13 ޑިސެންބަރު 2017 | ބުދަ | 4 މުލަ

އިނގިރޭސި ޕްރިމިއާ ލީގުގެ ފޯރިގަދަ ގިނަ މެޗުތަކެއް މިރޭ

  • މެޗުތައް ފެށޭނީ ލިވަޕޫލް އަދި ވެޓްފޯޑް ބައްދަލުކުރާ މެޗުން
  • 7 ޖަހާއިރު 5 މެޗެއް ކުޅެވޭނެ

| | | @A_HaNnAAn_M | |އިނގިރޭސި ޕްރިމިއާ ލީގުގެ ބައެއް މުހިންމު ކުޅުންތެރިން -- ފޮޓޯ:ގޫގުލް

އިނގިރޭސި ޕްރިމިއާ ލީގުގެ ފޯރިގަދަ ގިނަ މެޗުތަކެއް މިރޭ ވެސް ކުޅެވޭނެ އެވެ. އެގޮތުން މިއަދާއި މިރޭ ހަތް މެޗެއް ކުޅެވޭއިރު މި މެޗުތައް ފެށިގެންދާނީ މިއަދު ހަވީރު ލިވަޕޫލް އަދި ވެޓްފޯޑް ބައްދަދަލުކުރާ ފޯރިގަދަ މެޗުންނެވެ.

ޕްރިމިއާ ލީގުގެ ގިނަ މެޗުތަކެއް މިރޭ ކުޅެވޭއިރު މި ލީގުގެ ހުޅުވައިދިން ފުރަތަމަ މެޗު ވަނީ ރޭ ކުޅެފައެވެ. ލެސްޓާ ސިޓީ އަދި އާސެނަލްގެ ފޯރިގަދަ މެޗުން ޕްރިމިއާލީގުގެ އާ ސީޒަނުގެ ކުޅުން ރޭ ވަނީ ފެށިފައެވެ.

މި މެޗު 3-4 ގެ ނަތީޖާއިން ލެސްޓާގެ މައްޗަށް ކުރިހޯދާ އާސެނަލް ވަނީ ލީގުގެ ފުރަތަމަ މޮޅު ހޯދާފައެވެ.

ލީގުގެ ދެވަނަ މެޗުގައި ހަވީރު ލިވަޕޫލާއި ވޮޓްފޯޑް ބައްދަލުކުރާ އިރު މިރޭ ރާއްޖޭ ގަޑިން ހަތެއް ޖަހާއިރު ޕްރިމިއާ ލީގުގެ ފަސް މެޗެއް ކުޅެވޭނެއެވެ. އެގޮތުން ޗެލްސީ އަދި ބާންލީ ބައްދަލުކުރާ މެޗާއި ކްރިސްޓަލް ޕެލަސް އަދި ހަޑަލްސްޓައުން ބައްދަލުކުރާ މެޗާއި އެވަޓަން އަދި ސްޓޯކް ސިޓީ ބައްދަލުކުރާ މެޗާއި ސްވެންސިޓީ އަދި ސައުތެމްޕްޓަން ބައްދަލުކުރާ މެޗުގެ އިތުރުން ވެސްޓް ބްރޮމްވިޗް އަދި އޭއެފްސީ ބޯންމައުތް ބައްދަލުކުރާ ފޯރިގަދަ މެޗު ކުޅެވޭނެއެވެ.

 މީގެ އިތުރުން ބްރައިޓަންސް އަދި މެންޗެސްޓާ ސިޓީ ބައްދަލުކުރާ ފޯރިގަދަ މެޗު ވެސް މިރޭ 9:30 ގައި ކުޅެވޭނެއެވެ.

 

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ