16 ޖުލައި 2018 | ހޯމަ | 03 ފުސް
03 ޛުލްޤަޢިދާ 1439
އިޝާ 19:41
މަޣްރިބް 18:24
އަސްރު 15:38
މެންދުރު 12:16
އިރުއަރާ 06:00
ފަތިސް 04:43

ކުޅިވަރު

އިނގިރޭސި ޕްރިމިއާ ލީގު: ލިވަޕޫލް އަދި ވެޓްފޯޑްގެ މެޗު އެއްވަރުވެގެން ނިމިއްޖެ.

  • މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ވަނީ ފެނިގެން ގޮސްފަ.
  • ވެޓްފޯޑް ސަލާމަތްވީ ފަހުވަގުތު މިގޭލް ބްރިޓޮސް ކާމިޔާބު ކޮށްދިން ލަނޑުން.

| 12 އޯގަސްޓު 2017 | ހޮނިހިރު 18:46 | |

މަގުބޫލް

  1. ސުޕަރ އޯވަރަށް ނުކުންނަވައި، އިބޫ އާއި ފައިސަލް ޖެއްސެވީ ހަޔަކަށް!
  2. ޒުވާނުންގެ ޓްވީޓާއެކީ ޝަހީމް ހޫނުފެނަށް ، އެންމެފަހުން ޓްވީޓް ޑިލީޓް ކުރައްވައިފި
  3. ކެމްޕެއިން ދަތުރުތައް މެދުކަނޑާލެއްވުމަށް ފަހު، އިބޫ ރާއްޖެ އިން ބޭރަށް ވަޑައިގަންނަވަނީ
  4. ޓްރަމްޕް އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅާއި އޮބާމާގެ 2011 ވަނަ އަހަރުގެ ދަތުރުފުޅު: ރާނީ ކަންތައް ކުރެއްވީ ވަރަށް ތަފާތުކޮށް
  5. ރާއްޖެއަށް ފިޔަވަޅު އަޅައިފި ނަމަ ގެއްލުން ވާނީ އީޔޫއަށް: ޖަމީލް އުސްމާން
  6. ނޮވެމްބަރު 17ގައި ހުރިހާ ސިޔާސީ ލީޑަރުން މިނިވަން ވެގެންދާނެ: އިބޫ
  7. ދިވެހި ސަރުކާރުގެ ބައެއް ވެރިންނާމެދު އީޔޫއިން ދަތިކުރުމުގެ ފިޔަވަޅު އަޅަނީ
  8. ޖަލުގައިދޭ ޚިދުމަށް ރަނގަޅު ކުރާކަށް ބޭނުމެއް ނޫން: ނަވާޒް ޝަރީފުގެ ދަރިކަނބަލުން


ލިވަޕޫލުގެ އެމްެރޭ ކޭން ވެޓްފޯޑްގެ ގޯލަށް ހަމަލާއެއް އަމާޒުކުރަނީ -- ގޯލް.ކޮމް

އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ލިވަޕޫލާއި ވެޓްފޯޑް ބައްދަލު ކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ލިވަޕޫލް އަދި ވެޓްފޯޑް ބައްދަލު ކުރި މި ފޯރިގަދަމެޗު އެއްވަރުވީ 3-3 ގެ ނަތީޖާއިންނެވެ.

ވެޓްފޯޑްގުގެ އަމިއްލަ ދަނޑުގައި ކުޅެވުނު މި މެޗުގައި ދެޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު، މި މެޗުގެ ވަރަށް ކުރީކޮޅު ވެޓްފޯޑުން ވަނީ ލަނޑުޖަހާ ލީޑުނަގާފައެވެ. ހޮލީބަސްގެ އެހީތެރިކަމާއެކު މި ލަނޑު ކާމިޔާބު ކޮށްދީފައިވަނީ  ސްޓެފާނޯ އޮކާކާއެވެ.

ސެޓެފާނޯ އޮކާކާގެ ލަނޑުން ވެޓްފޯޑް ލީޑުނަގާފައި ވަނިކޮށް މެޗުގެ 29 ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ 29 ވަނަ މިނެޓުގައި އެމެރޭ ކޭންގެ އެހީތެރިކަމާއެކު މި ލަނޑު ޖަހައިދިނީ މަނޭއެވެ.

ވެޓްފޯޑުން ދެވަނަ ފަހަރަށް މެޗުގެ ލީޑުނަގާފައި ވަނީ 32 ވަނަ މިނެޓުގައި ފްރާންސްގެ މިޑްފީލަޑަރ އަބްޑޯލާއޭ ޑޮކޯރާއެވެ.

ވެޓްފޯޑް ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ގެ ކުޅުން ނިމުނުއިރު، މެޗުގެ ފަހުހާފު ފެށިގެން މާ ގިނައިރުތަކެއް ނުވަނީސް ލިވަޕޫލުން ވަނީ ލިބުނު ޕެނަލްޓީއަކުން އެޓީމުގެ ދެވަނަ ލަނޑުޖަހާ މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް ހަމަހަމަ ކޮށްފައެވެ. މި ޕެނަލްޓީ ކާމިޔާބު ކޮށްދިނީ ރޮބާޓޯ ފާމީނިއޯއެވެ.

މި ލަނޑަށް ފަހު ލިވަޕޫލުގެ ކުޅުން އިތުރަށް ރަނގަޅުކުރިއިރު އެޓީމުގެ ތިންވަނަ ލަނޑު ޖަހާ ލީޑުނެގީ މެޗުގެ 57 ވަނަ މިނެޓުގައި ލިވަޕޫލާ އަލަށް ގުޅުނު މޮހަމެޑް ސަލާއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ ފާމީނިއޯ ދިން ރީތިޕާހެއް ގޯލްތެރެއަށް ވައްދާލައިގެންނެވެ.

ސަލާގެ މި ލަނޑާއެކު ލިވަޕޫލް ލީޑުގައި އޮވެ މެޗު ނިމެންދަނިކޮށް މެޗުގެ އެންމެ ފަހު މިނެޓުގައި ވެޓްފޯޑުން ވަނީ ލަނޑެއްޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ އުރުގުއޭ ޑިފެންޑަރ މިގޭލް ބްރިޓޮސްއެވެ.

ދެޓީމް އެއްވަރުވެގެން މެޗު ނިމުނު އިރު މި މެޗަކީ މި ދެޓީމު ވެސް މިފަހަރުގެ ލީގުގައި ކުޅުނު ފުރަތަމަ މެޗުކަން ފާހަގަ ކޮށްލެވެއެވެ.

ލިވަޕޫލުން ދެން އެންމެ އަވަހަށް ކުޅޭނީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޕްލޭއޮފްގައި ޖަރުމަނުގެ ހޮފެންހެއިމްއާ ދެކޮޅަށް މިމަހުގެ 15 ގައި ކުޅޭ މެޗެވެ. އަދި ވެޓްފޯޑް ދެން ބައްދަލުކުރާނީ ރަށުންބޭރުގައި އޭއެފްސީ ބޯންމައުތްއާއެވެ. މި މެޗު ކުޅޭނީ އަންނަ ހަފްތާ ހޮނިހިރު ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް