16 ޖުލައި 2018 | ހޯމަ | 03 ފުސް
03 ޛުލްޤަޢިދާ 1439
އިޝާ 19:41
މަޣްރިބް 18:24
އަސްރު 15:38
މެންދުރު 12:16
އިރުއަރާ 06:00
ފަތިސް 04:43

ކުޅިވަރު

ޒިދާން ރެއާލްގެ އެއްބަސްވުން އާ ކޮށްފި: ރިޕޯޓް

  • ޒިދާން ވަނީ ރެއާލް އަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފަ
  • ޗެމްޕިއަންސް ލީގު ދެފަހަރު، އަދި ޔޫއެފާ ސުޕަކަޕްވެސް ވަނީ ކާމިޔާބު ކޮށްދީފަ
އަބްދުލް ހަންނާން މުހައްމަދް | @A_HaNnAAn_M

| 12 އޯގަސްޓު 2017 | ހޮނިހިރު 14:32 | |

މަގުބޫލް

  1. ސުޕަރ އޯވަރަށް ނުކުންނަވައި، އިބޫ އާއި ފައިސަލް ޖެއްސެވީ ހަޔަކަށް!
  2. ޒުވާނުންގެ ޓްވީޓާއެކީ ޝަހީމް ހޫނުފެނަށް ، އެންމެފަހުން ޓްވީޓް ޑިލީޓް ކުރައްވައިފި
  3. ކެމްޕެއިން ދަތުރުތައް މެދުކަނޑާލެއްވުމަށް ފަހު، އިބޫ ރާއްޖެ އިން ބޭރަށް ވަޑައިގަންނަވަނީ
  4. ޓްރަމްޕް އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅާއި އޮބާމާގެ 2011 ވަނަ އަހަރުގެ ދަތުރުފުޅު: ރާނީ ކަންތައް ކުރެއްވީ ވަރަށް ތަފާތުކޮށް
  5. ރާއްޖެއަށް ފިޔަވަޅު އަޅައިފި ނަމަ ގެއްލުން ވާނީ އީޔޫއަށް: ޖަމީލް އުސްމާން
  6. ނޮވެމްބަރު 17ގައި ހުރިހާ ސިޔާސީ ލީޑަރުން މިނިވަން ވެގެންދާނެ: އިބޫ
  7. ދިވެހި ސަރުކާރުގެ ބައެއް ވެރިންނާމެދު އީޔޫއިން ދަތިކުރުމުގެ ފިޔަވަޅު އަޅަނީ
  8. ޖަލުގައިދޭ ޚިދުމަށް ރަނގަޅު ކުރާކަށް ބޭނުމެއް ނޫން: ނަވާޒް ޝަރީފުގެ ދަރިކަނބަލުން


ޒިދާން: ރެއާލް މެޑްރިޑަށް އިރުޝާދު ދެނީ -- އޭއެފްޕީ

ރެއާލް މެޑްރިޑްގެ ކާމިޔާބު ކޯޗް ޒައިނުއްދީން ޒިދާންގެ އެއްބަސްވުން ރެއާލް މެޑްރިޑާ އެކު އާ ކޮށްފި ކަމަށް ސްޕެއިންގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

 

ސްޕެއިންގެ މީޑިއާއިން ބުނާ ގޮތުން ރެއާލް މެޑްރިޑުގެ އެއްބަސްވުން ޒިދާން އާކުރީ އިތުރު ތިން އަހަރު ރެއާލްގައި މަޑުކުރާ ގޮތަށެވެ. އެހެން ކަމުން 2020 ވަނަ އަހަރާ ހަމައަށް ރެއާލްގައި ޒިދާން މަޑުކުރާނެ ކަމަށް މި ރިޕޯޓްގައި ބުނެފައި ވެއެވެ.

 

ޒިދާން ސޮއި ކުރި ކަމަށް ސްޕއެިންގެ މީޑިއާތައް ބުނި ނަމަވެސް އެ ކުލަބުން އެކަން ރަސްމީކޮށް އަދި ހާމަކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް ރިޕޯޓް ބުނާ ގޮތުން ރެއާލުން ޒިދާންގެ ކޮންޓްރެކްޓް އާ ކުރި ވާހަކަ އިއުލާން ކުރާނީ ސްޕެނިޝް ލީގް އާ ސީޒަން ފެށުމުންނެވެ.

 

ސްޕެއިންގެ މަޝްހޫރު ކުޅިވަރު ނޫހެއް ކަމުގައިވާ "އޭއެސް" އިން ރިޕޯޓް ކުރާ ގޮތުގައި ޒިދާންގެ އެއްބަސްވުން ރެއާލްއާ އެކު އާކުރީ ކުރިޔަށް ވުރެ ޒިދާންގެ މުސާރަ ދެގުނަ ބޮޑުކޮށެވެ. އެގޮތުން ޒިދާން އަށް މުސާރައިގެ ގޮތުގައި މިހާރު ލިބެނީ އަހަރަކު 4.35 މިލިއަން ޔޫރޯ ކަމަށާއި އެހެން ނަމަވެސް މި އެއްބަސްވުމުގެ ދަށުން، ޒިދާންގެ މުސާރަ އަހަރަކު އަށް މިލިއަން ޔޫރޯ އަށް ބޮޑުވެގެން ދާނެއެވެ.

 

ޒިދާން ވަނީ  ރެއާލްގެ ކޯޗުކަމާ ހަވާލުވި ފަހުން މިހާތަނަށް ރެއާލް އަށް ހަ ތަށި ހޯދައިދީފައެވެ. އެގޮތުން ޔޫއެފާ ޗެމްޕިއަންސް ލީގު ދެ ފަހަރު ސްޕެނިޝް ލީގު އެއްފަހަރު އަދި ކުލަބު ވޯލްޑްކަޕް ދެފަހަރު އަދި ޔޫއެފާ ސުޕަކަޕް އެއްފަހަރު ރެއާލްއަށް ހޯދައިދީފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް