12 ޑިސެންބަރު 2018 | ބުދަ | 04 މުލަ
05 ރަބީޢުލްއާޚިރު 1440
އިޝާ 19:15
މަޣްރިބް 17:58
އަސްރު 15:24
މެންދުރު 12:04
އިރުއަރާ 06:01
ފަތިސް 04:44

ތަރައްގީ އާއި އިންސާފު

ތަރައްގީ ވުމުގެ އެންމެ މުހިންމު ރުކުނަކީ އަދުލުވެރި ވުމާއި އިންސާފުވެރި ވުން: ޚުތުބާ

  • އަދުލުވެރިކަން ނެތް އެއްވެސް މުޖްތަމައުއެއްގައި ހެޔޮ ކަމެއް ނޯންނާނެ
  • އިންސާފާ ހަމަހަމަކަން ނެތް މުޖްތަމައެއްގައި ސުލްހަވެރިކަން ނޯންނާނެ
  • ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައި ކަންކަން ހުއްޓުވުމަކީ އިސްލާމީ މުޖްތަމައެއްގެ އެންމެ އިސް ރުކުން
ރާއްޖެ އެމްވީ | raajje.mv

| 11 އޯގަސްޓު 2017 | ހުކުރު 14:48 | |

މަގުބޫލް

  1. އެމް.އެމް.ޕީ.އާރު.ސީގެ ފައިސާ ވަނީ 155 މީހެއްގެ އެކައުންޓަށް: އޭސީސީ
  2. ބަހުގެ ހަމަލާއަކާއިއެކު ރައީސް މައުމޫނަށް ރައީސް ނަޝީދު މަރުޙަބާ ވިދާޅުވެއްޖެ!
  3. ޗީފް އޮފް ޑިފެންސްފޯސްގެ މަގާމަށް ޝަމާލު
  4. އަނެއްކާވެސް އިތުރު ބާރުތަކެއް ސިޓީ ކައުންސިލްތަކަށް ދީފި
  5. ރައީސް ސޯލިހް އެމްޑީޕީގެ ޤައުމީ މަޖިލިސް މެމްބަރުންނާއި ބައްދަލު ކުރައްވައިފި
  6. ރާއްޖެޓީވީގެ ކުރީގެ ސީއޯއޯ ފިޔާޒުއަށް ނޫސްވެރިކަމުގެ ރަން ގަލަން
  7. އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށް ދެ ދުވަސްތެރޭގައި އިއުލާން ކުރެވޭނެ: މިނިސްޓަރ
  8. އާޒިމާއާއި އެކު ވަޑައިގަތުމުން ޒަމީރުއާ ފުލުހުން ސުވާލެއް ނުކުރި

އަދުލުވެރިވުމާއި، އިންސާފު ގާއިމް ކުރުމަކީ ތަރައްގީގެ އެންމެ މުހިންމު އެއް ރުކުން -- ގޫގުލް

ދިވެހި ރާއްޖެ މިއަދު މިވަނީ ތަރައްގީ އާ ތަހުޒީބުގެ އައު އުސްމިން ތަކަކަށް ވާސިލް ވުމަށްޓަކައި ގިނަ ގުނަ މަސައްކަތް ތަކެއް ކުރަން ޖެހިފައި ކަމަށާއި، އެ މަސައްކަތް ކާމިޔާބާ ހަމަ އަށް ގެންދިއުމަށް ފުރިހަމަ ކުރަންޖެހޭ އެންމެ މުހިންމު ރުކުން ތަކުގެ ތެރޭގައި އަދުލުވެރި ވުމާއި އިންސާފު ގާއިމް ކުރުން ހިމެނޭ ކަމަށް ހުކުރު ޚުތުބާގައި ހާމަކޮށްފިއެވެ.

ލޮބުވެތި މުސްލިމް އަޚުންނޭވެ! ދިވެހިރާއްޖެ މިއަދު މިވަނީ، ހެޔޮ ލަފާ މުޖްމަތަމައުއެއް ބިނާ ކުރުމަށާއި، ތަރައްގީ އާއި ތަހުޒީބުގެ އައު އުސްމިން ތަކަކަށް ވާސިލް ވުމަށްޓަކައި ގިނަ ގުނަ މަސައްކަތްތަކެއް ކުރަންޖެހިފައެވެ. މި މަސައްކަތް ކާމިޔާބަކާ ހަމައަށް ގެންދެވޭނީ މުހިންމު ރުކުންތަކެއް ފުރިހަމަ ވެގެންނެވެ. އެ ރުކުން ތަކުގެ ތެރެއިން އެންމެ މުހިންމު ރުކުނަކީ އަދުލުވެރިވުމާއި، އިންސާފު ގާއިމް ކުރުމާއި، ހެޔޮ ކަންކަމަށް އަމުރު ކުރުމާއި، ނުބައި ކަންތައްތައް ނަހީ ކުރުމެވެ" ޚުތުބާގައި ބުނެފައި ވެއެވެ.

ޚުތުބާގައި އިތުރަށް ބުނެފައިވަނީ، އަދުލުވެރިކަން ނެތް އެއްވެސް މުޖްތަމައުއެއްގައި ހެޔޮ ކަމެއް ނޯންނާނެ ކަމަށެވެ. އިންސާފާ ހަމަހަމަކަން ނެތް މުޖްތަމައެއްގައި ސުލްހަވެރިކަން ނޯންނާނެ ކަމަށެވެ.

ހެޔޮ ކަންކަމަށް އަމުރު ކުރުމާއި، ނުބައިކަންތައްތައް ނަހީ ނުކުރާ މުޖްތަމައުއަކީ އިސްލާމީ މަބާދިއު ތަކުން އެއްކިބާ ވެގެންވާ މުޖްތަމައެއް ކަމަށްވެސް ޚުތުބާގައި ފާހަކަ ކޮށްފައިވެއެވެ. އެއާއެކު އެފަދަ މުޖްތަމައުތައް ވެގެންދާނީ މުންކަރާތްތައް އާއްމުވެފައިވާ ބާއްޖަވެރިކަމެއް ނެތް މުޖްތަމައެއް ކަމަށްވެސް ޚުތުބާގައި ވެއެވެ.

ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައި ކަންކަން ހުއްޓުވުމަކީ އިސްލާމީ މުޖްތަމައެއްގެ އެންމެ އިސް ރުކުން ކަމަށްވެސް ޚުތުބާގައި ފާހަގަ ކޮށްފައިވެއެވެ. އެއާއެކު މި އުއްމަތް އެންމެ ހެޔޮ މުޖްތަމައު ކަމަށް ވެގެން ދިޔައީ ހެޔޮ ކަންކަމަށް އަމުރުކޮށް ނުބައި ކަންކަން ހުއްޓުވުމުގެ ސަބަބުން ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: ދެލިކޮޕީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.

އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން

އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ

ކޮމެންޓް