21 ފެބުރުއަރީ 2018 | ބުދަ | ހިޔަވިހާ 8

"ރައްޔިތުންގެބަދަލު" ރެލީ ހުކުރު ދުވަހުގެރޭ!

  • މި ރެލީ ފަށާނީ އެމްޑީޕީ ހަރުގެ ކުރިމަތިން
  • ރޭ ބޭއްވި ހަރަކާތުގައި ބައެއް މީހުން ވަނީ ހައްޔަރުކޮށްފައި
އަމިނަތް ނުޒުހާ | Nuzuha

| 11 އޯގަސްޓު 2017 | ހުކުރު 12:15 | |އެމްޑީޕީގެ ހަރުގެ ކުރިމަތީ ބޭއްވި ހަރަކާތެއްގެ ތެރެއިން -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

"ރައްޔިތުންގެ ބަދަލު" ނަމުގައި އެމްޑީޕީއާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ ހިނގާލުން ހުކުރު ދުވަހުގެ ރޭ އޮންނާނެ ކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީގެ އޮފިޝަލް ޓްވިޓާ އެމްޑީޕީ ސެކްރެޓޭރިއޭޓުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ، ގުޅިފައިވާ ޕާޓީތަކުން ހުކުރު ދުވަހުގެ ރޭ ބާއްވާ ޚާއްސަ ރެލީ ފެށޭނީ 9.00 ގައި ކަމަށެވެ.

އެމްޑީޕީގެ އިސްއޮފިޝަލަކު ބުނީ، މި ރެލީއަކީ މިހާރު މި އޮތް ސަރުކާރު ހަމަމަގަށް އެޅުވުމަށް އެޕާޓީ އާއި ގުޅިފައިވާ ޕާޓީތަކުން ކުރަމުންދާ މަސައްކަތުގައި ކުރިއަށްގެންދާ މަގުމަތީ ހަަރަކާތްތަކުގެ ތެރެއިން ބާއްވާ ހަރަކާތެއް ކަމަށެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން "ރައްޔިތުންގެބަދަލު" ގެ ނަމުގައި ކުރިއަށް ގެންދާ ހަރަކާތް ތަކުގެ ތެރެއިން ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ މަގުމަތީގެ ހަރަކާތުގައި ބައެއް މީހުން ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

މި އެއްވުން ފުލުހުން ރޫޅާލައި މާލެ ސިޓީ ކައުންސިލްގެ މާފަންނު މެދުދާއިރާގެ މެމްބަރު އަޒްރާ މޫސާއާ އެކު އެމްޑީޕީ ގައުމީ މަޖިލީހުގެ ބައެއް މެމްބަރުންނާއި އާއްމުންގެ ބައެއް މީހުން ހައްޔަރު ކޮށްފައެވެ.

އެމީހުން ހައްޔަރު ކުރުމާއި ގުޅިގެން އެމްޑީޕީގެ ޑެޕއުޓީ ޕީޖީ ލީޑަރު ރޮޒެއިނާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ، ހައްޔަރުކުރީ ކުށްވެރިން ނޫން ކަމަށާއި، އަސްލު ކުށްވެރިން ހިފާ ހައްޔަރުކުރުމަށް ފުލުހުންގެ ވަސީލަތްތައް ބޭނުންކުރުން މާ ރަނގަޅުވާނޭ ކަމަށެވެ.

މި ހަރަކާތުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް