21 ސެޕްޓެންބަރ 2018 | ހުކުރު | 01 އަތަ
11 މުޙައްރަމް 1439
އިޝާ 19:16
މަޣްރިބް 18:05
އަސްރު 15:06
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ހައްޖު 1438

ހައްޖުވެރިންނަށް ލުއި ފަސޭހަ ކޮށްދިނުމަށް ސައުދީ ސަރުކާރުން ގިނަ ކަންތައްތަކެއް ކޮށްފި

 • ޕާސްޕޯޓް ޕްރޮސެސް ކުރުމަށް އެއަރޕޯޓުގައި ވިއްސަކަށް މިނެޓް
 • ޖަމްރާ ސަރަހައްދުގެ ފިނިހޫނު މިން ރަނގަޅު ކުރުމަށް ފެން ސްޕްރޭ ކުރެވޭނެ
 • މުޅިން އަލަށް އަންހެން ނަރުހުން އެއަރފޯޓުގައި އަންހެނުންގެ ސިއްހީ ކަންކަން ބެލުމަށް މި އަހަރު ހަރަކާތްތެރިވޭ
ރާއްޖެ އެމްވީ | raajje.mv

| 12 އޯގަސްޓު 2017 | ހޮނިހިރު 00:03 | |

މަގުބޫލް

 1. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
 2. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
 3. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
 4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
 5. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
 6. އަލިދީގެ ތާއީދު އިބޫއަށް!
 7. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
 8. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ


މިއަހަރު ހައްޖަށް ދިޔަ ބައެއް ދިވެހިން ސައުދީގައި - ދެ ގްރޫޕެއްގެ ހައްޖުވެރިން މިހާރުވަނީ ސައުދީއަށް ގޮސްފައި -- ހައްޖު ކޯޕަރޭޝަން

ކުރިއަށް އޮތް ހައްޖުގެ އަޅުކަމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ފުރިހަމަ ކުރެވިފައިވާ ކަމަށް މައްކާގެ އަމީރުގެ ނައިބު ޕްރިންސް އަބްދުﷲ ބިން ބަންދަރު ވިދާޅުވެއްޖެއެވެ. އަދި ސައުދީ ސަރުކާރުން މި އަހަރުގެ ހައްޖުގެ ކަންކަން އިތުރަށް ފުރިހަމަ ކޮށް ފަސޭހަ ކޮށްދިނުމަށް ހިންގި 10 މަޝްރޫއެއްގެ ފަސޭހަތައްވެސް ހައްޖުވެރިންނަށް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މައްކާގެ އަމީރުގެ ނައިބު ވިދާޅުވީ، ހައްޖަށް އަންނަ އެއްވެސް މީހަކަށް ތަފާތު ކުރުމެއް ނެތި ޚިދުމަތް ދިނުމަށް ސައުދީ ސަރުކާރުން އޮތީ ފުރިހަމަ އަށް ތައްޔާރުވެފައި ކަމަށެވެ.

ޕްރިންސް އަބްދުﷲ ވިދާޅުވީ، ހައްޖުގެ ކަންކަން ރަނގަޅު ކުރުމަށް ހިންގުނު މަޝްރޫއުތަކުގެ ސަބަބުން ހައްޖުވެރިން އެއް ތަނުން އަނެއް ތަނަށް ދަތުރު ކުރުމުގައި ފަސޭހަތައް ލިބިގެންދާނެ ކަމަށާއި، އަދި އިރުގެ ހޫނުން ސަލާމަތް ވުމަށް ފިނިކަމާއި، ހިޔާ ލިބޭނެ ގޮތްތައް އިތުރު ކުރެވިފައިވާނެ ކަމަށެވެ.

މި ގޮތުން ޖަމްރާ ސަރަހައްދުގެ ފިނިހޫނު މިން ރަނގަޅު ކުރުމަށް ފެން ސްޕްރޭ ކުރެވޭނެ ގޮތް ހަދާފައިވާ ކަމަށާއި، އަދި ޖަމްރާ އިން މައްކާގެ އަޒީޒިއްޔާ އަށް ހިނގާފައި ދާ މީހުންނަށް ހިޔާލިބޭނެ ގޮތް މަގުތަކުގައި ހަމަޖައްސާފައިވާ ކަމަށާއި، މިނާގައި ހުންނަ އަލް-ވަދީ ހޮސްޕިޓަލަށް ދިއުމަށް އައު ބްރިޖެއް އަޅާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އަރަފާތުގެ ޖަބަލުއް ރަހުމާގެ އުތުރު ކޮޅުގައި ސިމެންތިން ދާއިމީ ސިޑި އެއް ހަދާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހައްޖު މޫސުމުގައި ހައްޖުވެރިންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުމަށް މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާ އިން ވަނީ ވޮލަންޓިއަރުންގެ ޕްރޮގްރާމެއްވެސް ފަށާފައެވެ. ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކުން އެހީއަށް ބޭނުންވާ ހައްޖުވެރިންނަށް ތަރުޖަމާ ކޮށްދިނުމާއި، މަގު ދެއްކުމާއި، އަދި ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

ހައްޖުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް މި އަހަރު އަންހެން ނަރުހުން ކިންގް އަބްދުލް އަޒީޒް އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހައްޖަށް އަންނަ އަންހެނުނަށް ބޭނުންވާ ވެކްސިން ދިނުމާއި، ހެލްތް ސެޓްފިކެޓް ޗެކް ކުރުމުގައި މަސައްކަތް ކުރާނެއެވެ.

މި އެ އެއަރޕޯޓުގައި ހައްޖުވެރިންގެ ސިއްހީ ކަންކަމުގެ ޚިދުމަތުގައި 610 އޮފިޝަލުން މަސައްކަތް ކުރާ ކަމަށް ސައުދީ މީޑިއާއިން މައުލޫމާތު ހާމަކޮށްފައި ވެއެވެ.

ސައުދީ އަރަބިއްޔާ ހައްޖާއި އުމްރާ އާ ބެހޭ މިނިސްޓަރ މުހައްމަދު ސާލިހް ބަންތަން ވިދާޅުވީ، ހައްޖުވެރިން ތިބުމަށް ހަދާފައިވާ ޓެންޓު ތަކަކީ އަލިފާން ނުހިފާ މެޓީރިއަލުން ހަދާފައިވާ ޓެންޓު ތައް ކަމަށާއި، ހުރިހާ ޓެންޓެއްވެސް ހުންނާނީ އެއަރކަންޑިޝަން ކޮށްފައި ކަމަށެވެ.

ހައްޖުވުމަށް ސައުދީ އަށް އަންނަމުންދާ މީހުންގެ ޕާސްޕޯޓް ޕްރޮސެސް ކުރުމަށް ވިއްސަކަށް މިނެޓަށް ވުރެ ގިނައިރު ނުނަގާނެ ކަމަށް ކިންގް އަބްދުލް އަޒީޒް އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޕާސްޕޯޓް ޑިޕާޓްމަންޓްގެ ކޮމާންޑަރ މޭޖަރ ޖެނެރަލް ނަޔާފް ބިން ސުލްތާން އަލް ރުވެއިސް އާ ހަވާލާދީ ސައުދީ މީޑިއާއިން ހާމަކޮށްފައި ވެއެވެ. އޭނާ އިތުރަށް ވިދާޅުވީ މިހާތަނަށް ހަތަރު މީހަކު ވަގު ޕާސްޕޯޓުގައި ސައުދީ އަށް އެތެރެ ވުމަށް މަސައްކަތް ކޮށްފައިވާކަން ފާހަގަވެފައިވާ ކަމަށާއި އެމީހުން މިހާރު ވަނީ އެމީހުންގެ ގައުމަށް އަނބުރާ ފޮނުވާލާފައި ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: ދެލިކޮޕީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް