14 ޑިސެންބަރު 2017 | ބުރާސްފަތި | 5 މުލަ

އަމީތާއި ސައުދުގެ ބަންދަށް އިތުރު ހަތަރު ދުވަސް

  • ކުރިއަށް އޮތް ހަތަރު ދުވަސް ތެރޭގައި މައްސަލަ ޕީޖީއަށް ފޮނުވަން އަމުރުކޮށްފައިވޭ
  • ފުލުހުން އެދުނީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަދޭން

| | | @Murshidhu | |



މެމްބަރު އަމީތު ފުލުހުންގެ ލޯންޗަށް އަރާވަޑައިގަންނަވަނީ -- ފޮޓޯ:އިސްމާއިލް ނާއިލް ނަޝީދު

މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ  ބަންދަށް ހަތަރު ދުވަސް އިތުރު ކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

 

އެ ދެ މެމްބަރުންގެ ބަންދުގެ މުއްދަތު ހޮނިހިރު ދުވަހު އިތުރުކޮށްފައި ވަނީ އެމީހުން  ބަންދުގައި ބަހައްޓަން މީގެކުރިން އަމުރު ކޮށްފައިވާ 15 ދުވަސް ހަމަ ވުމުން އިތުރަށް ބަންދުގައި ބަހައްޓައިދޭން ފުލުހުން ކޯޓުގައި އެދުމުންނެވެ.  

 

އަމީތާއި ސައުދުގެ ބަންދަށް ހަތަރު ދުވަސް އިތުރު ކުރި ނަމަވެސް އެ ދެ މެމްބަރުންގެ ދިފާއީ ވަކީލުން ވިދާޅުވީ ފުލުހުން ކޯޓުގައި އެދުނީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓައި ދިނުމުގެ އަމުރެއް ނެރެދިނުމަށް ކަމަށެވެ.  

 

" އެހެން ނަމަވެސް އެ ފަރާތްތަކުގެ ވާހަކަތަކަށް ބައްލަވާ ފަނޑިޔާރު ނިންމެވީ އެގޮތަށް ބަންދުގައި ބެހެއްޓެން ނެތް ކަމަށް. އަދި މައްސަލަ ޕީޖީއަށް ވެސް ފޮނުވާފައިނުވާތީއާ އެއްކޮން ހަތަރު ދުވަހުގެ މުއްދަތައް ބަންދު ކުރުމަށް. އަދި އެއާއެކު އަމުރު ކުރެއްވި މި މުއްދަތުގެ ތެރޭގައި މައްސަލަ ޕީޖީ އަށް ފޮނުވަން،" އަމީތުގެ ދިފާއީ ވަކީލް އަލީ ޒާހިރު ވިދާޅުވި އެވެ.

 

އަމީތު ހައްޔަރު ކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ 27 ވަނަ ދުވަހުގެ ރެ އެވެ. އޭނާ ހައްޔަރު ކުރީ ގޭގައި ހުންނަވަނިކޮށް ފުލުހުން އެގެއަށް ގޮހެވެ.

 

އަމީތު ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައި ބުނެފައިވަނީ، ހައްޔަރުކުރުމަށް އަމުރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނޫން ކަމަށް ރައްޔިތުންގެ މަޖިލީޙުންކަނޑައަޅާފައިވާ ބަޔަކު، ފުލުހުންގެ ސަފުތައް ފަޅާލައިރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަދެވަޑައިގެންފައި ވާތީ އެވެ.

 

ސައުދު ހައްޔަރު ކޮށްފައިވަނީ އޭނާ ހޯދުމަށް ފުލުހުން އިއުލާން ކުރުމުން އަމިއްލައަށް ފުލުސް އޮފީހަށް ހާޒިރުވުމުންނެވެ. އޭނާގެ މައްޗަށް ވެސް ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ނޫން ގޮތުގައި ހުންނަވަ އި މަޖިލީހުގެ އިދާރާއަށް ވަދެވަޑައިގަތުމެވެ.

 

މިމަހުގެ 24 ވަނަ ދުވަހު ފުލުހުންގެ ސަފުތައް ފަޅާލައި މަޖިލީހުގެ އިދާރާއަށް ވަން ކަމަށް ބުނެ މަޖިލީހުގެ އިދިކޮޅު ބައެއް މެންބަރުން ދަނީ ފުލުސް އޮފީހަށް ހާޒިރު ކުރަމުންނެވެ.

 

އަމީތާއި ސައުދުގެ އިތުރުން ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް ވެސް ވަނީ ހައްޔަރު ކޮށްފަ އެވެ. އޭނާގެ ބަންދަށް ވެސް 15  ދުވަސް ހަމަވުމުން އިތުރު ހަތަރު ދުވަސް ވަނީ އިތުރު ކޮށްފަ އެވެ.  ސައުދާއި އަމީތުގެ އިތުރުން ވަހީދުގެ ބަންދަށް 15 ދުވަސް އިތުރު ކޮށްފައިވާ މައްސަލަ  ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު އަމީތާއި ސައުދުގެ އަޑުއެހުންތައް ވަނީ ފަށާފަ އެވެ.

 

 

 

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ