17 ފެބުރުއަރީ 2019 | އާދީއްތަ | 05 ހިޔަވިހާ
12 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ހައްޖު 1438

ޖިއްދާގެ ހައްޖު ޓާމިނަލްއިން އެއްފަހަރާ 175000 މީހުންނަށް ޚިދުމަތްދެވޭނެ!

  • ހައްޖު ކޮމްޕްލެކްސްއަކީ 510000 އަކަ މީޓަރު ބޮޑު ޓާމިނަލްއެއް
  • ލައިސެންސް ނެތި ހައްޖަށް މީހުން ގެންދާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ
އަހްމަދު ސާއިފް ޝިޔާދް | @Saaif80

| 11 އޯގަސްޓު 2017 | ހުކުރު 19:43 | |

މަގުބޫލް

  1. އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
  2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  4. ޖުމްހޫރީ ޕާޓީގެ ބައެއް ދާއިރާތަކަށް ރައީސް ޔާމީންގެ ފަރާތުން ކެނޑިޑޭޓުން ނުނެރުމަށް ނިންމައިފި
  5. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  6. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  7. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!
  8. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟


ރާއްޖެއިން ހައްޖަށް ދަތުރުކުރާ ބައެއް ފަރާތްތަށް -- މެގަމޯލްޑިވްސް

ޖިއްދާގައި ގާއިމުކުރެވިފައިވާ ހައްޖު ޓާމިނަލްއިން އެއްފަހަރާ 175000 މީހުންނަށް ޚިދުމަތްދެވޭނެ ކަމަށް ސައުދީގެ ހައްޖު ވުޒާރައިން ހާމަކޮށްފިއެވެ.

މިގޮތުން ޖިއްދާގެ އެއާޕޯޓުގައި ގާއިމު ކުރެވިފައިވާ އަންނަ މީހުންގެ ޓާމިނަލްގައި 91000 މީހުންނަށް އަދި ފުރާ މީހުންގެ ޓާމިނަލްގައި 84000 މީހުންނަށް އެއްފަހަރާ ޚިދުމަތްދެވޭނެ ކަމަށް އެވުޒާރާއިން ބުނެފައިވެއެވެ.

ޖިއްދާ އެއާޕޯޓްގައި އަލަށް ގާއިމުކުރެވުނު ހައްޖު ކޮމްޕްލެކްސްއަކީ 510000 އަކަ މީޓަރު ބޮޑު ޓާމިނަލްއެކެވެ. މި ކޮމްޕްލެކްސްގައި އެއްފަހަރާ 26 މަތިންދާބޯޓަށް ޚިދުމަތް ދެވޭނެއެވެ. މީގެ އިތުރަށް ވެސް 143 އިމިގްރޭޝަން ކައުންޓަރު ގާއިމު ކުރެވިފައިވެއެވެ.

މައްކާގެ ޑެޕިއުޓީ ގަވަރުނަރު ޕްރިންސް އަބްދުﷲ ބިން ބަންދާރް ބިން އަބްދުލް އަޒީޒު ވަނީ ޖިއްދާގެ އެއާޕޯޓުގައި ގާއިމު ކުރެވުނު އާ  ޚިދުމަތްތައް ބައްލަވާލައްވާފައެވެ.

މީގެ އިތުރުންވެސް ލައިސެންސް ނެތި ހައްޖަށް މީހުން ގެންދާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެކަމަށް ސައުދީގެ ޑައިރެކްޓާ އޮފް ޕާސްޕޯރޓްސްވަނީ ބުނެފައެވެ. އެފަދަ ފަރާތްތަކުން ގެންދާ ކޮންމެ ހައްޖާޖީއަކަށް، 13000 ޑޮލަރުގެ ރޭޓުން އެފަރާތްތައް ޖޫރިމަނާ ކުރުމަށް ސައުދީއިން ވަނީ ނިންމާފައެވެ.

އިމިގްރޭޝަންގެ އުސޫލްތަކާ ހިލާފްވާ ކޮންމެ ފަރާތެއް ވެސް ވަގުތުން ޑީޕޯޓު ކޮށްލެވޭނެ ކަމަށް ސައުދީގެ ހައްޖު ވުޒާރާއިން މައުލޫމާތުދެވެއެވެ.

މިފަދަ ހަރުކަށި ފިޔަވަޅުތައް އެޅުމަށް ސައުދީއިން ނިންމާފައި ވަނީ ސަރުކާރަށާއި ހުއްދަ ހޯދައިގެން ހައްޖަށް މީހުން ގެންދާ ފަރާތްތަކަށް ފަސޭހަކަމާއެކު  ޚިދުމަތް ދިނުމުގެ މަގު ފަހި ކޮށްދިނުމަށެވެ.

މިއަހަރުވެސް ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދުނިޔޭގެ އެކިކަންކޮޅުތަކުން ދެ މިލިއަން މީހުން ދާނެއެވެ. ދިވެހިރާއްޖެއިން މިއަހަރު 1000 ހައްޖާޖީން ހައްޖުވުމަށް ސައުދީއަށް ދަތުރުކުރާނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް