16 ޖުލައި 2018 | ހޯމަ | 03 ފުސް
03 ޛުލްޤަޢިދާ 1439
އިޝާ 19:41
މަޣްރިބް 18:24
އަސްރު 15:38
މެންދުރު 12:16
އިރުއަރާ 06:00
ފަތިސް 04:43

ދިވެހި ޕްރިމިއާ ލީގު

ދިވެހި ޕްރިމިއާ ލީގު: މާޒިޔާ އިން ފަސޭހަކަމާއެކު ނިއުރޭޑިއަންޓް ބަލިކޮށްފި

  • ނިއުގެ މައްޗަށް މާޒިޔާ ކުރިހޯދީ 0-2 ގެ ނަތީޖާއަކުން
ލީވާން އަލީ | MrLeevaan

| 12 އޯގަސްޓު 2017 | ހޮނިހިރު 18:43 | |

މަގުބޫލް

  1. ސުޕަރ އޯވަރަށް ނުކުންނަވައި، އިބޫ އާއި ފައިސަލް ޖެއްސެވީ ހަޔަކަށް!
  2. ޒުވާނުންގެ ޓްވީޓާއެކީ ޝަހީމް ހޫނުފެނަށް ، އެންމެފަހުން ޓްވީޓް ޑިލީޓް ކުރައްވައިފި
  3. ކެމްޕެއިން ދަތުރުތައް މެދުކަނޑާލެއްވުމަށް ފަހު، އިބޫ ރާއްޖެ އިން ބޭރަށް ވަޑައިގަންނަވަނީ
  4. ޓްރަމްޕް އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅާއި އޮބާމާގެ 2011 ވަނަ އަހަރުގެ ދަތުރުފުޅު: ރާނީ ކަންތައް ކުރެއްވީ ވަރަށް ތަފާތުކޮށް
  5. ރާއްޖެއަށް ފިޔަވަޅު އަޅައިފި ނަމަ ގެއްލުން ވާނީ އީޔޫއަށް: ޖަމީލް އުސްމާން
  6. ނޮވެމްބަރު 17ގައި ހުރިހާ ސިޔާސީ ލީޑަރުން މިނިވަން ވެގެންދާނެ: އިބޫ
  7. ދިވެހި ސަރުކާރުގެ ބައެއް ވެރިންނާމެދު އީޔޫއިން ދަތިކުރުމުގެ ފިޔަވަޅު އަޅަނީ
  8. ޖަލުގައިދޭ ޚިދުމަށް ރަނގަޅު ކުރާކަށް ބޭނުމެއް ނޫން: ނަވާޒް ޝަރީފުގެ ދަރިކަނބަލުން


މާޒިޔާ އަދި ނިއު ބައްދަލުކުރި މެޗުގެ ތެރެއިން -- މާޒިޔާ ސްޕޯރޓްސް ކްލަބް

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ފަސޭހަކަމާއެކު ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ބަލިކޮށްފި އެވެ.

ހޮނިހިރު ދުވަހު ހަވީރު ކުޅުނު މެޗު ނިއުއާ ވާދަކޮށް މާޒިޔާ އިން މެޗު ކާމިޔާބު ކުރީ 0-2 ގެ ނަތީޖާއަކުންނެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗުގެ ކުރީކޮޅު މާޒިޔާ އިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު މެޗު ފެށިގެން 08 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ސާބިއާގެ ޑިފެންޑަރު މިހްލޮވިޗް ބޯޖަން އެވެ. އޭނާ މި ލަނޑު ކާމިޔާބު ކުރީ މުހައްމަދު އާރިފް (ބަކާ) ކުރިޔަށް ފޮނުވާލި ބޯޅަ ނިއުގެ ކީޕަރު ފައިސަލް ދިފާއުކުރުމުން ޑިފްލެކްޓްވެގެން އައި ބޯޅައިންނެވެ.

މި ލަނޑަށްފަހު ވެސް މާޒިޔާ އިން ދިޔައީ ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސް ކުރަމުންނެވެ. އެހެން ނަމަވެސް ފުރަތަމަ ހާފްގެ ވަކި ހިސާބަކުން ނިއު އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ލަނޑު ޖެހުމަށް ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

މެޗުގެ ނަތީޖާ ހަމަހަމަ ކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ 30 ވަނަ މިނެޓުގައި ނިއުގެ ސްޕެއިން ފޯވާޑް އެޑްރިއަން ގަލާޑޯ އަށެވެ. އޭނާ ބޮލުން ކުރިޔަށް ފޮނުވާލި ހަމަލާ ދިޔައީ ގޯލު ދަނޑިކައިރިން ބޭރަށެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން މާޒިޔާ އަށް ލީޑު ފުޅާކޮށްދިނީ މުހައްމަދު އުމެއިރުއެވެ. މި ލަނޑަކީ މާޒިޔާ އަށް ލިބުނު ހިލޭ ޖެހުމަކުން އޭނާ ކާމިޔާބު ކުރި ލަނޑެކެވެ. މި ލަނޑުތަކާއެކު ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއިން ނިއުގެ މައްޗަށް މާޒިޔާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ނިއު އިން ވަނީ އެޓީމުގެ ކުޅުން އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން އެޓީމުން ވަނީ ފުލުފުލުގައި މާޒިޔާގެ ހާފަށް ބާރުބޮޑު ކޮށްފައެވެ. އެހެން ނަމަވެސް ނިއު އިން ފޮނުވާލި ހުރިހާ ހަމަލާއެއް އެޓީމުގެ ކީޕަރު މަހްމޫދް ވަނީ ދިފާއުކޮށްފައެވެ.

މެޗުގެ ފަހު 20 ވަރަކަށް މިނެޓުގައި މާޒިޔާއިން އެއްކޮށް ފަހަތަށް ޖެހި ކުޅެފައިވާއިރު، އެޓީމުން ވަނީ މޮޅު ޑިފެންސެއްކޮށް ނިއު ހިފަހައްޓާފައެވެ. މުޅި މެޗުގައި ވެސް ގޯލަށް ނުރައްކާކޮށް ނިއު އަށް ފޮނުވާލެވިފައި ވަނީ ދެތިން ހަމަލާއެކެވެ.

މި ނަތީޖާއާއެކު މާޒިޔާ ވަނީ ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކޮށްފައެވެ. ނިއު ވަނީ އެޓީމު ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކޮށްފައެވެ. ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކްލަބް އަދި ކުޑަހުވަދޫ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް