16 ޖުލައި 2018 | ހޯމަ | 03 ފުސް
03 ޛުލްޤަޢިދާ 1439
އިޝާ 19:41
މަޣްރިބް 18:24
އަސްރު 15:38
މެންދުރު 12:16
އިރުއަރާ 06:00
ފަތިސް 04:43

ފަލަސުރުހީ

ރޮޒައިނާގެ ސުވާލު: ރިލްވާން މަންމައާ ކުރިމަތިލި ފުލުހުންގެ ހިތެއްވެސް ނެތީތަ؟

 • ރިލްވާންގެ މަންނަގެ ލޮލަށް ޕެޕަރސުޕްރޭ ޖެހި
 • ފިރިހެން ފުލުހުން އައިސް މުޒާހަރާގެ އަންހެނުންނާ ކުރިމަތިލި
 • އަނިޔާވެރިވާ ހިތުން ތިބޭ ބައެއް ފުލުހުން އަންހެނަކަށް ވެސް ބަލާ ނުލާ
މުރުޝިދް އަބްދުލް ހަކީީމް | @Murshidhu

| 9 އޯގަސްޓު 2017 | ބުދަ 02:45 | |

މަގުބޫލް

 1. ސުޕަރ އޯވަރަށް ނުކުންނަވައި، އިބޫ އާއި ފައިސަލް ޖެއްސެވީ ހަޔަކަށް!
 2. ޒުވާނުންގެ ޓްވީޓާއެކީ ޝަހީމް ހޫނުފެނަށް ، އެންމެފަހުން ޓްވީޓް ޑިލީޓް ކުރައްވައިފި
 3. ކެމްޕެއިން ދަތުރުތައް މެދުކަނޑާލެއްވުމަށް ފަހު، އިބޫ ރާއްޖެ އިން ބޭރަށް ވަޑައިގަންނަވަނީ
 4. ޓްރަމްޕް އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅާއި އޮބާމާގެ 2011 ވަނަ އަހަރުގެ ދަތުރުފުޅު: ރާނީ ކަންތައް ކުރެއްވީ ވަރަށް ތަފާތުކޮށް
 5. ރާއްޖެއަށް ފިޔަވަޅު އަޅައިފި ނަމަ ގެއްލުން ވާނީ އީޔޫއަށް: ޖަމީލް އުސްމާން
 6. ނޮވެމްބަރު 17ގައި ހުރިހާ ސިޔާސީ ލީޑަރުން މިނިވަން ވެގެންދާނެ: އިބޫ
 7. ދިވެހި ސަރުކާރުގެ ބައެއް ވެރިންނާމެދު އީޔޫއިން ދަތިކުރުމުގެ ފިޔަވަޅު އަޅަނީ
 8. ޖަލުގައިދޭ ޚިދުމަށް ރަނގަޅު ކުރާކަށް ބޭނުމެއް ނޫން: ނަވާޒް ޝަރީފުގެ ދަރިކަނބަލުން


ގެއްލުވާލެވިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މަންމަ، އަންގާރަ ދުވަހު ބޭއްވި ސުލްހަވެރި ހިނގާލުމުގައި. ފުލުހުން ވަނީ ރިލްވާންގެ މަންމަގެ ލޮލަށްވެސް ޕެޕާރ ސްޕްރޭ ޖަހާފައި -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

ވަގަށް ނަގާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މަންމައާ ކުރިމަތިލި ފުލުހުންގެ އަމަލުތަކާމެދު އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

 

ރިލްވާން ގެއްލުވާލިތާ ތިން އަހަރުވެފައިވާއިރުވެސް އެ މައްސަލައިގެ މައުލޫމާތު ފުލުހުން ހިއްސާ ނުކުރާތީ އާއި ތަޙްގީގު އަވަސް ކޮށްދިނުމަށް ގޮވާލައި އަންގާރަ ދުވަހު ވަނީ އެއްވުމެއް ބާއްވާފަ އެވެ. އަދި އެ އެއްވުމުގައި ބައިވެރިވި ރިލްވާން މަންމަގެ ލޮލަށް ފުލުހުން ވަނީ ޕެޕަރސްޕްރޭ ޖަހާފަ ކަމަށް އެއްވުމުގެ ބައިވެރިން ވަނީ ބުނެފަ އެވެ. 

 

މިކަމާ ގުޅޭ ގޮތުން އަންގާރަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުން އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުގެ ނައިބްކަންވެސް ކުރައްވާ ރޮޒައިނާ ވިދާޅުވީ ފުލުހުން ރިލްވާންގެ މަންމަގެ ލޮލަށްވެސް ޕެޕަރސުޕްރޭ ޖެހިއިރު އެއީ ހިތެއް ވެސް ނެތް ބައެއްތޯ ސުވާލު އުފެދުނު ކަމަށެވެ.

 

"މި އުޅޭނީ މަންމަ އަކު އެމީހާގެ ދަރިފުޅަކު ގެއްލިގެން. ރޮމުން އަދޭސް ކުރަމުން މަގުމަތީގައި ތިމަންނަގެ ދަރިފުޅު ކޮބައި ހޭ ކިޔައި ނިކުމެ އުޅޭއިރު އެމީހާއަށް އަޅާލުމެއް، ހަބަރެއް މައުލޫމާތެއް ނުދެވޭތާގައި އަނިޔާދޭން ޖެހޭތޯ. ނުޖެހޭނޫންތޯ. މިއީ ތޯ ރައީސް ޔާމިންގެ ވެރިކަމަކީ. ވަރަށް ރީއްޗެއް ނޫން ތޯ." ރޮޒައިނާ ވިދާޅުވި އެވެ.   

 

ރޮޒައިނާ އިތުރަށް ވިދާޅުވީ ރިލްވާންގެ އާއިލާ އާއި ހެޔޮއެދޭ މީހުންގެ އެއްވުމުގައި އަންހެނުން ގިނައިރު ފުލުހުންގެ އަމަލު ކުރި ގޮތް ފެނިފައި ދެރަވެ، ރުޅިއައި ކަމަށެވެ.

 

"ގިނަ އިން ތިބީވެސް އަންހެނުން. އެ އެންމެންގެ ގަޔަށް ބޮލަށް އަރައިގަންނަން ޖެހޭ ދަރަޖައަކަށް އެތަނުގައި ކަމެއް ދިޔައީކީ ނޫން. ފުލުހުންގެ ގާނޫނުގައި ބުނޭ ކަމާ ނުގުޅޭ ބާރުގެ ބޭނުން ނުކުރަން. މުޒަހަރާއެއް އަދި ރުޅާލަން ވިއަސް އެކަށީގެން ނުވާ ބާރުގެ ބޭނުން ނުކުރަން އެބަ އޮވޭ. އެހެން އެކަން އޮއްވާ އަޅުގަނޑުގެވެސް ލޯ ކުރިމަތީ އަންހެން ބޭފުޅަކު އަތުގައި އޮތް ބޯޑެއް އަތުލަންވެގެން ތިން ހަތަރު މީހުން އޭނާގެ ގާމައްޗަށް އަރައިގަނެގެން ހީވީ މާރާމާރީއެއް ފުލުހުން ހިންގިހެން." އޭނާ ވިދާޅުވި އެވެ. އަދި އަންހެން ފުލުހުން ތިބެ ފިރިހެން ފުލުހުން މުޒަހަރާގައި ތިބި އަންހެނުންނާ ކުރިމަތިލާ ގައިގަ އަތްލުމަކީ ހުއްދަ ކަމެއް ނޫންކަންވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

 

 

"އަނިޔާކުރަން ބޭނުންވެފައި ތިބި ވަރާއި އަރައިގަންނަން ބޭނުންވެފައި ބައެއް ފުލުހުން ތިބޭވަރު އެއިން އަޅުގަނޑުމެނަށް ފެނިގެން ދަނީ. ހޭބޯ ނާރާ، ނޭނގޭ ކާކުގެ ގައިގަ ކަމެއް މި ހިފައި ގަނެވެނީކީވެސް. ތިމަންނަމެންގެ ގާނޫނީ ވާޖިބަކީ ކޮބައި ކަމެއް ގާނޫނުން ތިމަންނަމެނަށް މަނާކަމަކީ ކޮބައި ކަމެއް ނޭނގި އަންހެނުންގެ ގަޔަށްވެސް އަރައިގަންނަ މަންޒަރު މި ފެންނަނީ،" ރޮޒައިނާ ވިދާޅުވި އެވެ.

 

ރިލްވާންގެ އާއިލާ އާއި ހެޔޮއެދޭ ބަޔަކު މަގު މައްޗަށް ނިކުތީ ހަމަ ނުޖެހުން ހިންގަން ނޫން ކަމަށާއި ފުލުހުންގެ ތަހްގީގުން އެއްޗެއް ހަމާ ކޮށްދިނުމަށް ގޮވާލަން ކަން ރޮޒައިނާ ފާހަގަ ކުރެއްވި އެވެ. އަދި ކޮންމެ ވަގުތެއްގައިވެސް ކުރިން އެންގުމަކާ ނުލާ އެއްވެ އުޅުމުގެ މިނިވަންކަން ގާނޫނު އަސާސީގައި ކޮންމެ މީހަކަށްވެސް ލިބިދީފައިވާ ހައްގެއް ކަމަށްވާއިރު ފުލުހުންނަށް އެކަން ނުހުއްޓުވޭނެ ކަމަށް ތަކުރާރުކޮށް ފާހަގަ ކުރެއްވި އެވެ. އަދި މާރާމާރީތަކުގައި އުޅޭ ކުދިންނާ މެދު ފުލުހުން  އަމަލު ކުރާވަރަށް ވުރެ ހަރުކަށިކޮން އާންމު އެއްވުންތަކަށްދާ އަންހެނުންނާމެދު އަމަލު ކުރާކަމަށްވެސް ރޮޒައިނާ ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ހަސަން

11 މަސް ކުރިން

ގޭގަ އޮތްނަމަ ނުޖަހާނެ ދޯ ސްޕްރޭ އެއްވެސް

0
0
ހުސޭނު

11 މަސް ކުރިން

ތިއީ ނޫންތޯ ތަރައްގީގެ އެވޯޑު މިލިބޭ ކަމަކީ

1
0
މަންމަ

11 މަސް ކުރިން

އެމަންމަ އަށް ކެތްތރިކަން ދެއްވާށި. ޢާމީން

4
1
މަންމަ

11 މަސް ކުރިން

ކޮބާ ދެން އެބުނާ އެއްވެ އުޅުމުގެ މިނިވަންކަން.

2
1