18 އޯގަސްޓު 2017 | ހުކުރު | މާ 08

ވޭތުވެދިޔަ އެއް އަހަރު ތެރޭ އަނިޔާ ކުރުމާ ގުޅޭ 30 މައްސަލައެއް ހުށަހެޅުނު: އެޗްއާރުސީއެމް

  • ޓޯޗާ ކުރުމާ ގުޅޭ ގޮތުން ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން ތަހުގީގުކޮށް ނިންމާފައި ވަނީ 29 މައްސަލަ
  • ޓޯޗާ ކުރި ކަމަށް ސާބިތުވެފައި ވަނީ އެއް މައްސަލަ
  • ސާބިތުވި މައްސަލާގައި ދައުވާ ކޮށްދިނުމަށް އެދި މައްސަލަ ވަނީ ޕީޖީ އަށް ފޮނުވާފައި

| | | sahubaan | |



މުޒާހަރާއެއްގެ ތެރެއިން ފުލުހުން މީހަކު ހައްޔަރު ކުރަނީ -- ފޮޓޯ:މުހައްމަދު ޝަރުހާން

އެންޓި ޓޯޗާ ގާނޫނުގެ ދަށުން ޖުލައި 1،  2016 އިން ފެށިގެން 30 ޖޫން 2017 އާ ހަމައަށް ޓާޗާ ކުރުމުގެ 30 މައްސަލައެއް ހުށަހެޅިފައިވާ ކަމަށް ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފިއެވެ.

އެޗްއާރުސީއެމް އިން ނެރުނު މިއަހަރުގެ އެންޓި ޓޯޗާ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ޓޯޗާއާ ގުޅިގެން ކޮމިޝަން އަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ހައްޔަރު ކުރުމުގެ ތެރޭގައި ޓޯޗާ ކުރި ކަމަށް ބުނެ ހުށަހެޅިފައިވާ ފަސް މައްސަލަ އާއި ބަންދުކޮށްފައި ހުރި މަރުކަޒުގައި ޓޯޗާ ކުރި ކަމަށް ބުނެ ހުށަހެޅިފައިވާ 24 މައްސަލަ އާއި ހާދިސާއަކާ ގުޅިގެން އެކަމުގައި ޝާމިލްވާ ފަރާތްތައް ކޮންޓްރޯލް ކުރުމުގެ ތެރޭގައި ޓޯޗާ ކުރި ކަމަށް ބުނެ ހުށަހެޅިފައިވާ އެއް މައްސަލައެވެ.

ކޮމިޝަންގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މި މުއްދަތުގެ ތެރޭގައި ޓޯޗާގެ އަމަލު ހިންގި ކަމަށް ބުނެ 32 ފަރާތަކުން 30 މައްސަލަ ވަނީ ހުށަހަޅާފައެވެ. އެއީ ހައްޔަރު ކުރުމުގެ ތެރޭގައި ޓޯޗާ ކުރި ކަމަށް ބުނެ ހުށަހެޅިފައިވާ ފަސް މައްސަލައިގައި ޓޯޗާގެ އަމަލުގެ ޝިކާރައަކަށްވި ފަސް ފިރިހެނުންނާ އަދި 18 އަހަރުން ދަށުގެ ދެ ފިރިހެން ކުދިންނާއި، ބަންދުކޮށްފައި ހުރި މަރުކަޒުގައި ޓޯޗާ ކުރި ކަމަށް ބުނެ ހުށަހެޅިފައިވާ 23 މައްސަލާގައި ޓޯޗާގެ އަމަލުގެ ޝިކާރައަކަށްވި 23 މީހުންނާއި ހާދިސާއަކާ ގުޅިގެން އެކަމުގައި ޝާމިލްވާ ފަރާތްތައް ކޮންޓްރޯލްކުރުމުގެ ތެރޭގައި ޓޯޗާ ކުރި ކަމަށް ބުނެ ހުށަހެޅިފައިވާ މައްސަލައިގެ ޝިކާރައަކަށްވި 18 އަހަރުން ދަށުގެ ހަތަރު ކުދިންނެވެ.

އެޗްއާރުސީއެމް އެންޓި ޓޯޗާ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މި މުއްދަތުގެ ތެރޭގައި ކޮމިޝަނަށް ހުށަހެޅުނު ޓޯޗާއާ ގުޅުން ހުރި 30 މައްސަލަ ރައްދުވާ މުއައްސަސާތަކަކީ މޯލްޑިވްސް ޕޮލިސް ސާވިސްއާއި ކަރެކްޝަނަލް ސާވިސްއެވެ. މީގެ ެތެރެއިން މޯލްޑިވްސް ޕޮލިސް ސާވިސް އަށް 17 މައްސަލަ އެއް ރައްދުވާއިރު 13 މައްސަލަ އެއް ެައްދުވަނީ ކަރެކްޝަނަލް ސާވިސްއަށެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މި މުއްދަތުގެ ތެރޭގައި ކޮމިޝަނުން ތަހުގީގުކޮށް ނިންމާފައި ވަނީ 29 މައްސަލައެވެ. އޭގެތެރެއިން އެއް މައްސަލާގައި ޓާޗާގެ އަމަލު ހިންގާފައިވާ ކަމަށް ކޮމިޝަނުން ނިންމާފައިވާއިރު 28 މައްސަލާގައި ޓާޗށގެ އަމަލެއް ހިންގށފައި ނިވާ ކަމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ. އަދި އެ މައްސަލާގައި ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިިޔުޓާ ޖެނަރަލްގެ އޮފީހަށް މައްސަލަ ފޮނުވާފައިވާ ކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ.

އެޗްއާރުސީއެމްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ޓޯޗާގެ މައްސަލަތައް ކުރިއަށް ގެންދިއުމުގައި ދިމާވާ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ މައްސަލަ ސާވިތުކުރެވޭ ވަރަށް ހެކި ނެތުމާ، ޕޮލިސް ސްޓޭޝަންތަކާއި ޖަލުތަކުގައި ސީސީޓީވީ ގާއިމް ކުރެވިފައި ނެރުމާއި، ކަމާ ގުޅޭ ފަރާތްތަކުން ތަހުގީގަށް އެއްބާރުލުން ނުދިނުމާއި، އަތޮޅުތަކުން ހުށަހެޅޭ ބައެއް މައްސަލަތަކުގައި ކޮމިޝަންގެ ފަރާތުން ޒިޔާރަތް ކުރުމަށް އެކަށީގެންވާ ބަޖެޓް އަދި ވަސީލަތްތައް ނެތުން ފަދަ ކަންކަން ހިމެނެއެވެ.

 

 

 

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


ކޮސް ވެއްޖެ

އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ