22 ސެޕްޓެންބަރ 2018 | ހޮނިހިރު | 02 އަތަ
12 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ހައްޖު 1438

އަހަރުގެ އެންމެ މާތް ދުވަސްތައް

  • ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހުގެ މާތްކަން ބޮޑު
އަބްދުލް ހަންނާން މުހައްމަދް | @A_HaNnAAn_M

| 11 އޯގަސްޓު 2017 | ހުކުރު 19:43 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  4. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  5. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  6. ކުޅުދުއްފުއްޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު ހަދާ ނިމުނީ ހަމައެކަނި ރަންވޭ
  7. އަލިދީގެ ތާއީދު އިބޫއަށް!
  8. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!


މައްކާ ހަރަމްފުޅު -- ގޫގުލް

ޙައްޖު މަހުގެ ފުރަތަމަ 10 ދުވަހަކީ އެދުވަސްތަކުގައި ހެޔޮ ޢަމަލުތައް ﷲ ތަޢާލާގެ ޙަޟްރަތުގައި ލޮބުވެތިވެގެންވާ މާތް ދުވަސްތަކެކެވެ.  އަދި ޘަވާބާއި ދަރުމަ އިތުރުވެގެންވާ މާތް ދުވަސްތެކެވެ. ޖާބިރު ބިން ޢަބްދިﷲ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((أَفْضَلُ أَيَّامِ الدُّنْيَا العَشْرُ)) [صحيح الجامع ١١٣٣، صحيح الترغيب والترهيب ١١٥٠]

މާނައީ: “ދުނިޔޭގެ ދުވަސްތަކުގެ ތެރެއިން އެންމެ މާތް ދުވަސްތަކަކީ (ޙައްޖުމަހުގެ ފުރަތަމަ) 10 ދުވަހެވެ.”

އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން ރިވާވެގެންވެއެވެ. ޛުލްޙިއްޖާ މަހުގެ ދިހަ ދުވަހާ ބެހޭގޮތުން ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((مَا مِنْ أَيَّامٍ الْعَمَلُ الصَّالِحُ فِيهَا أَحَبُّ إِلَى اللهِ مِنْ هَذِهِ الأَيَّامِ))

މާނައީ: “މިދުވަސްތަކަށްވުރެ ހެޔޮ ޢަމަލު ކުރުމަށް ﷲ ތަޢާލާގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ ދުވަސްތަކެއްނުވެއެވެ.”

އެކަލޭގެފާނަށް ސުވާލު ދެންނެވުނެވެ. “ﷲގެ މަގުގައި ޖިހާދުކުރުމަށްވުރެވެސް ބޮޑަށްތޯއެވެ؟”

އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

((وَلاَ الْجِهَادُ فِى سَبِيلِ اللهِ إِلاَّ رَجُلٌ خَرَجَ بِنَفْسِهِ وَمَالِهِ فَلَمْ يَرْجِعْ مِنْ ذَلِكَ بِشَىْءٍ))

މާނައީ: “ﷲގެ މަގުގައި ޖިހާދުކުރުމަށްވުރެވެސް ބޮޑަށެވެ. އޭނާގެ ޖާނާއި މާލުން ޖިހާދުކުރުމަށް ނިކުމެ، އެއިން އެއްޗަކާއިގެން އެނބުރި ނައަންނަ މީހާ ފިޔަވައެވެ.”

[رواه البخاري والترمذي وغيره]

އަދިވެސް އިބްނު ޢައްބާސް رضي الله عنهما ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((مَا مِنْ عَمَلٍ أَزْكَى عِنْدَ اللَّهِ وَلَا أَعْظَمَ أَجْرًا مِنْ خَيْرٍ تَعْمَلُهُ فِي عَشْرِ الْأَضْحَى)) [رواه الدارمي والبيهقي، حسنه الألباني في صحيح الترغيب والترهيب ١١٤٨ ]

މާނައީ: “އަޟްޙާގެ (ޛުލްޙިއްޖާ މަހުގެ ފުރަތަމަ) ދިހަ ދުވަހު ކުރާ ޢަމަލުތަކަށްވުރެ، ﷲ ގެ ޙަޟުރަތުގައި އެޢަމަލުތަކެއްގެ އިތުރުކަން ބޮޑު އަދި މަތިވެރި އަޖުރު ލިބޭ ޢަމަލެއް ނުވެއެވެ.”

ޢަބްދުﷲ ބުން މަސްޢޫދު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((مَا مِنَ أَيَّامٍ الْعَمَلُ فِيهَا أَفْضَلُ مِنْ أَيَّامِ الْعَشْرِ… وَلَا الْجِهَادُ فِي سَبِيلِ اللهِ إِلَّا مَنْ عَثَرَ جَوَادُهُ وَأُهْرِيقَ دَمُهُ)) [صحيح ترغيب والترحيب ۱۱٤٩]

މާނައީ: “(ޛުލްޙިއްޖާ މަހުގެ ފުރަތަމަ) ދިހަ ދުވަހަށްވުރެ އެދުވަސްތަކެއްގައި ޢަމަލުތައް ހެޔޮވެގެންވާ ދުވަސްތަކެއް ނުވެއެވެ… ﷲގެ މަގުގައި ޖިހާދުކުރުމަށްވުރެވެސް ބޮޑަށެވެ. އޭނާގެ އަސް ވެއްޓި، އޭނާގެ ލޭ އޮހޮރިގެން ދިޔަ މީހާ މެނުވީއެވެ. (ﷲ ގެ މަގުގައި ޝަހީދުވި މީހާ މެނުވީއެވެ.)

މިދުވަސްތަކުގައި ޚާއްޞަކޮށް ޛިކުރުކުރުން ގިނަކޮށް ރޯދަ ހިފުމަކީ އެދެވިގެންވާ ކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް