14 ޑިސެންބަރު 2017 | ބުރާސްފަތި | 5 މުލަ

އަދީބުގެ މައްޗަށް ކުރި ނުވަ ދައުވާގެ ލިޔެކިޔުން ބަދަލުކޮށްފި

  • މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާ
  • ލިޔެކިޔުން ބަދަލުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު
  • ފިޝަރީޒް މިނިސްޓްރީގެ ދަށުގައި ހުރި ރަށްތަކެއް ޓޫރިޒަމަށް ދޫކުރި ކަމަށް

| | | azmoon_ahmed | |ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދޫނިދޫއިން މާލެ ގެންނަނީ -- ފޮޓޯ:ރާއްޖެ އެމްވީ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް(އެމްއެމްޕީއާރްސީ) ގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ނުވަ ދައުވާގެ ލިޔެކިޔުންތައް ބަދަލުކޮށްފި އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަދީބުގެ މައްޗަށް އުފުލާފައިވާ ނުވަ ދައުވާގެ ލިޔެކިޔުން ހަވާލުކޮށްފައި ވަނީ ބުރާސްފަތި ދުވަހު އެވެ.

އަދީބުގެ މައްޗަށް އުފުލާފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ އެވެ. އަދީބުގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރި ތަހުގީގުކުރި 58 ރަށުގެ ތެރެއިން ނުވަ ރަށެއްގެ މައްސަލައިގަ އެވެ. އަދީބުގެ މައްޗަށް ވެސް ދައުވާކޮށްފައި ވަނީ ކޮންމެ ރަށެއް ވަކިވަކިންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ނުވަ ރަށުގެ މައްސަލައިގައި އަދީބުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ ކޮށްފައިވަނީ، އެ ރަށްތައް ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުއްޓާ ޓޫރިޒަމް ތަރައްގީ ކުރުމަށް ދޫކޮށްފައިވާ ކަމަށް ބުނެ އެވެ. އެ ރަށްތައް ދޫކުރި ދުވަސްވަރު ޓޫރިޒަމް ތަރައްގީ ކުރުމަށް ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި ރަށްތަކެއް ޓޫރިޒަމް މިނިސްޓްރީއަށް ބަދަލުކުރިއެވެ.

އަދީބުގެ މައްޗަށް ނުވަ ދައުވާއެއް ކުރިއިރު، އެއިރުގެ އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ވަނީ 25 ދައުވާ ކޮށްފަ އެވެ. އެގޮތުން ޒިޔަތުގެ މައްޗަށް ކޮށްފައިވަނީ ފުލުހުން ތަހުގީގުކުރުމަށް ފަހު ދައުވާ ކޮށްދިނުމަށް ހުށަހެޅި 55 ރަށުގެ ތެރެއިން 25 ރަށުގެ މައްސަލައިގަ އެވެ. ޒިޔަތުގެ މައްޗަށް އެ 25 ރަށުގެ މައްސަލައިގައި ވަނީ ޚިޔާނާތްތެރިވުމުގެ ވަކިވަކި 25 ދައުވާއެއް އުފުލާފައެވެ.

އަދީބާއި ޒިޔަތުގެ މައްޗަށް ގިނަ އަދަދެއްގެ ދައުވާތަކެއް އުފުލިއިރު، ޅ. މާބިންހުރާ ކުއްޔަށް ދޫކުރުމަށް ފަހު އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރުގެ ތެރެއިން ބައެއް ފައިސާއަށް ޚިޔާނާތްތެރިވި، މައްސަލައިގައި އެ ދެ ބޭފުޅުންގެ މައްޗަށް މިހާރު ވެސް ވަނީ 8 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތަކާއި ކުއްޔަށް ދޫކޮށްގެން ދައުލަތަށް ވަންނަން ޖެހޭ 1.22 ބިލިއަން ރުފިޔާއަށް ޚިޔާނާތްތެރިވެފައިވާކަން ހާމަވީ އޮޑިޓަރ ޖެނެރަލް ނެރުއްވި އޮޑިޓް ރިޕޯޓުންނެވެ. ނަމަވެސް، ޚިޔާނާތްތެރިވި ފައިސާގެ އަދަދު އެއަށް ވުރެ ގިނަ ވާނެ ކަމަށް ކަމާބެހޭ އެކިފަރާތްތަކުން ދަނީ ބުނަމުންނެވެ. 

އޭސީސީން ބުނެފައިވާ ގޮތުގައި އެމްއެމްޕީއާރްސީ ޚިޔާނާތުގެ ޚުލާސާ ރިޕޯޓް ނެރޭނީ މައްސަލަތައް ޝަރީއަތަށް ފޮނުވުމަށް ފަހުގަ އެވެ. މައްސަލައިގެ ތަހުގީގު އެއްކޮށް ނިންމާލެވިއްޖެ ކަމަށް އޭސީސީން ބުނެފައިވަނީ ތަހުގީގު ކުރަން ފެށިތާ ދޮޅު އަހަރެއްހާ ދުވަސް ފަހުން އޭޕްރީލް 30 ވަނަ ދުވަހު އެވެ. 58 ރަށުގެ މައްސަލައިގެ ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާ އެ ދުވަހު ފެށިއިރު، މިހާތަނަށް އެ މަރުހަލާ ނިންމާލެވިފައި ވަނީ، ދައުވާ ކުރި ނުވަ ރަށުގެ މައްސަލައިގަ އެވެ.

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާކަނައްކަފޫޅު

4 މަސް ކުރިން

އަދީބު ކުރިވައްކަންތަކުގެ ނަފާ ލިބުނީ އަދީބްއަކަށް ނޫން އެކަމަކު ހުރިހާ ވޭނަކާއި އަދަބެއް ލިބިގަންނާން މިޖެހެނީ އަދީބްއަށް!!!! މޮޔަ ސޮރުލައްވާ ގޯސް ހެއްދި މީހުން ހަމަ ހެވިފާދޯ؟؟؟؟؟؟؟

1
0