14 ޑިސެންބަރު 2017 | ބުރާސްފަތި | 5 މުލަ

އިސްކޯ ވެސް ރެއާލްގެ އެއްބަސްވުން އާ ކޮށްފި

  • އިސްކޯ ހޯދުމަށް ގިނަ ކުލަބުތަކަކުން ޝައުގުވެރިވޭ
  • އިސްކޯގެ މުސާރަ އަށް ހަފުތާއަކު 105000 ޕައުންޑް ލިބިގެން ދާނެ

| | | @A_HaNnAAn_M | |



އިސްކޯ:ބޯލަހޯދުމަށް މަސައްކަތް ކުރަނީ -- ފޮޓޯ:ގޫގުލް

ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުންއަންނަ ސްޕެއިން އެޓޭކިން މިޑްފީލްޑާ އިސްކޯ ރެއާލް މެޑްރިޑާއެކު ހަދާފައިވާ އެއްބަސްވުން އާ ކޮށްފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނެފައިވާ ގޮތުން އިސްކޯގެ އެއްބަސްވުން އާކޮށްފައި ވަނީ ފަސް އަހަރު ރެއާލްގައި މަޑު ކުރުމަށެވެ. އެގޮތުން 2022 ވަނަ އަހަރާ ހަމައަށް އިސްކޯ ރެއާލްގައި މަޑުކުރާނެ ކަމަށް ރިޕޯޓްތައް  ބުނެއެވެ.

ރެއާލް އާއި އެކު އިސްކޯ ފަސްއަހަރު ދުވަހުގެ  އެެއްބަސްވުމެއްގެ ދަށުން ސޮއި ކޮށްފައިވާއިރު ރިޕޯޓްތައް ބުނާގޮތުން އިސްކޯ އެއްބަސްވުމުގައި ސޮއިކުރީ މިހާރު ލިބޭ މުސާރައަށް ވުރެ ދެގުނަ ބޮޑު މުސާރައެއް ލިބޭ ގޮތަށެވެ.  އެގޮތުން މި އާ އެއްބަސްވުމުގެ ދަށުން، އިސްކޯގެ މުސާރަ އަށް ހަފުތާއަކު 105000 ޕައުންޑް ލިބިގެން ދާނެ ކަމަށް ވެސް ރިޕޯޓްތައް  ބުނެއެވެ.

 އެހެން ޓީމަކުން އިސްކޯ ގެންދަން ބޭނުން ނަމަ ގެންދަން ޖެހޭނީ ބޮޑު އަދަދެއް ރެއާލްއަށް ހުށަހަޅައިގެންނެވެ. އެގޮތުން އެހެން ޓީމަކުން އިސްކޯ ގެންދަން ބޭނުންވެއްޖެނަމަ އޭނާގެ އެއްބަސްވުން ބާތިލު ކުރެވޭނީ 700 މިލިއަން ޔޫރޯ ރެއާލްއަށް ދެއްކުމަށް ފަހުގައެވެ.

އިސްކޯ އިން ރެއާލްގެ އެއްބަސްވުން އާކުރިއިރު އޭނާ ހޯދުމަށް ޗެލްސީ، ޔުވެންޓަން އަދި ސިޓީން ވެސް މަސައްކަތް ކުރަމުންގެންދާކަމަށް ރިޕޯޓްތައް ބުނެއެވެ.

2013 ވަނަ އަހަރު މަލާގާއިން ރެއާލް އަށް ބަދަލުވި  އިސްކޯ ވަނީ މިހާތަނަށް ރެއާލްއަށް 127 މެޗު ކުޅެދީ 25 ގޯލް ޖަހައިދީފައެވެ. އިސްކޯ އަންނަނީ ރެއާލްގައި މޮޅުކުޅުމެއް ދައްކަމުންނެވެ.

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ