16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
ފަތިސް 05:06
އިރުއަރާ 06:19
މެންދުރު 12:24
އަސްރު 15:41
މަޣްރިބް 18:22
އިޝާ 19:35

ހައްޖު 1438

އިންޑިއާގެ 391 ހައްޖުވެރިން ތިބި އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

  • މިހާދިސާގައި މީހަކަށް ގެއްލުމެއް ނުވޭ

| 9 އޯގަސްޓު 2017 | ބުދަ 21:06 | |

މަގުބޫލް

  1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
  2. އިންޑިއާގެ ހޮސްޕިޓަލަށް މަންމަ ދޫކޮށްލި ދަރިފުޅު، މިއަދު އެއީ ސްވިޒަލޭންޑްގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރެއް!
  3. ޔާމީންގެ ޑޮލަރު އެކައުންޓް ހުޅުވީ ކަރަޕްޝަން ފައިސާ ޖަމާކުރުމުގެ ހަ ދުވަސް ކުރިން
  4. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  5. ފުރަތަމަ ޑިގްރީ އާއި ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި
  6. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  7. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  8. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ


އަންގާރަ ދުވަހު ހިނގި އަލިފާނުގެ ހާދިސާ އާ ގުޅިގެން ހައްޖުވެރިން ހޮޓަލުން ނެރެނީ -- ސައުދީގެޒެޓް

ހައްޖުގެ އަޅުކަން އަދާކުރުމަށް ގޮސް ތިބި އިންޑިއާގެ 391 މީހުން ތިބި އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް ހިނގުމުގެ ސަބަބުން އެމީހުން ރައްކާތެރި ތަނަކަށް ގެންގޮސްފި ކަމަށް ސައުދީ އަރަބިއްޔާގެ މީޑިއާއިން ރިޕޯޓު ކޮށްފިއެވެ.

އަލް އަޒީޒިއްޔާގައި ހުރި މި ހޮޓަލުގައި އަލިފާނުގެ ހާދިސާ ހިނގީ އަންގާރަ ދުވަހުއެވެ.

މިހާދިސާގައި މީހަކަށް ގެއްލުމެއް ނުލިބެއެވެ.

މި ހާދިސާ ހިނގި ހޮޓަލުގައި ގިނައިން ތިބީ އިންޑިއާގެ އާސާމް އިން ހައްޖަށް އައިސް ތިބި މީހުންނެވެ.

ސައުދީ މީޑިއާއިން ބުނެފައިވަނީ އަލިފާނުގެ ހާދިސާ ހިނގިކަމަށް ބެލެވެނީ ކަރަންޓަށް ގުޅާފައި އޮތް މޮބައިލް ޗާޖަރެއްގެ ސަބަބުން ޝޯޓް ސާރކިޓް ވެގެން ކަމަށެވެ.

ހާދިސާ ހިނގީ ހޮޓަލުގެ 7 ވަނަ ބުރީގެ ކޮޓަރިއެއްގައެވެ. ސައުދީގެ ސިވިލް ޑިފެންސްފޯސް އިން ހަރަކާތްތެރިވެ ކުޑަ އިރުކޮޅެއްގެ ތެރޭގައި އަލިފާން ވަނީ ނިއްވާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް