16 ޖުލައި 2018 | ހޯމަ | 03 ފުސް
03 ޛުލްޤަޢިދާ 1439
އިޝާ 19:41
މަޣްރިބް 18:24
އަސްރު 15:38
މެންދުރު 12:16
އިރުއަރާ 06:00
ފަތިސް 04:43

ރިލްވާން ގެއްލުވާލިތާ 3 އަހަރު

ހިނގާލުމުގެ ތެރެއިން ހައްޔަރުކުރި ނުވަ މީހުން ދޫކޮށްލާއިފި

  • ހިނގާލުމުގެ ތެރެއިން ނުވަ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަން ޖެންގޮސްފައި
  • ފުލުހުން ވަނީ ޕެޕާސްޕްރޭ ޖަހާ، ހިނގާލުގެ ބައިވެރިން އަތުގައި ހުރި ބޯޑުތައް ގެންގޮސްފައި
  • ހިނގާލުމަށް ހުރަސްއަޅާފައި ވަނީ އެއްވެއުޅުމުގެ ގާނޫނާއި ހިލާފްވުމުން
މުހަންމަދު ވިސާމް | sampathmasiw

| 8 އޯގަސްޓު 2017 | އަންގާރަ 23:34 | |

މަގުބޫލް

  1. ސުޕަރ އޯވަރަށް ނުކުންނަވައި، އިބޫ އާއި ފައިސަލް ޖެއްސެވީ ހަޔަކަށް!
  2. ޒުވާނުންގެ ޓްވީޓާއެކީ ޝަހީމް ހޫނުފެނަށް ، އެންމެފަހުން ޓްވީޓް ޑިލީޓް ކުރައްވައިފި
  3. ކެމްޕެއިން ދަތުރުތައް މެދުކަނޑާލެއްވުމަށް ފަހު، އިބޫ ރާއްޖެ އިން ބޭރަށް ވަޑައިގަންނަވަނީ
  4. ޓްރަމްޕް އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅާއި އޮބާމާގެ 2011 ވަނަ އަހަރުގެ ދަތުރުފުޅު: ރާނީ ކަންތައް ކުރެއްވީ ވަރަށް ތަފާތުކޮށް
  5. ރާއްޖެއަށް ފިޔަވަޅު އަޅައިފި ނަމަ ގެއްލުން ވާނީ އީޔޫއަށް: ޖަމީލް އުސްމާން
  6. ނޮވެމްބަރު 17ގައި ހުރިހާ ސިޔާސީ ލީޑަރުން މިނިވަން ވެގެންދާނެ: އިބޫ
  7. ދިވެހި ސަރުކާރުގެ ބައެއް ވެރިންނާމެދު އީޔޫއިން ދަތިކުރުމުގެ ފިޔަވަޅު އަޅަނީ
  8. ޖަލުގައިދޭ ޚިދުމަށް ރަނގަޅު ކުރާކަށް ބޭނުމެއް ނޫން: ނަވާޒް ޝަރީފުގެ ދަރިކަނބަލުން


ހިނގާލުމުގެ ބައިވެރިއެއް ހައްޔަރުކޮށްގެން ފުލުހުން ގެންދަނީ -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

ވަގަށް ނަގާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲގެ މައްސަލައިގެ މައުލޫމާތު ފުލުހުން ހިއްސާ ނުކުރާތީ އާއި ތަޙްގީގު އަވަސް ކޮށްދިނުމަށް ގޮވާލައި ބޭއްވި ހިނގާލުމުގެ ތެރެއިން ފުލުހުން ހައްޔަރުކުރި ނުވަ މީހުން ދޫކޮށްލާއިފިއެވެ.

 

އަންގާރަ ދުވަހުގެ ހަވީރު ބޭއްވި ހިނގާލުމުގައި ރިލްވާންގެ އާއިލާގެ މެމްބަރުންނާއި ގާތް އެކުވެރިންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބައިވެރިވިއެވެ. ރިލްވާންގެ މަންމާގެ ލޮލަށް ފުލުހުން ޕެޕާސްޕްރޭ ޖެހުމުން އެކަމާއި ހިތްހަމަނުޖެހިވަޑައިގެން ކަންބޮޑުވުން ފާޅުކުރުމުން ގަލޮޅު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު މަހުލޫފާއި މެދު ހެންވޭރު ދާއިރާގެ އަލީ އާޒިމްގެ އިތުރުން ހަތް މީހުން ހައްޔަރުކުރިއެވެ.

 

ފުލުހުން ބުނީ ހިނގާލުން ރޫޅާލައިފައި ވަނީ ސުލްހަވެރިކަމާއި އެއްވެއުޅުމުގެ ގާނޫނާއި ހިލާފްވުމުން ކަމަށެވެ. ހިނގާލުމުގެ ތެރެއިން ހައްޔަރުކުރި މީހުން ސަހީދު ހުސެއިން އާދަމް ބިލްޑިންގަށް ގެންދިއުމަށް ފަހު އެމީހުން ދޫކޮށްލާފައި ވަނީ އަންގާރަ ދުވަހުގެރޭ 10:00 ކަންހާއިރުގައެވެ.

 

ހައްޔަރުކުރި މީހުންގެ ތެރެއިން މީހަކު ރައްޖެއެމްވީއަށް މައުލޫމާތު ދެމުން ބުނީ އެ އެންމެންގެ މައްޗަށް ވެސް ތުހުމަތު ކުރީ އެއްވުންމަނާ ތަނަކަށް އެއްވުމުގެ ތުހުމަތުކަމަށެވެ. މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް