16 ޖުލައި 2018 | ހޯމަ | 03 ފުސް
03 ޛުލްޤަޢިދާ 1439
އިޝާ 19:41
މަޣްރިބް 18:24
އަސްރު 15:38
މެންދުރު 12:16
އިރުއަރާ 06:00
ފަތިސް 04:43

ދިވެހި ފުލުހުން

ފުލުހުންނާއި މެދު ހުރި ރައްޔިތުންގެ ކަންބޮޑުވުންތައް ފުލުހުންގެ ޕްރޮފެޝަނަލް ކޮމާންޑް ޔުނިޓާއި ހިއްސާ ކޮށްފި!

  • ފުލުހުންގެ ތެރެއިން މިފަދަ އަމަލު ހިންގަނީ މަދު ބަޔަކު
  • ބައެއް ފުލުހުން އަންހެނުންނަށް މުހާތަބުކޮށް ޖިންސީ ފުރައްސާރަކުރުން ކަަމަށް ބެލެވޭ ގޮތަށް ވާހަކަދައްކާފައި އެބަ ހުރި
  • ފުލުުހުންނަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ބަޔަކަށްވުމަކީ ވަރަށް ބޮޑު އެދުމެއް
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 12 އޯގަސްޓު 2017 | ހޮނިހިރު 18:59 | |

މަގުބޫލް

  1. ސުޕަރ އޯވަރަށް ނުކުންނަވައި، އިބޫ އާއި ފައިސަލް ޖެއްސެވީ ހަޔަކަށް!
  2. ޒުވާނުންގެ ޓްވީޓާއެކީ ޝަހީމް ހޫނުފެނަށް ، އެންމެފަހުން ޓްވީޓް ޑިލީޓް ކުރައްވައިފި
  3. ކެމްޕެއިން ދަތުރުތައް މެދުކަނޑާލެއްވުމަށް ފަހު، އިބޫ ރާއްޖެ އިން ބޭރަށް ވަޑައިގަންނަވަނީ
  4. ޓްރަމްޕް އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅާއި އޮބާމާގެ 2011 ވަނަ އަހަރުގެ ދަތުރުފުޅު: ރާނީ ކަންތައް ކުރެއްވީ ވަރަށް ތަފާތުކޮށް
  5. ރާއްޖެއަށް ފިޔަވަޅު އަޅައިފި ނަމަ ގެއްލުން ވާނީ އީޔޫއަށް: ޖަމީލް އުސްމާން
  6. ނޮވެމްބަރު 17ގައި ހުރިހާ ސިޔާސީ ލީޑަރުން މިނިވަން ވެގެންދާނެ: އިބޫ
  7. ދިވެހި ސަރުކާރުގެ ބައެއް ވެރިންނާމެދު އީޔޫއިން ދަތިކުރުމުގެ ފިޔަވަޅު އަޅަނީ
  8. ޖަލުގައިދޭ ޚިދުމަށް ރަނގަޅު ކުރާކަށް ބޭނުމެއް ނޫން: ނަވާޒް ޝަރީފުގެ ދަރިކަނބަލުން


މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް -- ރާއްޖެއެމްވީ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އެއްވުންތަކުގައި ފުލުހުން ގާނޫނާއި ގަވައިދާ ހިލާފަށް ބައެއް އަމަލުތައް ހިންގަމުންދާތީ، އެ މައްސަލަތައް ފުލުހުންގެ ޕްރޮފެޝަނަލް ކޮމާންޑްގެ ނަމުގައި ހަދާފައިވާ ޔުނިޓަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހިއްސާ ކޮށްފި އެވެ.

މި މައްސަލަ ފުލުހުންނާއި ހިއްސާކުރުމަށް ފުލުުހުންގެ ހެޑް ކުއަޓަރސް އަށް ގޮސްފައި ވަނީ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމާއި ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަނުގެ ނައިބު ރައީސް އައިމިނަތު ނާދިރާ އެވެ.

މިކަމާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވީ، އާންމު ރައްޔިތުންނާމެދު ބައެއް ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތް ކުރުމާއި އަންހެނުންނަށް މުހާތަބުކޮށް ޖިންސީ ފުރައްސާރަ ކުރުން ކަަމަށް ބެލެވޭ ގޮތަށް ވާހަކަ ދައްކާ ކަމަށެވެ.

" އޭގެ އިތުރުުން އަޅުގަނޑުމެންނަށް، ފާހަގަކުރެވޭ، ބައެއް ފުލުހުން އައިސް އަންހެނުންގެ އަތުގައި ހިފާ ދަމާ އެބަހަދާ. މުޒާހަރާތެރޭގައި ފުލުހުންގެ ގާނޫނާއި ގަވައިދާ ހިލާފަށް އަމަލު ކުރަމުންދާތަން ވެސް އަޅުގަނޑުމެންނަށް ފެނޭ. ފުލުހުންގެ މުއައްސަސާއަކީ ވެސް ރައްޔިތުންގެ އިތުބާރު އޮތް މުއައްސަސާއަކަށްވާ އިރު އެކަން ކަމަށް ހައްލެއް ހޯދުމަށް އަޅުގަނޑުމެން ފުލުހުންނާއި ވާހަކަ ދައްކައިގެން މަސައްކަތް ކުރަނީ." ރޮޒެއިނާ ވިދާޅުވި އެވެ.

ރޮޒެއިނާ ވިދާޅުވީ، ފުލުހުންގެ ތެރެއިން ވެސް ގާނޫނު އަސާސީއާ ހިލާފަށް ބައެއް ކަންކަން ދާކަން އެބޭފުޅުން ގަބޫލު ކުރާ ކަމަށެވެ. ރޮޒެއިންނާ ވިދާޅުވީ، ރަސްމީ މައްސަލައެއްގެ ގޮތުގައި މިއަދު މައްސަލަ ހުށަނާޅާ ކަމަށާއި އެހެން ނަމަވެސް ފުލުހުންނާއި މެދު ރައްޔިތުންގެ ތެރޭގައި އުފެދިފައިވާ ކަންބޮޑުވުންތަކާއި ހިތްހަމަނުޖެހުންތައް މިއަދު އެބޭފުޅުންނާއި ހިއްސާކުރި ކަމަށެވެ.

" ޔުނީފޯމް އަޅައިގެން ހުރިއްޔާމު އެ ޔުނީފޯމެއްގެ އަގު ރައްޔިތުންގެ ކުރިމަތީގައި ވެސް އޮންނަ ގޮތަށް އެެބޭފުޅުންގެ އަމަލު ކުރުން އަޅުގަނޑުމެން ވެސް އެދެނީ. އެކަމަށް ހިތްވަރު ދިނުމަށް އަޅުގަނޑުމެން ބޭނުން ވަނީ. އެއްވެސް ހާލެއްގައި އެއްވެސް ބަޔަކަށް އަދަބުތަކެއް ދިނުމަކަށް ނޫން އަޅުގަނޑުމެން ނިކުމެ މިއުޅެނީ." ރޮޒެއިނާ ވިދާޅުވި އެވެ

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މިފަދަ މައްސަލައެއް ފުލުހުންގެ އިދާރާއަށް ހިއްސާ ކޮށްފައިވާ އިރު ދާދި ފަހުން ފުލުހުންގެ އިދާރާއިން ވަނީ، ފުލުހުންނާއި ގުޅޭ ގޮތުން ހަގީގަތާއި ހިލާފު މައުލޫމާތުތައް ހާމަކޮށް، ފުލުހުންގެ އަގު ވައްޓާލުމަށް މަސައްކަތް ކުރާނަމަ ފިޔަވަޅު އަޅާނެ ކަން ހާމަކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ޖާވިދު

11 މަސް ކުރިން

ޖިންސީ ފުރައްސާރަ ކުރީމާ ދެވަނަ ފަހަރަށް މުޒާހަރާއަށް ފޮނުވާނަމަ އޭގެ މާނައަކީ އެއީ މުވައްސަސާގެ ޕޮލިސީއޭ.. ދެން ކޮން ރައްކާތެރިކަމެއް ކަލޭމެންނަށްދެވޭނީ

0
0