14 ޑިސެންބަރު 2017 | ބުރާސްފަތި | 5 މުލަ

މިއަދުގެ މެޗަށް ނިކުންނައިރު ލިވަޕޫލްގެ މުހިންމު ބައެއް ކުޅުންތެރިން އަނިޔާގައި

  • ލަލާނާ، ޕިލިޕޭ ކޮޓީނިއޯ ވެސް އަނިޔާގައި

| | | @A_HaNnAAn_M | |



ލަވަޕޫލް އަދި ވެޓްފޯޑް ލޯގޯ ރަމްޒުކޮށްދޭ ފޮޓޯއެއް -- ފޮޓޯ:ގޫގުލް

އާ ސީޒަނުގެ ފުރަތަމަ މެޗަށް ވެޑްފޯޑާ ދެކޮޅަށް މިއަދު ލިވަޕޫލް ނިކުންނައިރު އެޓީމުގެ މުހިންމު ބައެއް ކުޅުންތެރިންނަށް ނުކުޅެވޭނެއެވެ.

އެހެން ނަމަވެސް މިރޭގެ މެޗަށް ވެޓްފޯޑާ ދެކޮޅަށް ލިވަޕޫލް ނިކުންނައިރު އެޓީމު އޮތީ ރަނގަޅަށް ތައްޔާރުވެފައިކަމުގައި ޔާގެން ކްލޮޕް ވަނީ ބުނެފައެވެ.

ވެޓްފޯޑާ ދެކޮޅަށް މިއަދު ހަވީރު ލިވަޕޫލް ނިކުންނައިރު އެޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ފިލިޕޭ ކޫޓީނިއޯ މިވަގުތު ހުރީ އަނިޔާގައެވެ. ޖުލައި މަހުގެ 31 ވަނަ ދުވަހު އޭނާގެ ބުރަކަށްޓަށް ލިބުނު އަނިޔާއަކަށް މިހާރު ވެސް ފަރުވާކުރަމުންގެންދާއިރު އޭނާއަށް މިއަދުގެ މެޗުގައި ކުޅެވޭނެ ކަމުގެ ޔަގީންކަން ނެތުމުގެ އިތުރުން އެޓީމުގެ މުހިންމު ކުޅުންތެރިއެއް ކަމުގައިވާ ލަލާނާއަށް ވެސް ވަނީ އަނިޔާގެ މައްސަލަ ކުރިމަތިވެފައެވެ. އެހެން ކަމުން މިއަދުގެ މެޗުގައި އޭނާއަށް ނުކުޅެވޭއިރު މިމަހުގެ އެއްވަނަ ދުވަހު ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން ޑެނިއެލް ސްޓަރިޖްއަށް ވެސް މިއަދުގެ މެޗުގައި ނުކުޅެވޭނެ ކަމަށް ވަނީ ބެލެވިފައެވެ.

އެހެން ކަމުން މިއަދުގެ މެޗުގައި ވެޑްފޯޑާ ދެކޮޅަށް ލިވަޕޫލް ނިކުންނައިރު އެޓީމަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހުމަކީ ދުރުކަމެއް ނޫނެވެ.

މިއަދު ހަވީރު ލިވަޕޫލާ ދެކޮޅަށް ނިކުންނަ ވޮޓްފޯޑުގައި ވެސް އަނިޔާގެ މައްސަލަ ބޮޑެވެ. އެގޮތުން އެޓީމުގެ ފޯވާޑް ލައިންގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ޓްރޯއީ ޑީނޭ އަނިޔާގައި ހުރުމުގެ ސަބަބުން މިއަދު މެޗުގައި އޭނާއަށް ނުކުޅެވޭނެއެވެ. މީގެ އިތުރުން ވެސް މުހިންމު ބައެއް ކުޅުންތެރިން ތިބީ އަނިޔާގައިކަން ފާހަގަކޮށްލަން ޖެހެއެވެ.

މިއަދުގެ މެޗަށް މި ދެޓީމު ނިކުންނައިރު ލިވަޕޫލަކީ ނިމިގެންދިޔަ ސީޒަނުގައި ލީގުގެ ގަދަ ހަތަރެއްގައި ހިމެނިފައިވާ ޓީމެކެވެ. ވެޓްފޯޑް ހިމެނިފައިވަނީ ލީގުގެ 17 ވަނާގައެވެ.

މިއަދުގެ މެޗަށް ނިކުންނައިރު ދެޓީމަށް ވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ. އެގޮތުން ސްކޮޑު އިތުރަށް ވަރުގަދަ ކުރުމަށް ނިމިގެންދިޔަ ޓްރާންސްފާ ބާޒާރުގައި އާ ކުޅުންތެރިންތަކެއް ވަނީ ގެނެސްފައެވެ. އެގޮތުން ރޯމާއަށް ކުޅެމުން އައި މިޑްފީލަޑަރ މޮހަމެޑް ސަލާ ލިވަޕޫލަށް ގެނެސްފައިވާއިރު ޗެލްސީގެ ފޯވާޑް ޑޮމިނިކް ސޮލާންކޭ ވެސް ވަނީ ލިވަޕޫލަށް ގެނެސްފައެވެ. މީގެ އިތުރުން ވެޓްފޯޑަށް ވެސް ވަނީ ސްކޮޑު އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ޓްރާންސްފާ ބާޒާރުގައި އާ ކުޅުންތެރިންތަކެއް ގެނެސްފައެވެ. އެގޮތުން އެޓީމާ ގުޅުނު ބައެއް ކުޅުންތެރިންގެ ތެރޭގައި ޓޮމް ކްލެވަލީ، ނެތޭނިއެލް ޗަލޯބަ ހިމެނެއެވެ.

މިއަދު ހަވީރު މި ދެޓީމު ބައްދަލުކުރާ މެޗު ފަށާނީ ރާއްޖޭގަޑިން ހަވީރު 4:30 ގައެވެ. މި މެޗު ކުޅޭނީ ވެޓްފޯޑްގެ ދަނޑުގައެވެ.

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ