16 ޖުލައި 2018 | ހޯމަ | 03 ފުސް
03 ޛުލްޤަޢިދާ 1439
އިޝާ 19:41
މަޣްރިބް 18:24
އަސްރު 15:38
މެންދުރު 12:16
އިރުއަރާ 06:00
ފަތިސް 04:43

ގުޅިފައިވާ ސިޔާސީ ޕާޓީތައް

ތަރައްގީ ކުރަންދިން ބިންތަކުގައި ޕީޕީއެމް ޖަގަހަތައް، ސަރުކާރުން ދަނީ އޮޅުވާލަމުން: މަހްލޫފް

 • މިވަގުތުވެސް އިންތިހާބަކަށް ވަޑައިގެންނެވި ނަމަވެސް ބޮޑުތަނުން ބަލިކޮށްލާނަން
 • އިދިކޮޅު ފަރާތްތަކަށް ޖަލްސާއެއް ބާއްވާނެ ތަނެއް ސަރުކާރުން ނުދެއްކި
 • އިދިކޮޅު ފަރާތްތަކަށް އަލިސް ކާނިވަލްގައި އެންމެފަހުން ޖަލްސާއެއް ބާއްވަން ލިބުނީ 2015ގެ ފެބްރުއަރީގައި
މުހައްމަދު ފަޒީން | phaxyn

| 12 އޯގަސްޓު 2017 | ހޮނިހިރު 12:13 | |

މަގުބޫލް

 1. ސުޕަރ އޯވަރަށް ނުކުންނަވައި، އިބޫ އާއި ފައިސަލް ޖެއްސެވީ ހަޔަކަށް!
 2. ޒުވާނުންގެ ޓްވީޓާއެކީ ޝަހީމް ހޫނުފެނަށް ، އެންމެފަހުން ޓްވީޓް ޑިލީޓް ކުރައްވައިފި
 3. ކެމްޕެއިން ދަތުރުތައް މެދުކަނޑާލެއްވުމަށް ފަހު، އިބޫ ރާއްޖެ އިން ބޭރަށް ވަޑައިގަންނަވަނީ
 4. ޓްރަމްޕް އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅާއި އޮބާމާގެ 2011 ވަނަ އަހަރުގެ ދަތުރުފުޅު: ރާނީ ކަންތައް ކުރެއްވީ ވަރަށް ތަފާތުކޮށް
 5. ރާއްޖެއަށް ފިޔަވަޅު އަޅައިފި ނަމަ ގެއްލުން ވާނީ އީޔޫއަށް: ޖަމީލް އުސްމާން
 6. ނޮވެމްބަރު 17ގައި ހުރިހާ ސިޔާސީ ލީޑަރުން މިނިވަން ވެގެންދާނެ: އިބޫ
 7. ދިވެހި ސަރުކާރުގެ ބައެއް ވެރިންނާމެދު އީޔޫއިން ދަތިކުރުމުގެ ފިޔަވަޅު އަޅަނީ
 8. ޖަލުގައިދޭ ޚިދުމަށް ރަނގަޅު ކުރާކަށް ބޭނުމެއް ނޫން: ނަވާޒް ޝަރީފުގެ ދަރިކަނބަލުން


ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ތަރުޖަމާނު އަހުމަދު މަހްލޫފް-- -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ފަޒީން

ތަރައްގީ ކުރަން ބަޔަކާ ހަވާލުކުރި ބިންތަކުގައި ޕީޕީއެމް ޖަގަހަ ހަދަން ނިންމައި، ރައްޔިތުންނަށް، ސަރުކާރުން ބޮޑެތި އޮޅުވާލުންތަކެއް އޮޅުވާލަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ތަރުޖަމާނު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މައި ޖަގަހައެއްގެ ގޮތުންގައި ބޭނުންކުރަމުން އަންނަ ޖުމްހޫރީ ޕާޓީގެ ޖަގަހަ މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަހްލޫފް ވިދާޅުވީ މަހްލޫފް ނިސްބަތްވާ ދާއިރާގައި ގަލޮޅު ފްލެޓް ސަރަހައްދުގައި (ކުރިން ފުރްޤާން މިސްކިތް ވަގުތީ ގޮތުން ހަދާފައިވާ ތަނުގައި)، ތަރައްގީގެ މަޝްރޫއެއް ހިންގަން ބަޔަކާ ހަވާލުކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނާއިރު، އެތާ ހަދަމުންދަނީ ޕީޕީއެމް ޖަގަހައެއް ކަމަށެވެ. ހަމަ އެގޮތަށް ކުރިން ވެސްޓްޕާރކް ހުރި ތަން ތަރައްގީ ކުރަން ބަޔަކާ ހަވާލުކޮށްފައިވާ ކަމަށް ބުނާއިރު އެތާ ފަސްބުރީގެ އިމާރާތެއް ތަރައްގީ ކުރަން ނިންމާފައިވާއިރު އެއީ ވެސް ޕިޕީއެމް ޖަގަހައެއް ކަމަށެވެ.

މަހްލޫފް ވިދާޅުވީ ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ މެން ފަދަ ބޭފުޅުން ރައްޔިތުންނަށް ކަންކަން އޮޅުވާލަން އުޅުއްވި ނަމަވެސް އެކަންކަން ހިނގަމުންދާ ގޮތް ރައްޔިތުންނަށް ވަރަށް ސާފުކޮށް އެނގޭ ކަމަށެވެ.

މަހްލޫފް ވިދާޅުވީ ސަރުކާރަށް ރައްޔިތުންގެ ތާއީދު އޮތްކަން ދައްކަން އެފަދަ ކޮރަޕްޝަންގެ އަމަލުތައް ހިންގި ނަމަވެސް މި ސަރުކާރަށް ރައްޔިތުންގެ ތާއީދެއް ނެތް ކަމަށެވެ. އަދި މަޖުބޫރު ކޮށްގެން ޕީޕީއެމަށް މެމްބަރުން ވެއްދުމާއި ސަރުކާރު އަދި ޕީޕީއެމްގެ އިވެންޓްތަކުގައި ބައިވެރިވުމަށް ސިވިލް ސާރވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބުރު ކުރުވި ނަމަވެސް މިސަރުކާރަށް ތާއީދު ނެތްކަން އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ނަތީޖާއިން އޮންނާނީ ދައްކާލާފަ ކަމަށް މަހްލޫފް ވިދާޅުވި އެވެ.

މަހްލޫފް ވިދާޅުވީ މިސަރުކާރަށް ރައްޔިތުން ބޮޑުތަނުން ނޫނެކޭ ބުނާކަން އެންމެ ރަނގަޅަށް ދައްކާލުމަށް މިވަގުތު ވެސް ރައީސް ޔާމީން ރައީސް ކަމުގައި ހުންނަން ފެންނަ، ނުފެން ވޯޓެއް ނުގެމަށް ކެރިވަޑައިގަންނަވާ ނަމަ އެކަން ކުރެއްވުމަށް ގޮވާލައްވާ ކަމަށެވެ.

މީގެ އިތުރުން، މަހްލޫފް ވިދާޅުވީ 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިން އިދިކޮޅު ފަރާތްތަކަށް އެއްވެލުމަށް ނުވަތަ ޖަލްސާއެއް ބާއްވާލުމަށް ސަރުކާރުން ޖާގަދީފައި ނުވާ ކަމަށެވެ.  

އިދިކޮޅު ފަރާތްތަކަށް އެއްވުލުމުގެ ފުރުސަތު ދީފި ނަމަ ރައީސް ޔާމީންއަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަކޮށްދޭނެ ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް