18 އޯގަސްޓު 2017 | ހުކުރު | މާ 08

ޑެމްބެލޭގެ ސޮއި ހޯދުުމުގެ ރޭހަށް ރެއާލް މެޑްރިޑް.؟

  • ޕްރެކްޓިހަށް ނުނިކުތް މައްސަލާގައި ޑެމްބެލޭ މިހާރު ހުރީ ސަސްޕެންޑު ކޮށްފައި

| | | @A_HaNnAAn_M | |



ޑެމްބެލޭ: ގިނަ ކުލަބުތަކަކުން ޝައުގުވެރިވާ ކުޅުންތެރިއެއް. -- ފޮޓޯ:ގޯލް.ކޮމް

 

ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ފޯވާޑް އޮސްމާނޭ ޑެމްބެލޭގެ ސޮއި ހޯދުމުގެ ރޭހަށް ސްޕެއިން އަދި ޔޫރަޕްގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ވެސް ބައިވެރި ވުމަށް ތައްޔާރު ވެއްޖެއެވެ.

ކެޓަލަންގެ ބްރޯޑްކާސްޓަރ އާރްއޭސީ 1 އާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން ރެއާލުން ބޭނުން ވަނީ، އުމުރުން 20 އަހަރުގެ ފްރާންސް ތަރި، ބާސާއަށް ދިއުން ހުއްޓުވުމަށެވެ.

ޒުވާން ފޯވާޑް ޑެމްބެލޭ ސްޕެއިންގެ ބާސެލޯނާއާ ގުޅެން އުޅޭކަމުގެ އަޑުތައް މީޑިއާގައި ގަދަވެފައިވާ މި ދަނޑިވަޅުގައި ރެއާލްއިން އެ ރޭހުގައި ބައިވެރިވާން ތައްޔާރުވަމުން ދާކަމުގައި މީޑިއާ ރިޕޯޓްތަށް ބުނާއިރު

މިދިޔަ ހަފްތާ ބުރާސްފަތި ދުވަހު ޑޯޓްމަންޑުން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގައި ޑެމްބެލޭ ބައިވެރިވެފައެއް ނުވެއެވެ. ރިޕޯޓްތައް ބުނާގޮތުން ޑޯޓްމަންޑުން ޑެންބެލޭ ބާސާއަށް ދޫކުރަން ދެކޮޅުހެދިކަމުގައި ވީނަމަވެސް އޭނާހުރީ ބާސާއަށް ދާން ބޭނުންވެފައެވެ. އެހެންވެސް ޑެމްބެލޭ ދޯޓްމަންޑުގެ ފަރިތަކުރުންތަކުގައި ބައިވެރި ނުވީކަމަށް ވެސް މި ރިޕޯޓްގައި ވަނީ ތުހުމަތު ކޮށްފައެވެ.

ޑޯޓްމަންޑުގެ ފަރިތަކުރުންތަކުގައި ޑެމްބެލޭ ބައިވެރިވެފައި ނުވާ މަސައްލަ ޑޯޓްމަންޑުން މިހާރު ވަނީ ބެލުމަށް ފަހު  އެކަމާ އޭނާ ސަސްޕެންޑް ކޮށްފައެވެ.

ރިޕޯޓްތައް ބުނާގޮތުން ރެއާލްއިން މިހާރުވަނީ ޑޯޓްމަންޑާއި ވާހަކަ ވެސް ދައްކާފައެވެ. އެގޮތުން ރެއާލްގެ ޕްރެޒިޑެންޓް ފްލޮރެންޓީނޯ ޕެރޭޒް ވަނީ ޑެމްބެލޭ ޑޯޓްމަންޑު ދޫކޮށް އިތުރު ކުލަބަކަށް ދާނަމަ ރެއާލްއަށް އޭނާ ދޫކޮށް ދިނުމަށް ވެސް އެދިފައެވެ. މި ރިޕޯޓް ބުނާގޮތުން ރެއާލްގެ ޕްރެޒިޑެންޓް ފްލޮރެންޓީނޯ ޕެރޭޒް މިކަމަށް އެދިފައި ވަނީ  ޑޯޓްމަންޑުގެ ރައީސް ރީންހާޑް ރައުބަލްގެ ކިބައިންނެވެ.

ރެއާލްއިން ވެސް މިހާރު ދަނީ ޑެމްބެލޭ ހޯދުމަށް ޑޯޓްމަންޑަށް ބިޑެއް ހުށައެޅުމަށް ތައްޔާރުވަމުން ކަމުގައި ރިޕޯޓުތައް  ބުނެއެވެ.

ނޭމާ ޕީއެސްޖީއަށް ދާދި ފަހުން ބަދަލުވެފައިވާއިރު ނޭމާ ނެތްތަން ފޫބެއްދުމަށްޓަކައި ބާސާއިން ކުޅުންތެރިއަކު ހޯދުމަށް މަސައްކަތް ކުރަމުންގެންދާއިރު އެޓީމުން އެންމެ ބޮޑަށް ބޭނުންވެގެން މަސައްކަތް ކުރާ އެއްކުޅުންތެރިއަކީ ޑެމްބެލޭއެވެ.

 

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


ކޮސް ވެއްޖެ

އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ