21 ފެބުރުއަރީ 2018 | ބުދަ | ހިޔަވިހާ 8

އަސްކަރީ ފިޔަވަޅު ހިމެނޭގޮތުން ވެނެޒުއޭލާއަށް އަޅާނެ ފިޔަވަޅުތައް އެބަހުރި: ރައީސް ޓްރަމްޕް

  • ވެނެޒުއޭލާ އާއި އެމެރިކާގެ ގުޅުން ވަނީ ވަރަށް ގޯސްވެފައި
އަހުމަދު އަނޫޝު | IamAhmedAnoosh

| 12 އޯގަސްޓު 2017 | ހޮނިހިރު 13:34 | |ރައީސް ޓްރަމްޕް -- ބީބީސީ

ވެނެޒުއޭލާގައި ހިނގާ ޑިމޮކްރަސީއާ ހިލާފު ކަންކަމާ ގުޅިގެން އެކަމުގެ ޖަވާބުގައި އެމެރިކާ އިން އަދި ވަކި ފިޔަވަޅެއް އަޅަން ސީދާ ނުނިންމާ ކަމަށާއި އަސްކަރީ ފިޔަވަޅު ހިމެނޭ ގޮތުން ހުރިހާ ފިޔަވަޅުތަކާ ދޭތެރޭ ވިސްނަމުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. 

ރައީސް ޓްރަމްޕް ހުކުރު ދުވަހު ރިޕޯޓަރުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅާއި ގުޅިގެން ވެނެޒުއޭލާގެ ޑިފެންސް މިނިސްޓަރު ވިދާޅުވީ ރައީސް ޓްރަމްޕް ވެނެޒުއޭލާ އަށް އަސްކަރީ ފިޔަވަޅު އެޅުމާ ބެހޭ ވާހަކަ ދެއްކުމަކީ "މޮޔަ ކަމެއް" ކަމަށާއި އަދި އެއީ "އާދަޔާ ހިލާފަށް ކަންކަން ހައްދުފަހަނައަޅައި ދިއުން ކަމަށެވެ."

ވެނެޒުއޭލާގައި ހިނގަމުންދާ ހަލަބޮލި ކަމާއި ގުޅިގެން އިދިކޮޅު ލީޑަރުން ހައްޔަރު ކުރަމުން ދާތީ އެމެރިކާ އިން ވަނީ ދާދިފަހުން ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ އަށާއި މިހާރާއި އަދި ކުރީގެ އެގައުމުގެ ބައެއް އޮފިޝަލުންނަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. 

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ބައްދަލު ކުރައްވަން ބޭނުންފުޅުވާ ކަމަށް ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ ދާދިފަހުން ވަނީ ވިދާޅުވެފައެވެ. ވެނެޒުއޭލާގެ ގާނޫނު އަސާސީ އަލުން އެކުލަވާލުމަށްޓަކައި އިފްތިތާހް ކުރި އާ މަޖިލީހުގައި ދެއްވި ތަގުރީރެއްގައި ރައީސް މަޑޫރޯ ވިދާޅުވީ މިއަންނަ މަހު ނިއު ޔޯކްގައި އޮންނަ އދ ގެ ޖެނެރަލް އެސަމްބްލީ ގައި ދެބޭފުޅުން ބައްދަލުވެވަޑައިގެން ވާހަކަފުޅު ދައްކަވަން ބޭނުފުޅުވާ ކަމަށާއި، ވެނެޒުއޭލާ އާ މެދު ރައީސް ޓްރަމްޕް ޝައުގު ހުރި ނަމަ އެމަނިކުފާނު ހުންނެވީ ތައްޔާރަށް ކަމަށެވެ. އެހެންނަމަވެސް އެމެރިކާގެ ވައިޓް ހައުސް އިން ބުނެފައި ވަނީ ރައީސް މަޑޫރޯގެ ދައުވަތު ގަބޫލު ނުކުރާ ކަމަށާއި ގައުމުގައި ފުރަތަމަ ޑިމޮކްރަސީ އަށަގަންނުވަން ޖެހޭ ކަމަށެވެ. 

ވެނެޒުއޭލާގައި ގާނޫނު އަސާސީ އަލުން އެކުލަވާލުމަށް ރައީސް މަޑޫރޯ މަސައްކަތްޕުޅު ކުރައްވާތީ ގައުމު ވަނީ ވަރަށް ހަލަބޮލިވެފައެވެ. އަދި ބައިނަލްއަގްވާމީ ގޮތުން އެގައުމުގެ ސަރުކާރަށް ދަނީ  ފާޑުކިޔުން އަމާޒުވަމުންނެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް