އެކުގައި މަސައްކަތް ކުރާ މީހުންނަށް ވެސް ހެޔޮ ދުއާ ކުރަންވާނެއެވެ.

ހައްޖުގެ ދުވަސްތައް އެންމެ އެދެވޭ ގޮތުގައި ހޭދަ ކުރުމަށް ލަނޑުދަނޑިތައް ކަނޑައެޅުމަކީ ވަރަށް މުހިންމު ކަމެކެވެ. ހައްޖުގެ އަޅުކަމުގައި ހޭދަކުރާ ދުވަސްތަކަކީ ކަނޑައެޅިފައިވާ ވަކި މަގްސަދުތަކެއް ހާސިލް ކުރާ ދުވަސްތަކެއްގެ ގޮތުގައި ހެދުމަކީ ބުއްދިވެރި ގޮތެވެ. މި ގޮތުން، ކޮންމެ ދުވަހަކުވެސް ޓާގެޓެއް ކަނޑައަޅާ ގުރުއާން ކިޔެވުމާއި، ސުންނަތް ނަމާދުތައް ހާސިލް ކުރާނެ މިންވަރު ކަނޑައަޅާ، ކޮންމެ ދުވަހަކު އިސްތިޣްފާރުގައި އިންނާނެ ވަގުތުތައް ކަނޑައަޅާ އެކަންކަން ހާސިލް ކުރަން އުޅުމަކީ ވަގުތުގެ ބޭނުން އެންމެ އެދެވޭ ގޮތައް ހިފުމަށް މުހިންމު ކަމެކެވެ. ނޫންނަމަ ވަގުތައް ގެއްލި ހިނގައިދާނެއެވެ. މީހުންނާ ވާހަކަ ދެއްކުމުގަޔާއި ބާޒާރު ކުރުމުގައި އުޅެނިކޮށް ވަގުތުކޮޅު ހުސްވެދާނެއެވެ.

އެންމެ ފަހު ކަމަކަށް ހައްޖުން ހާސިލްވި ކަންކަން ބޭކާރުކޮށްލާ މީހަކަށް ހައްޖުވެރިއަކު ވެގެން ނުވާނެއެވެ. ހައްޖުގެ އަޅުކަމަކީ ދިރިއުޅުމަށާއި މީހާއަށް ދާއިމީ ހެޔޮ ބަދަލެއް ގެނެސްދިން އަޅުކަމަކަށް ހެދުމަށް މަސައްކަތް ކުރުމަކީ ހައްޖުގެ އަޅުކަމުގެ ކާމިޔާބީގެ ބައެކެވެ. ހައްޖުގެ ކުރިން އުޅުނު އުޅުމަށްވުރެ ހެޔޮ ލަފާ ސާލިހް އުޅުމެއް ދުނިޔޭގައި އުޅުމަށް މިގޮތުން އަޒްމް ކަނޑައަޅަންވާނެއެވެ. އުމުރު ދުވަހުގެ މަސައްކަތުން ބޮޑު ހޭދައެއް ކޮށް ހާސިލް ކުރެވުނު މި މުހިންމު އަޅުކަން ނިންމުމަށްފަހު އެނބުރި އައިސް ކުރިން ކުރި ގޯސް ކަންކަމުގެ މަގަށް ރުޖޫއަ ވެއްޖެނަމަ ހައްޖުގެ ކާމިޔާބީ ފުރިހަމަ ގޮތުގައި ހާސިލް ކުރި މީހެއް ކަމުގައި އެމީހަކު ވެގެންނެއް ނުދާނެއެވެ. ހައްޖުގެ ސަބަބުން އެމީހަކަށް ލިބިގެން އެ ދިޔައީ ދެވަނަ ފުރުސަތެކެވެ. އައު ފެށުމަކުން ފަށައިގެން ރަނގަޅު ދިރިއުޅުމަކަށް އެ ކޮށުނު އައު މަގުން ހެޔޮ ގޮތުގައި ހިނގާ މީހަކަށް ވާންޖެހޭނެއެވެ.


އެޑިޓަރުގެ ނޯޓް

މިއީ އާމާލް އަލް ސިބާއީ 11 އޮގަސްޓް 2017 ގައި ސައުދީ ގެޒެޓްގައި ލިޔެފައިވާ ލިޔުމެއް އަސްލަކަށް ބަލައިގެން ކިޔެފައިވާ މަޒްމޫނެކެވެ.އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: ދެލިކޮޕީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް