16 ޖުލައި 2018 | ހޯމަ | 03 ފުސް
03 ޛުލްޤަޢިދާ 1439
ފަތިސް 04:43
އިރުއަރާ 06:00
މެންދުރު 12:16
އަސްރު 15:38
މަޣްރިބް 18:24
އިޝާ 19:41

ރައްޔިތުންގެ ބަދަލު

ޝިފާޒުގެ ރައްދު: ހައްޔަރުކޮށްގެން ހުއްޓޭނަމަ މިހާރު ހުއްޓުނީސް

 • ރައްޔިތުން ވައްކަމާ ކޮރަޕްޝަނާ ދެކޮޅު ހަދާނެ
 • މަގުމަތީ ހަރަކާތްތަކަށް އާންމުންނަށް ގޮވާލެއްވި
 • އިންޗިއެއްވެސް ފަހަތަށް ނުޖެހޭނެކަމަށް ޝިފާޒް ވިދާޅުވި
މުރުޝިދް އަބްދުލް ހަކީީމް | @Murshidhu

| 11 އޯގަސްޓު 2017 | ހުކުރު 22:33 | |

މަގުބޫލް

 1. ސުޕަރ އޯވަރަށް ނުކުންނަވައި، އިބޫ އާއި ފައިސަލް ޖެއްސެވީ ހަޔަކަށް!
 2. ޒުވާނުންގެ ޓްވީޓާއެކީ ޝަހީމް ހޫނުފެނަށް ، އެންމެފަހުން ޓްވީޓް ޑިލީޓް ކުރައްވައިފި
 3. ކެމްޕެއިން ދަތުރުތައް މެދުކަނޑާލެއްވުމަށް ފަހު، އިބޫ ރާއްޖެ އިން ބޭރަށް ވަޑައިގަންނަވަނީ
 4. ޓްރަމްޕް އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅާއި އޮބާމާގެ 2011 ވަނަ އަހަރުގެ ދަތުރުފުޅު: ރާނީ ކަންތައް ކުރެއްވީ ވަރަށް ތަފާތުކޮށް
 5. ރާއްޖެއަށް ފިޔަވަޅު އަޅައިފި ނަމަ ގެއްލުން ވާނީ އީޔޫއަށް: ޖަމީލް އުސްމާން
 6. ނޮވެމްބަރު 17ގައި ހުރިހާ ސިޔާސީ ލީޑަރުން މިނިވަން ވެގެންދާނެ: އިބޫ
 7. ދިވެހި ސަރުކާރުގެ ބައެއް ވެރިންނާމެދު އީޔޫއިން ދަތިކުރުމުގެ ފިޔަވަޅު އަޅަނީ
 8. ޖަލުގައިދޭ ޚިދުމަށް ރަނގަޅު ކުރާކަށް ބޭނުމެއް ނޫން: ނަވާޒް ޝަރީފުގެ ދަރިކަނބަލުން


ގުޅިފައިވާ ސިޔާސީ ޕާތީތަކުން ބޭއްވި އެއްވުމުގައި އެމްޑީޕީގެ ނައިބް ރައީސް މުހައްމަދު ޝިފާޒް ވާހަކަދައްކަވަނީ -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

އިދިކޮޅު ފަރާތްތައް ހިފާ ހައްޔަރުކޮށްގެން ސިޔާސީ ހަރަކާތް ހުއްޓުވޭނަމަ މިހާރު ހުއްޓުވުނީސް ކަމަށްވިދާޅުވެ މީހުން ހައްޔަރުކުރާ މައްސަލާގައި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ރައްދު ދެއްވައިފި އެވެ.

 

ހުކުރު ދުވަހުގެ ރޭ އެމްޑީޕީ ހަރުގެ ކުރިމަތީ ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަމުން ޝިފާޒު ވިދާޅުވީ ރައީސް ޔާމިން, އަނިޔާވެރިކަން އިސްކޮށްގެން އިދިކޮޅު ހަރަކާތް ހުއްޓުވޭނަމަ އެކަން މީހާރު ހުއްޓުވުނީސް ކަމަށެވެ.  ޝިފާޒު ވަނީ އެއްވެ އުޅުމުގެ ހައްގުގެ ބޭނުން ހުރިހާ ފަރާތްތަކުން ކުރުމަށް ގޮވާލާފަ އެވެ.

 

"ހިފާ ހައްޔަރުކޮށްގެން، ޖަލުގައި ބަންދުކޮށްގެން މި ހަރަކާތް ހުއްޓުވޭނަމަ މިހާރު އޮންނާނީ ހުއްޓިފަ. އެހެން ނަމަވެސް ޔަގީންކަމާ ކަށަވަރު ކަމާއެކު މި ދަންނަވަނީ އަނިޔާގެ ކުރިމަތީ އިންޗިއެއްވެސް ފަހަތަކަށް ނުޖެހޭނަން." ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަންވެސް ކުރައްވާފައިވާ މުހައްމަދު ޝިފާޒް ވިދާޅުވި އެވެ. 

 

ގައުމު އިސްލާހް ކުރުމަށް ނިކުމެ ކުރަން ފެށި މަސައްކަތާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރަކު މިހާރުވެސް ޖަލަށްލާފައިވާކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ ރައީސް ޔާމިން ވަނީ ރައްޔިތުންގެ މަޖިލިސް "ތަޅުލާފައި" ކަމަށެވެ. އަދި ރައްޔިތުން ނިކުމެ ވައްކަން ނުކުރުމަށާއި ކޮރަޕްޝަންގެ އަމަލުތައް ނުހިންގެވުމަށް ގޮވާލުން ރައީސް ޔާމިން ދެކިވަޑައިގަންނަވަނީ އެއީ ފަނާކުރުވަނިވި ފިކުރުގެ ގޮތުގައި ކަމަށްވެސް ޝިފާޒު ވިދާޅުވި އެވެ.

 

މީގެ އިތުރުން ރައީސް ޔާމިން ފަދަ ވެރިއަކު ހުންނަވައިގެން  ފުލުހުންނާއި ސިފައިންގެ މުވައްސަސާއަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ތަނަކަށް ހެދުމަށް އެ މުވައްސަސާއިން ކުރާ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

 

އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ކޯލިޝަނުގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންތަކެއްގެ މައްޗަށް ޖިނާއީ ތަހްގީގުތަކެއް ދަނީ ހިންގަމުންނެވެ. އަދި ބައެއް މެމްބަރުންގެ މައްޗަށް ޖިނާއީ ދައުވާތައް އުފުލައިގެން ކުރިއަށްދާއިރު ސިޔާސީ އިސް ލީޑަރުންތަކެއްގެ މައްޗަށް މިހާރުވެސް ވަނީ ދިގު މުއްދަތުގެ ޖަލު ހުކުމްތަކެއް އިއްވާފަ އެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާއިރު އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ހުންނެވީ 12 އަހަރު ޖަލު ހުކުމެއްގަ އެވެ. އަދި ކުރީގެ ޑިފެންސް މިނިސްޓަރު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާއިރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ހިންގާ ޖިނާއީ ދައުވާތަކުގެ ޝަރީއަތް މިހާރު ކުރިއަށް އެބަ ދެ އެވެ.

 

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖަލުގައި ހުންނެވި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިޝްގެ މައްޗަށް ހިންގާ ޝަހްސު އޮޅުވާލުމުގެ ދައުވާގެ އަޑުއެހުން ވެސް ކުރިއަށްއެބަ ދެ އެވެ. އޭގެ އިތުރުން ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިންނާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމާއި މަޑުއްވަރީ ދާއިރާގެ މެމްބަރު އަމީތު ވެސް ހުންނެވީ ޖަލުގަ އެވެ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Hasanmaniku

11 މަސް ކުރިން

Ehen nnaaves meehun mihaathanah hifaa hayyaruko hedhi kukulhu adhi haa.? Meehun egothakah nugengulheveyne eiee hamaheevaa heevumeh mee aharumeng raahjje mitigate.fuluhunnnaa sifainnakeeves aharumeng ehbnadu ehbafaakudhin vakihisaabakun emeehunge hithu thereygaves kulunu esaa hithu uthuri araigenfaane Haas kandaalaa Nama Nama ekudhin nah dheravaane fadha baheh nubunaathi! Thiazumuga kuriya. Baarah kuriya Shifaau. Maves mihuriee. Saabas. Saabas. Azum varugadha. Shukureeyyaa.

0
0