16 ޖުލައި 2018 | ހޯމަ | 03 ފުސް
03 ޛުލްޤަޢިދާ 1439
އިޝާ 19:41
މަޣްރިބް 18:24
އަސްރު 15:38
މެންދުރު 12:16
އިރުއަރާ 06:00
ފަތިސް 04:43

އުމަރު ނަސީރު

ރައީސް ޔާމީނާ ޚިޔާލުތަފާތުވުމަކީ ޖަލަށް ލާންޖެހޭ ސަބަބެއް ނޫން: އުމަރު

  • ގޮންޖެހުންތަކަށް އޮތް ހައްލަކީ މެންބަރުން ހައްޔަރުކުރުމެއް ނޫން
  • މަޖިލިސް ނުބޭއްވުމަކީ ވެސް ހައްލެއް ނޫން
  • އެންމެ ރަނގަޅު ހަތިޔާރަކީ އަދުލުވެރިކަމުގެ ދަންމަރު
އަޒުމޫން އަހުމަދު | azmoon_ahmed

| 12 އޯގަސްޓު 2017 | ހޮނިހިރު 14:17 | |

މަގުބޫލް

  1. ސުޕަރ އޯވަރަށް ނުކުންނަވައި، އިބޫ އާއި ފައިސަލް ޖެއްސެވީ ހަޔަކަށް!
  2. ޒުވާނުންގެ ޓްވީޓާއެކީ ޝަހީމް ހޫނުފެނަށް ، އެންމެފަހުން ޓްވީޓް ޑިލީޓް ކުރައްވައިފި
  3. ކެމްޕެއިން ދަތުރުތައް މެދުކަނޑާލެއްވުމަށް ފަހު، އިބޫ ރާއްޖެ އިން ބޭރަށް ވަޑައިގަންނަވަނީ
  4. ޓްރަމްޕް އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅާއި އޮބާމާގެ 2011 ވަނަ އަހަރުގެ ދަތުރުފުޅު: ރާނީ ކަންތައް ކުރެއްވީ ވަރަށް ތަފާތުކޮށް
  5. ރާއްޖެއަށް ފިޔަވަޅު އަޅައިފި ނަމަ ގެއްލުން ވާނީ އީޔޫއަށް: ޖަމީލް އުސްމާން
  6. ނޮވެމްބަރު 17ގައި ހުރިހާ ސިޔާސީ ލީޑަރުން މިނިވަން ވެގެންދާނެ: އިބޫ
  7. ދިވެހި ސަރުކާރުގެ ބައެއް ވެރިންނާމެދު އީޔޫއިން ދަތިކުރުމުގެ ފިޔަވަޅު އަޅަނީ
  8. ޖަލުގައިދޭ ޚިދުމަށް ރަނގަޅު ކުރާކަށް ބޭނުމެއް ނޫން: ނަވާޒް ޝަރީފުގެ ދަރިކަނބަލުން


ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު -- ގޫގުލް

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ހައްލަކީ މަޖިލިސް މެންބަރުން ހައްޔަރުކުރުމާއި މަޖިލިސް ހުއްޓުމަކަށް ގެނެއުން ނޫން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތައް ހައްޔަރުކުރަމުންދާ ދިއުމާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، ރައީސް ޔާމީނުގެ ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރު އޭނާގެ ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މަޖިލިސް މެންބަރުން މިނިވަން ކުރުމަށް ގޮވާލައްވާފަ އެވެ. އެ ޕޯސްޓް ކުރައްވާފައި ވަނީ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިނާއި، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް އާއި، މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ އިތުރުން ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމްގެ ފޮޓޯއަކާއެކު އެވެ.

އުމަރު ވިދާޅުވީ އެ ބޭފުޅުންނަކީ ޕީޕީއެމް އަށް ނުހަނު ގިނަ ގުރުބާނީތަކެއް ވެލައްވާފައިވާ ޕާޓީގެ ބޮޑެތި ޚިދުމަތްތެރިން ކަމަށެވެ. އެގޮތުން ޕީޕީއެމް ވެރިކަމަށް ގެނެއުމަށާއި، ރައީސް ޔާމީންގެ ވެރިކަން ކުރިއެރުވުމަށް އެތަކެއް ގުރުބާނީތަކެއް އެބޭފުޅުން ވެލައްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އުމަރު ވިދާޅުވި ގޮތުގައި ރައީސް ޔާމީނާ ޚިޔާލުތަފާތުވުމަކީ އެފަދަ ބޭފުޅުންތަކެއް ޖަލުގައި ތިބެންޖެހޭ ސަބަބެއް ނޫނެވެ. އުމަރު ވަނީ އެ މެންބަރުންނާ މެދު އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދިއުމަށް ސަރުކާރާއި ޕްރޮސެކިއުޓަރ ޖެނެރަލްއަށް އިލްތިމާސް ކުރައްވާފަ އެވެ.

އިތުރަށް އުމަރު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރަށް މަޖިލީހުގެ ތެރެއިން ކުރިމަތިވެފައިވާ ސިޔާސީ ގޮންޖެހުންތަކުގެ ހައްލަކީ މަޖިލިސް މެންބަރުން ހައްޔަރު ކުރުން ނޫން ކަމަށާއި އަދި މަޖިލިސް ނުބޭއްވުމެއް ވެސް ނޫން ކަމަށެވެ. އުމަރު ވިދާޅުވީ އެކަމުގެ ސަބަބުން ރޫޅިގެންދަނީ ދުސްތޫރީ ނިޒާމު ކަމަށާއި އަދި ގެއްލިގެން ދަނީ ރައްޔިތުންގެ ފަރާތުން ވެރިކަމަށް އޮންނަން ޖެހޭ އިތުބާރާއި ޔަގީންކަން ކަމަށެވެ.

އުމަރު ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލުމަށް އޮތް އެންމެ ރަނގަޅު ހަތިޔާރަކީ އަދުލުވެރިކަމުގެ 'ދަންމަރު' ކަމަށާއި އެ "ދަންމަރު" އުފުލައިފި ވެރިއެއްގެ އަތުން ގެއްލޭނެ އެއްވެސް އެއްޗެއް ނޯންނާނެ ކަމަށެވެ.

މިއީ ބަންދުކޮށްފައި ތިބި އިދިކޮޅު މެންބަރުންތައް ދޫކޮށްލުމަށް އުމަރު ގޮވާލެއްވި ފުރަތަމަ ފަހަރެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ޙާމިދު

11 މަސް ކުރިން

prosecutor General akah ehera meehakee Yaameen ge gon'di kokko eh. Qiyaamaiy dhuvahah vure eynaa birugannanee Yaameen dheke.

0
0