16 ޖުލައި 2018 | ހޯމަ | 03 ފުސް
03 ޛުލްޤަޢިދާ 1439
ފަތިސް 04:43
އިރުއަރާ 06:00
މެންދުރު 12:16
އަސްރު 15:38
މަޣްރިބް 18:24
އިޝާ 19:41

ޕީޕީއެމް ކެމްޕެއިން ހަރަކާތް

ޕީޕީއެމުން އައްޑޫގައި ބާއްވާ އިވެންޓަކަށް ދިއުމަށް ހައުސިންގެ މުއައްޒަފުންނަށް މަޖުބޫރުކުރުވަނީ!

  • މިއަދު ބާއްވާ މި އިވެންޓަކީ ރައީސް ޔާމީނަށް ތާއީދު އޮތްކަން ހާމކުރުމަށް ބާއްވާ އިވެންޓެއް
  • މިފަދަ ހަރަކާތްތައް ރާއްޖޭގެ 25 ރަށެއްގައި ކުރިއަށް ގެންދިއުމަށް ޕީޕީއެމުން ދަނީ ތައްޔާރުވަމުން
  • ހާޒިރީ ވެސް ބަލާނެ، ބައިވެރި ނުވާ މުއައްޒަފުންނާ މެދު ފިޔަވަޅު އަޅަން ޖެހިއެްޖެ ނަމަ ފިޔަވަޅު ވެސް އަޅާނެ
އާމިނަތު ނުޒުހާ | nuzu8121

| 12 އޯގަސްޓު 2017 | ހޮނިހިރު 11:39 | |

މަގުބޫލް

  1. ސުޕަރ އޯވަރަށް ނުކުންނަވައި، އިބޫ އާއި ފައިސަލް ޖެއްސެވީ ހަޔަކަށް!
  2. ޒުވާނުންގެ ޓްވީޓާއެކީ ޝަހީމް ހޫނުފެނަށް ، އެންމެފަހުން ޓްވީޓް ޑިލީޓް ކުރައްވައިފި
  3. ކެމްޕެއިން ދަތުރުތައް މެދުކަނޑާލެއްވުމަށް ފަހު، އިބޫ ރާއްޖެ އިން ބޭރަށް ވަޑައިގަންނަވަނީ
  4. ޓްރަމްޕް އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅާއި އޮބާމާގެ 2011 ވަނަ އަހަރުގެ ދަތުރުފުޅު: ރާނީ ކަންތައް ކުރެއްވީ ވަރަށް ތަފާތުކޮށް
  5. ރާއްޖެއަށް ފިޔަވަޅު އަޅައިފި ނަމަ ގެއްލުން ވާނީ އީޔޫއަށް: ޖަމީލް އުސްމާން
  6. ނޮވެމްބަރު 17ގައި ހުރިހާ ސިޔާސީ ލީޑަރުން މިނިވަން ވެގެންދާނެ: އިބޫ
  7. ދިވެހި ސަރުކާރުގެ ބައެއް ވެރިންނާމެދު އީޔޫއިން ދަތިކުރުމުގެ ފިޔަވަޅު އަޅަނީ
  8. ޖަލުގައިދޭ ޚިދުމަށް ރަނގަޅު ކުރާކަށް ބޭނުމެއް ނޫން: ނަވާޒް ޝަރީފުގެ ދަރިކަނބަލުން


ޕިީޕީއެމްގެ އިވެންޓަށް ދިއުމަށް މަޖުބޫރު ކުރުވާ ކަމަށް ބުނެ ދައުރުވަމުންދާ މެސެޖް -- ޓްވިޓަރ

ހޮނިހިރު ދުވަހުގެ ހަވީރު ޕީޕީއެމުން ބާއްވާ އެޕާޓީގެ ޚާއްސަ ހަރަކާތެއްގައި އައްޑޫގައި ހުންނަ ހައުސިން މިނިސްޓްރީގެ މުއައްޒަފުން ބައިވެރިވުމަށް މަޖުބޫރު ކުރުވަމުންދާ ކަމަށް ބުނެ ޝަކުވާކުރަންފަށައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ހައުސިން މިނިސްޓްރީގެ އައްޑޫ ޑިޕާޓްމަންޓްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މި އިވެންޓްގައި ބައިވެރިވުމަށް އަންގަމުން ދަނީ އައްޑޫގައި ހުންނަވާ ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރު ހަސަން ނާޒިލެވެ.

ސޯޝަލް މީޑިޔާގައި ދައުރުވަމުންދާ މެސެޖްތަކުން އެނގޭ ގޮތުގައި ނާޒިލު ވަނީ ހޮނިހިރުދުވަހުގެ ހަވީރު ހިތަދޫ ޔޫތު ސެންޓަރުގައި ބާއްވާ، ޚާއްސަ ބައްދަލުވުމަށް ހުރިހާ މުވައްޒަފުން ދިއުމަށް އެދިވަޑައިގެންފައެވެ. އަދި އެ އިވެންޓްގެ "ހާޒިރީ ބެލޭނެ ކަމަށް" ވެސް ނާޒިލް ވަނީ ވިދާޅުވެފަ އެވެ.

އައްޑޫގައި ބާއްވާ ޕީޕީއެމްގެ އިވެންޓުތަކަށް ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކުގެ މުވައްޒަފުން ބައިވެރިވުމަށް "މަޖުބޫރު" ކުރާ މައްސަލަ މީގެ ކުރިން ވެސް ވަނީ ފެންމަތިވެފައެވެ.

މިކަމާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް ރާއްޖެއެމްވީ ގުޅުމުން އައްޑޫގައި ހުންނަވާ ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރު ހަސަން ނާޒިލް ވަނީ، އެ މެސެޖްތަކަކީ އެބޭފުޅާގެ ފޯނުން ފޮނުވާ މެސެޖްތަކެއް ކަމަށް ވިދާޅުވެ އެއްބަސްވެވަޑައިގެންފައެވެ. އޭނާ ވިދާޅުވީ، ސަރުކާރުން ކުރާ މިފަދަ ކަންކަމާއި ތަރައްގީގެ މަސަައްކަތްތަކުގައި މުއައްޒަފުން ބައިވެރިވާން ޖެހޭނެ ކަމަށެވެ. އަދި ހާޒިރީ ވެސް ބަލާނޭ ކަމަށާއި، ބައިވެރި ނުވާ މުއައްޒަފުންނާ މެދު ފިޔަވަޅު އަޅަން ޖެހިއެްޖެ ނަމަ ފިޔަވަޅު ވެސް އަޅަނޭކަމަށެވެ.  

ރައީސް ޔާމީނަށް ތާއީދު އޮތްކަން ހާމަކުރުމަށް ބުނެ ރާއްޖޭގެ އެކި ހިސާބުތަކުން 25 ރަށެއްގައި ހަރަކާތްތަކެއް ބޭއްވުމަށް ތައްޔާރު ވަމުންދާ ކަމަށް އެޕާޓީން ދާދިފަހުން ވަނީ ބުނެފައެވެ. އެގޮތުން އައްޑޫގައި މި ބާއްވާ ހަރަކާތަކީ ވެސް އެ ސިލްސިލާގެ ދަށުން ބާއްވާ ހަރަކާތެއް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

"މީގެ އިތުރުން ރައީސް ޔާމީންގެ ތަރައްޤީ" ރައްޔިތުންނަށް ދައްކާލުމަށް ކަމަށް ބުނެ މުޅި ރާއްޖޭގެ 25 ރަށެއްގައި ކުރިއަށް ގެންދާ ހަރަކާތުގައި ހިތަދޫ މި ބާއްވާ ހަރަކާތުގައި ބައިވެރިވާ ކޮންމެ ސައިކަލަކަށް 1،200ރ. އަދި ކާރަކަށް 2،500ރ. ގެ މަގުން ފައިސާ ދޭން ނިންމާފައިވާ ކަމަށް ސޯޝަލް މީޑިޔާގައި ދަނީ ދައުރުވަމުންނެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަޚްލޫފް ވިދާޅުވީ، ޕީޕީއެމުން ބާއްވާ އިވެންޓްތަކަށް ދިއުމަށްސަރުކާރު މުއައްޒަފުންނަށް މަޖުބޫރުކުރުވަމުންދާކަމުގެ ޝަކުވާ އެބޭފުޅުންނަށް ވެސް ލިބިފައިވާ ކަމަށެވެ.

މީގެ ކުރިން މާލޭގައި ބޭއްވި ބައެއް ހަރަކާތްތަކުގައި ވެސް ސަރުކާރުގެ މުވައްޒަފުންނާއި ކުންފުނިތަކުގެ މުންޒަފުން މަޖުބޫރުކޮށްގެން ބައިވެރިކޮށްފައި ވެއވެެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Hasanmaniku

11 މަސް ކުރިން

Hara kaah thakuga ufalaaeku baiveivaanan? Suvaalaki alhugadu menge hih badhalu kurevi dhaane tho. Majbooru kuruvaagen baiveriko ehvethibi meehunge fotoge thaaieedhu dheki. Dhaane merkureveyne heaves kamaki???????? Galamaai voutu karudhaaskolhu othi aharumeng athuga kan hadhaannuga hunnanabaae????????

0
0