13 ޑިސެންބަރު 2017 | ބުދަ | 4 މުލަ

އަނަސް މަރާލީ ލައިގެން ހުރި ޓީޝާޓްގެ ސަބަބުން؟

  • އަނަސް އިމާރާތުގެ ތެރެއަށް ވަނީ ދުވެފައި އައިސް
  • ހަމަލާ ދިން މީހުންވެސް އިމާރާތައް ވަނީ އެކުއެކީގައި ދުވެފައި އައިސް
  • ހަމަލާދިން މީހުންގެ އަތްދަށުން ސަލާމަތް ވުމަށް އެންމެ ފަހު ވަގުތުވެސް އަނަސް މަސައްކަތް ކުރަމުން ދިޔަ

| | |



ލިޓަސް ގަރާޖުގެ ތެރޭގައި އުމުރުން 25 އަހަރުގެ މުހައްމަދު އަނަސް އަށް ބަޔަކު ހަމަލާދިން ވީޑިއޯގެ ސްކްރީން އިމޭޖެއް -- ފޮޓޯ:ރާއްޖެ އެމްވީ

ޖޫން މަހުގެ ފުރަތަމަ ދުވަހުގެ ރޭ ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ގްރޫޕަކުން ވަޅިން ހަމަލާދީ، ރ. މީދޫ އުމުރުން 25 އަހަރުގެ މުހައްމަދު އަނަސް މަރާލީ އޭނާ ލައިގެން ހުރި ޓީޝާޓްގެ ސަބަބުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް ލިޓަސް ސާވީސް ސެންޓަރު ތެރޭގައި އަނަސް އަށް ރަހުމްކުޑަކޮށް ވަޅިން ހަމަލާދޭ ސީސީޓީވީ މަންޒަރުތަކަށް ބަލާއިރު، ފެންނަނީ ބަޔަކު އަނަސް ފަހާ ދުވެ އައިސް ލިޓަސް ސެންޓަރު ތެރެއަށް ވަދެ ހަމަލާދޭ މަންޒަރެވެ.

ހަމަލާދިން ގަޑިއަކީ ސާވިސް ސެންޓަރުގައި ޚިދުމަތް ދެމުން ދިޔަ ގަޑި ކަމަށް ވުމާއެކު އެތައް މުވައްޒަފުންނެއް އިމާރާތުގެ އެކި ބައިތަކުގައި އެގަޑީގައި އުޅެމުން ދިޔަ ކަން ފާހަގަ ކުރެވެއެވެ.

ވީޑިއޯ ފުޓޭޖުން ފެންނަނީ ލިޓަސް ސާވިސް ސެންޓަރު ތެރެއަށް އަނަސް ދުވަފައި އައިސް ވަންނަ ތަނެއެވެ.

އަނަސް އިމާރާތުގެ ތެރެއަށް އައިސް ވަންނަން އުޅުނު އިރުގެ ހަރަކާތްތަކަށް ބަލާއިރު އޭނާ ހުރީ ވަރަށް ބޮޑަށް ހާސްވެފައިވާ ކަން ހާމަވެއެވެ. ދުވެފައި އައިސް ވަނީ ފަހަތައް އެނބުރި ބަލަމުން ބަލަމުންނެވެ. އަނަސް އިމާރާތައް ވަންނަ އިރު ލިޓަސްގެ ދެ މުވަޒަފުން އެތަނުގައި ތިބެއެވެ. އަނަސް ދުވެފައި އައީ ރައްކާތެރިކަން ހޯދުމަށް ކަމަށް ގަބޫލު ކުރެވެއެވެ. ވަދެގެން އައީ އޮފީހާ ދިމާލަށެވެ.

 

އަނަސް ގަރާޖަށް ވަދެގެން އައިސް މުވަޒަފެއްގެ ނިވަލަށް ވަންނަ އިރު ވަޅި ހިފައިގެން ހުރި ފުރަތަމަ މީހާ އައިސް އިމާރާތައް ވަންނަނީ

ވަދެގެން އައިސް އޮފީސް ބައިގެ ކުރިމަތީގައި ހުރި މުވައްޒަފައެއްގެ ފަހަތައް ވަދެ ރައްކާތެރިކަން ހޯދަން މަސައްކަތް ކުރިއެވެ. އޭރު މޫނު ނިވާކޮށްގެން ހުރި މީހަކު ވަޅި މަޅައިގެން ދުވެފައި އައިސް އަނަސް އާ އަރާ ހަމަ ކުރަނީއެވެ. އެއާއެކު އަނަސް މަސައްކަތް ކުރީ، ލިޓަސް އޮފީހުގެ ތެރެއަށް ވަދެވޭތޯއެވެ. "ރެސްޓްރިކްޓެޑް އޭރިޔާ" ޖަހާފައިވާ އެ އޮފީހުގެ ދޮރުގެ އަތްގަނޑުގައި ހިފާ ދޮރު ހުޅުވޭތޯ އަނަސް ވަރަށް މަސައްކަތް ކުރިއެވެ. އިލެކްޓްރޯނިކް ތަޅެއް ލާފައިވާ މި ދޮރު ހުޅުވަން އަނަސް މަސައްކަތް ކުރިވަރު އެނގެނީ ދޮރު ތިރިން ވަރަށް ބޮޑަށް ފޭވެގެން ދިޔަ މަންޒަރު ވީޑިއޯއިން ފެންނާތީއެވެ. އެތަނުން ވަޅި ހިފައިގެން ފުރަތަމަ ވަތް މިހާ އަނަސް އަށް ހަމަލާދޭން އުޅުނު އިރު އޭނާގެ އަތްދަށުން ސަލާމަތްވާން ދުއްވައިގަތުމަށް އަނަސް މަސައްކަތް ކުރިއެވެ. އެކަމަކު އެކަން އަނަސް އަށް ކާމިޔާބު ނުވީ އެ ވަގުތު އެކުއެކީ ވަޅި ހިފައިގެން ތިބި ގްރޫޕްގެ އިތުރު ތިން މީހުން އައިސް ހަމަލާދޭން ފެށުމުންނެވެ.

 

އޮފީސް ބަޔަށް ވަންނަން އަނަސް ދޮރުގައި ހިފިލެއް ބާރުކަމުން ދޮރު ބުޑުން ފޭވެފައި

ޙާދިސާ ހިނގަމުން ދިޔައީ ވަރަށް ގާތުގައި ތިބި ތަނުގެ މުވައްޒަފުންގެ ލޯމަތީގައެވެ.  މި މީހުން އަނަސް އަށް ހަމަލާދީ ދުވެފައި އިމާރާތުން ނުކުމެގެން ދިޔައީ ވަތްތާ މިނެޓެއް ދެމިނެޓެއް ހާއިރުގެ ތެރޭގައި ކަމަށް ލަފާކުރެވެއެވެ.

 

އަނަސް އަށް ހަމަލާ ދެމުން ދިޔައީ މުވައްޒަފުންގެ ލޯމަތީގައި

މައްސަލައިގައި އަމަލީ ގޮތުން ބައިވެރިވި ބަޔަކު އޮގަސްޓު މަހުގެ ހަވަނަ ދުވަހުގެ ރޭ ފުލުހުން ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަމުންދާއިރު، އަނަސް ރަހުމު ކުޑަ ގޮތަކަށް ވަޅިން ހަމަލާދީ މަރާލި ހާދިސާ އާ ގުޅޭ ގޮތުން އެކި ގޮތްގޮތަށް ވާހަކަތައް ދެކެވެމުންދާކަން ފާހަގަ ކުރެވެއެވެ. އެގޮތުން އަނަސް ލިޓަސް ސަރވިސް ސެންޓަރަށް ގޮސްފައިވަނީ ރައްޓެއްސަކާ ބައްދަލުކުރުމަށް ކަމަށާއި، އަދި އާއްމު ގޮތެއްގައި އަނަސް އެތަނަށް ގޮސް އުޅޭ ކަމަށްވެސް ބައެއް ވާހަކަތަކުގައި ވެއެވެ. އަދި އެރޭ އެ ހާދިސާ ހިނގައިފައިވަނީ އެތަނަށް އޭނާ ދިޔަތާ ބައި ގަޑިއިރުވެސް ނުވަނީސް ކަމަށް ވެސް ބައެއް ރިޕޯޓުތަކުގައި ވެއެވެ. ނަމަވެސް މި ވާހަކަތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަން ވަރަށް ސާފުކޮށް ފެންނަ މި ވީޑިއޯގެ މަންޒަރުތަކުން ހާމަވެއެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން އެއްވެސް އެއްޗެއް ހާމަނުކުރަނީސް އަދި މައްސަލައިގެ ތުހުމަތުގައި އެއްވެސް މީހަކު ހައްޔަރުވެސް ނުކުރަނީސް މި މަހުގެ ތިން ވަނަ ދުވަހުގެރޭ ހުޅުމާލޭގައި ފަހިވެހި އިޖްތިމާއީ މަރުކަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ގޮތުގައި، ލިޓަސް ފިހާރަތެރޭގައި ވަޅިން ހަމަލާދީ ކޮށާލި އަނަސްގެ ކުށެއް ނެތް ކަމަށާއި، ކުށްވެރިވަނީ އޭނާ ލައިގެން ހުރި ޓީޝާޓްކަމަށެވެ.

"އިހައްދުވަހު އެންމެފަހުން މަރުވި ކުއްޖާ މަރާލެވިފައިވަނީ ކީއްވެގެންތޯ. އޭނާއެއް ނޫނޭ ކުށްވެރިވަނީ. އޭނާ ލައިގެން ހުރި ޓީޝާޓު ކުށްވެރިވަނީ. އެއީ އޭނާ ލައިގެން ހުރި ޓީޝާޓުގައި އެހެން ކުއްޖަކު ހުރެގެން އެއީ އެކުއްޖާ ކަމަށް ހީކޮށް ކުއްޖެއްގެ ފުރާނައާއި މަސްގަނޑާއި ވަކިވެގެންދިޔައީ. މީތޯ އަޅުގަނޑުމެން ތަހުޒީބީ ދުނިޔެއެއްގައި އުޅެންވީގޮތަކީ." ރައީސް ޔާމީން ވިދާޅުވި އެވެ.

ފުލުހުން ތަހުގީގު ކުރަމުންދާ މިފަދަ ސީރިއަސް މައްސަލަތަކާ ބެހޭ ގޮތުން ތަހުގީގު ނުނިމެނީސް ހާދިސާ އާ ގުޅޭ މައުލޫމާތު ހާމަކުރުމުން ތަހުގީގަށް ހުރަސް އެޅޭ ކަމަށް ފުލުހުން ބަޔާންތައް ނެރުނު ނަމަވެސް ރައީސް ޔާމީންގެ މި ވާހަކަފުޅާ ބެހޭ ގޮތުން ފުލުހުން އެއްޗެއް ބުނެފައެއް ނުވެއެވެ.

އަނަސްގެ މަރުގެ ތަހުގީގު ރަނގަޅަށް ނުފެށި އުޅެނިކޮށް އަނަސް މަރުވީ ލައިގެން ހުރި ޓީޝާޓްގެ ސަބަބުން ކަމަށް ރައީސް ޔާމީން ވިދާޅުވެ ވާހަކަފުޅު ދެއްކެވި އިރު، މީގެ ތިން އަހަރު ކުރިން ރިލްވާން ވަގަށް ނެގި ސީރިއަސް މައްސަލަ އާ ގުޅޭ ގޮތުން ރާއްޖެޓީވީގެ ނޫސްވެރިއަކު ރައީސް ޔާމީނަށް ސުވާލު ދެންނެވުމުން އެކަމާ ގުޅޭ ގޮތުން އެއްޗެއް ވިދާޅުވާން ބޭނުންފުޅު ނުވާ ކަމަށާއި، އެކަމުގެ ތަހުގީގު ކަމާބެހޭ ފަރާތުން ކުރިއަށް ގެންދަވާނެ ކަމަށެވެ. ރިލްވާން ގެއްލުނުތާ ތިން އަހަރު ފުރިފައިވާއިރު ރައީސް އެ ވިދާޅުވި، ތަހުގީގު ނިމުނު ކަމެއްވެސް ކުރިއަށް ދާ ކަމެއްވެސް ނޭގެއެވެ.

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ



ރިޒާ

4 މަސް ކުރިން

ލައިގެންހުންނަ ޓީޝާޓެއްގެސަބަބުން ހައްގަކާނުލާފުރާނައެއްދުއްވާލެވޭނެކަށް ޤަބޫލްނުކުރެވޭ އެއީޓީޝާޓަކީވާހަކަވެސްދައްކާ،އަދިކުށްވެސްކުރެވޭނެ އެއްޗަކަށްނުވާތީ އެހެންވީމާ ވަގުން ފައިސާއިން ވައްކަންކުރީމާ ގޯސްވާނީފައިސާތޯ ވަޅިންހަމަލަދީމީހެއްގެފުރާނަދުއްވާލުމުންގޯސްވަނީވަޅިތޯ މިހެންކަން ނިމޭނަމަ، ނުވަތަ ދެކިލައްވާނަމަ މިއީ ކުށްވެރިންނަށްދެވޭ ހިތްވއރެއްކަންޔަގީން ރާއްޖެ އެމް.ވީ ގެ ލިޔުއްވުންތައް ވަރަށްފުރިހަމަކަމުގައި ދެކެން

0
0
އަހްމަދު

4 މަސް ކުރިން

މި ސީސީޓީވީ ފްޓޭޖް ލިބިދާނެތޯ؟ ނުވަތަ ތިޔަ ބޭފުޅުންގެ ސައިޓުގައި އަޕްލޯޑު ކޮށްލެވިދާނެތޯ؟

1
1
ތުނޑުކުނާ

4 މަސް ކުރިން

އިންސާފަށް ހުރަސް އެޅުނީ ނުބާބައެއް ގެންގޮސް ރޯނުބަކޮށް ސަރިޔަތް ކުރުމުން ކަމަށް ދެންނެވީމެވެ އުޅިގެންނެއް ނޫން ތިއޮތީމަރާފަ ގަސްތުގަ އެނގިގެން ޔަޤީން

1
0
އިންސާފު

4 މަސް ކުރިން

ރާއްޖެއެމްވީ އަށް ހެޔޮދުއާ ސަލާމް ތިޔަ ބޭފުޅުން ނޫސްވެރިކަމުގެ ނަމުގައި ދިވެހިރާއްޖޭގައި ތިޔަ ކުރައްވާ މަސައްކަތަށް އަސްއަރިބަހާ ސާބަހޭ. މިހާރު ތިޔަ ކުރެއްވި ކަމެއް އެނގިލައްވާތޯ އެވެ. އެގިގެން ނަމަވެސް ނުވަތަ ނޭނގި ނަމަވެސް ތިޔަ އެޅުއްވެނީ އިންސާފަށް ހުރަހެވެ. ތިޔަ ބޭފުޅުންގެ ނޫހުގައި ތިޔަ ގޮތަށް ފޮޓޯ އާއްމުކުރުމުން ވަނޭ ގޮތް ވިސްނޭވަރުގެ ހަމަ އެއްވެސް މީހަކު ތިޔަ ތާކު ނެތޭ. ..

10
30