14 ޑިސެންބަރު 2017 | ބުރާސްފަތި | 5 މުލަ

ކުރީގެ ފުރުޤާން މިސްކިތް ހުރި ސަރަހައްދުގައި ޕީޕީއެމްގެ ޖަގަހަ ހަދާ މައްސަލަ އޭސީސީއަށް

  • ޕީޕީއެމް އިން ބުނަނީ އެ ބިން ކުއްޔަށް ހިފީ މީހެއްގެ އަތުން ކަމަށް
  • ހައުސިން މިނިސްޓްރީން ބުނަނީ އެ ބިން ދޫކޮށްފައި ވަނީ ތިން އަހަރު ތެރޭ ތަރައްގީ ކުރުމަށް
  • ޖަހަގަ ހެދުމުގެ މަސައްކަތް ކުރަމުން ގެންދަނީ ޕަބްލިކް ވޯރކްސް ޑިޕާޓްމަންޓްގެ މުވައްޒަފުންތަކެއް ލައްވައި

| | | sim_kamana | |މާލޭ ހިޔާ ހުސްބިމުގައި ހަދަމުންދާ ޕީޕީއެމްގެ ޖަގަހަ: އެ ތަނުގައި މަސައްކަތްކުރުމަށް އެމްއާރުޑީސީގެ ވެހިކަލްތައް ބޭނުންކުރާ މަންޒަރު ވަނީ ފެނިފައި -- ފޮޓޯ:ރާއްޖެ އެމްވީ

ކުރީގެ ފުރުޤާން މިސްކިތް ހުރި ސަރަހައްދުގައި ޕީޕީއެމްގެ ޖަގަހަ ހަދާ މައްސަލަ އަމިއްލަ ފަރާތަކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.

 

ހޯމަ ދުވަހު އެސީސީއަށް ހުށަހަޅާފައިވާ ސިޓީގައި ބުނެފައިވަނީ އެ ޖަހަގަ ހެދުމުގެ މަސައްކަތް ކުރަމުން ގެންދަނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޕަބްލިކް ވޯރކްސް ޑިޕާޓްމަންޓްގެ މުވައްޒަފުންތަކެއް ލައްވައި ކަމަށާއި އެތަނުގެ މަސައްކަތާއި ހަވާލުވެގެން އުޅުއްވަނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރު ހުސެއިން ވަހީދު ކަމަށެވެ.

 

ޕީޕީއެމްގެ ޖަގަހައިގެ މަސައްކަތް ކުރިއަށްދާ ގޮތުގެ މައްސަލަ އެސީސީއިން ބައްލަވައި ފިޔަވަޅު އަޅުއްވައި ދެއްވުމަށް ސިޓީގައި އެދިފައިވެއެވެ.

 

ހައުސިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ މާލޭ ހިޔާގެ ހުސް ބިން ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ތިން ފަހަރެއްގެ މަތިން އިއުލާންކުރި ކަމަށެވެ. އަދި އެ ބިން ދޫކުރީ އެންމެ ގިނައިން މާކްސް ހޯދި ފަރާތަށް ކަމަށާއި އެތަން ދޫކުރީ ސިޔާސީ ޕާޓިއަކަށް ނޫން ކަމަށް ބަޔާނުގައި ވެއެވެ.

 

މިނިސްޓްރީގެ ބަޔާނުގައި ވަނީ އެ ބިމުގައި ޕާޓީއެއްގެ ޖަގަހަ ހެދުމަށް ދޫކޮށްފައި ނުވާނެ ކަމަށާއި އަދި އެތަނުގައި މަސައްކަތް ކުރުމަށް މިނިސްޓްރީގެ މުވައްޒަފުން ވެސް ވީއްލާފައި ވެސް ނުވާނެ ކަމަށެވެ.

 

މާލޭ ހިޔާގެ ހުސްބިމުގައި ސިޔާސީ އެއްވެސް ޕާޓީއަކަށް ޖަގަހަ ހެދުމަށް ދޫކޮށްފައި ނުވާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނި ނަމަވެސް އެތަނުގައި ޕީޕީއެމްގެ ޖަގަހައެއް ހެދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

 

ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މާލޭހިޔާ ފްލެޓްތައް ހުރި ސަރަހައްދުގައި އޮންނަ ހުސް ބިމުގައި ޕީޕީއެމްގެ ޖަގަހައެއް ހަދަނީ މީހެއްގެ އަތުން ބިން ކުއްޔަށް ނަގައިގެން ކަމަށާއި އެ ބިން ހޯދީ ކޮރަޕްޝަނުގެ ތެރެއިން ނޫން ކަމަށެވެ.

 

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ސަރުކާރުގެ ބިމެއް އެހެން މީހަކު ނަގާފައި އޮއްވައި އޭނާގެ އަތުން އެ ބިން ޕީޕީއެމުން ކުލި ދައްކާ ގޮތަށް އެއްބަސްވުމެއްގެ ދަށުން އެކަން ކުރުން ގާނޫނު މަނައެއް ނުކުރެ އެވެ. އަދި އެތަން އަންނަ ހޯމަ ދުވަހު ހުޅުވުމާ އެކު ހަރަކާތްތައް ވަރަށް ފޯރިއާއެކު ހިނގާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

 

ކުރިން ވެސްޓް ޕާކް ހުރި ސަރަހައްދުގައި ވެސް ޕީޕީއެމުން އަންނަނީ ބޮޑު ޖަގަހެއް ހަދަމުންނެވެ.

 

 

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ