16 ޖުލައި 2018 | ހޯމަ | 03 ފުސް
03 ޛުލްޤަޢިދާ 1439
އިޝާ 19:41
މަޣްރިބް 18:24
އަސްރު 15:38
މެންދުރު 12:16
އިރުއަރާ 06:00
ފަތިސް 04:43

ކުޅިވަރު

މާދަމާ ރޭ ގެއިންގަމްޕްއާ ދެކޮޅަށް ޕީއެސްޖީން ކުޅޭ މެޗުގައި ނޭމާ ކުޅޭނެ

  • ނޭމާ ޕީއެސްޖީއަށް ބަދަލުވީ ދުނިޔޭގެ ރިކޯޑު ފީއެއް ކަމަށްވާ 222 މިލިޔަން ޔޫރޯ އަށް
އަބްދުލް ހަންނާން މުހައްމަދް | @A_HaNnAAn_M

| 12 އޯގަސްޓު 2017 | ހޮނިހިރު 13:54 | |

މަގުބޫލް

  1. ސުޕަރ އޯވަރަށް ނުކުންނަވައި، އިބޫ އާއި ފައިސަލް ޖެއްސެވީ ހަޔަކަށް!
  2. ޒުވާނުންގެ ޓްވީޓާއެކީ ޝަހީމް ހޫނުފެނަށް ، އެންމެފަހުން ޓްވީޓް ޑިލީޓް ކުރައްވައިފި
  3. ކެމްޕެއިން ދަތުރުތައް މެދުކަނޑާލެއްވުމަށް ފަހު، އިބޫ ރާއްޖެ އިން ބޭރަށް ވަޑައިގަންނަވަނީ
  4. ޓްރަމްޕް އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅާއި އޮބާމާގެ 2011 ވަނަ އަހަރުގެ ދަތުރުފުޅު: ރާނީ ކަންތައް ކުރެއްވީ ވަރަށް ތަފާތުކޮށް
  5. ރާއްޖެއަށް ފިޔަވަޅު އަޅައިފި ނަމަ ގެއްލުން ވާނީ އީޔޫއަށް: ޖަމީލް އުސްމާން
  6. ނޮވެމްބަރު 17ގައި ހުރިހާ ސިޔާސީ ލީޑަރުން މިނިވަން ވެގެންދާނެ: އިބޫ
  7. ދިވެހި ސަރުކާރުގެ ބައެއް ވެރިންނާމެދު އީޔޫއިން ދަތިކުރުމުގެ ފިޔަވަޅު އަޅަނީ
  8. ޖަލުގައިދޭ ޚިދުމަށް ރަނގަޅު ކުރާކަށް ބޭނުމެއް ނޫން: ނަވާޒް ޝަރީފުގެ ދަރިކަނބަލުން


ނޭމާ ޕީއެސްޖީގެ 10 ނަމްބަރ ޖާޖީ ދައްކާލަނީ -- ގޯލް.ކޮމް

ފްރެންޗް ލީގުގައި މާދަމާ ރޭ ގެއިންގަމްޕްއާ ދެކޮޅަށް ޕީއެސްޖީން ކުޅޭ މެޗުގައި، ދުނިޔޭގެ ރިކޯޑު އަގެއް ކަމަށްވާ 222 މިލިއަން ޔޫރޯ އަށް އެ ކްލަބާ ދާދިފަހުން ގުޅުނު، ނޭމާއަށް ކުޅެވޭނެކަން ކަށަވަރުވެއްޖެއެވެ.

މިކަން މީޑިއާއަށް ކަށަވަރު ކޮށްދެމުން ޕީއެސްޖީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސްޕެއިން ފުޓްބޯޅަ އިދާރާއިން ދޭންޖެހޭ އިންޓަރނޭޝަންލް ޓްރާންސްފާ ސެޓްފިކެޓްގެ ލިޔުން މިހާރު ލިބިފައިވާ ކަމަށާއި ކުރިން މެޗުގައި ނޭމާއަށް ނުކުޅެވުނީ މި ލިޔުން ނުލިބޭތީ ކަމަށެވެ. އެހެން ކަމުން މާދަމާރޭގެ މެޗުގައި ނޭމާ ފެނިގެންދާނެ ކަމަށް ޕީއެސްޖީން ވަނީ ޔަގީން ކޮށްދީފައެވެ.

" ކުރިން މެޗުގައި ނޭމާއަށް ކުޅެވޭ ގޮތް ނުވީ ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން ނޭމާގެ ޓްރާންފާއާ ގުޅިގެން ފޮނުވަންޖެހޭ އިންޓަނޭޝަނަލް ޓްރާންސްފާ ސެޓްފިކެޓްގެ ލިޔުން ނުލިބިގެން. މިހާރު އެ ލިޔުން  ވަނީ ލިބިފަ. މާދަމާ ރޭ ގުޓެމްޕް އާ ދެކޮޅަށް ނޭމާ ކުޅޭނެ،" ޕީއެސްޖީން ބުނެފައި ވެއެވެ.

މިކަމާ ގުޅިގެން ޕީއެސްޖީގެ ކޯޗު އުނާއި އެމްރޭ ވެސް ބުނެފައިވަނީ މާދަމާ ރޭގެ މެޗުގައި ކުޅުމަށް ނޭމާ ހުރީ ރަނގަޅަށް ތައްޔާރުވެފައި ކަމަށާއި ނަމަވެސް އެ މެޗުގެ ފުރަތަމަ އެގާރަގައި ނޭމާ ހިމެނުމާ މެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށެވެ. އެހެން ނަމަވެސް މެޗުގެ ކުރިން ވަކި ގޮތެއް ނިންމާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

"މާދަމާރޭގެ މެޗަށް ނޭމާ ހުރީ ތައްޔާރުވެފަ. އެ މެޗުގައި ނޭމާ ފެނިގެންދާނެ. އެކަން ނޭމާ ފުރަތަމަ އެގާރައިގައި ހިމަނާނެތޯ ނުވަތަ ނޫންތޯ އެނގޭނީ ފަހުން،" އެމްރޭ ބުންޏެވެ.

ފްރެންޗް ލީގުގައި މިދިޔަ ހަފްތާގައި އެމިއެންސްއާ ދެކޮޅަށް ޕީއެސްޖީން ކުޅުނު ފުރަތަމަ މެޗުގައި، ނޭމާ ކުޅެފައެއް ނުވެއެވެ. އެ މެޗުގައި ނޭމާއަށް ކުޅެވޭ ގޮތް ނުވީ މި ދެންނެވި އިންޓަނޭޝަނަލް ޓްރާންސްފާ ސެޓްފިކެޓް ލިޔުން ސްޕެއިންގެ ފުޓްބޯޅަ އިދާރާއިން، ފްރާންސްގެ ފުޓްބޯޅަ އިދާރާއަށް ފޮނުވާފައި ނުވާތީއެވެ.

ނަމަވެސް ފްރާންސްގެ ފުޓްބޯޅަ އިދާރާއިން އިއްޔެ ވަނީ، މި ލިޔުން މިހާރު ލިބިފައިވާ ކަމަށް ބުނެފައެވެ. އަދި އެއާ އެކު ޕީއެސްޖީއަށް ކުޅުމުގެ ހުއްދަ ވެސް ނޭމާއަށް ވަނީ ލިބިގެން ގޮސްފައެވެ.

ތިން ސީޒަން ބާސާގައި ހޭދަކުރުމަށްފަހު ނޭމާ ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވީ ދުނިޔޭގެ ރިކޯޑު އަގަކަށް ކަމަށްވާ 222 މިލިޔަން ޔޫރޯ އަށެވެ. މިއާއެކު ނޭމާ މިހާރު ވަނީ ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިއާގެ ގޮތުގައި ބެލެވިފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް