16 ޖުލައި 2018 | ހޯމަ | 03 ފުސް
03 ޛުލްޤަޢިދާ 1439
ފަތިސް 04:43
އިރުއަރާ 06:00
މެންދުރު 12:16
އަސްރު 15:38
މަޣްރިބް 18:24
އިޝާ 19:41

ގާނޫނުއަސާސީ

ގާނޫނުއަސާސީ ހަމައެކަނި ދެލިގަނޑެއް

  • މަގާމްތަކުގައި ތިބޭ މީހުން ވަކިކުރުމަށް ގާނޫނުއަސާސީގައި ބަޔާން ކޮށްފައިވާ ގޮތް ވަނީ ބަދަލުކުރެވިފައި
  • މެމްބަރުންނަށް މިނިވަން ކަމާއެކު ވޯޓް ލުމުގެ ބާރެއް ނެތް
  • ގާނޫނުއަސާސީގައި ބުނާ އިންސާފުން ޝަރީޢަތް ކުރުން މިއަދުކު ނެތް
ސަހުބާން ފަހުމީ | sahubaan

| 8 އޯގަސްޓު 2017 | އަންގާރަ 09:53 | |

މަގުބޫލް

  1. ސުޕަރ އޯވަރަށް ނުކުންނަވައި، އިބޫ އާއި ފައިސަލް ޖެއްސެވީ ހަޔަކަށް!
  2. ޒުވާނުންގެ ޓްވީޓާއެކީ ޝަހީމް ހޫނުފެނަށް ، އެންމެފަހުން ޓްވީޓް ޑިލީޓް ކުރައްވައިފި
  3. ކެމްޕެއިން ދަތުރުތައް މެދުކަނޑާލެއްވުމަށް ފަހު، އިބޫ ރާއްޖެ އިން ބޭރަށް ވަޑައިގަންނަވަނީ
  4. ޓްރަމްޕް އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅާއި އޮބާމާގެ 2011 ވަނަ އަހަރުގެ ދަތުރުފުޅު: ރާނީ ކަންތައް ކުރެއްވީ ވަރަށް ތަފާތުކޮށް
  5. ރާއްޖެއަށް ފިޔަވަޅު އަޅައިފި ނަމަ ގެއްލުން ވާނީ އީޔޫއަށް: ޖަމީލް އުސްމާން
  6. ނޮވެމްބަރު 17ގައި ހުރިހާ ސިޔާސީ ލީޑަރުން މިނިވަން ވެގެންދާނެ: އިބޫ
  7. ދިވެހި ސަރުކާރުގެ ބައެއް ވެރިންނާމެދު އީޔޫއިން ދަތިކުރުމުގެ ފިޔަވަޅު އަޅަނީ
  8. ޖަލުގައިދޭ ޚިދުމަށް ރަނގަޅު ކުރާކަށް ބޭނުމެއް ނޫން: ނަވާޒް ޝަރީފުގެ ދަރިކަނބަލުން


ދިވެހިޖުމްހޫރީއްޔާގެ ގާނޫނުއަސާސީ -- ޓްވިޓަރ

ޤާނޫނުއަސާސީއަކީ ދައުލަތުގެ އެންމެހައި ކަންކަން ހިންގުމުގެ ނިޒާމު ކަނޑައަޅާފައިވާ ޗާޓެވެ. ދައުލަތުގެ ހުރިހާ ބާރުތަކާއި، އެ ބާރުތަކުގެ އިންތަކާއި މިންތަކުގެ ބަޔާނެވެ. ޤާނޫނުއަސާސީއާ ޚިލާފަށް އެއްވެސް ފަރާތަކުން ކުރާކަމަކީ ބާޠިލުކަމެކެވެ. އެކަމަކީ އެއްވެސް ފަރާތަކުން ބަލައިގަންނާނެ ކަމެއް ނޫނެވެ. ޤާނޫނު އަސާސީގައި ބުނެފައި ވަނީ އެ ވާހަކައެވެ.

ޤާނޫނުއަސާސީގެ ބޭނުމަކީ ޤައުމުގެ ރައްޔިތުންނަށް ޔަޤީންކަން ހޯދައި ދިނުމެވެ. ޤާނޫނީ ޙުކޫމަތުގެ ޔަޤީންކަން ހޯދައި ދިނުމެވެ. ޤާނޫނު އަސާސީގައި ވަނީ ޤާނޫނީ އިމުގެތެރެއިން މެނުވީ އެއްވެސް ކަމެއް ނުކުރެވޭނެ ކަމެވެ.

ކިތަންމެ ބާރުހުރި ފަރާތަކުންވިޔަސްއެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ ވިޔަސް، ރައްޔިތުންގެ މަޖިލީސް ވިޔަސް، ޝަރުޢީ ކޯޓްތައް ވިޔަސް، މިނިވަން މުއައްސަސާތައް ކަމަށް ވިޔަސް އަދި ރައްޔިތުން ވިޔަސްމެ އެވެ.

2008 ވަނަ އަހަރުގެ އޮގަސްޓް މަހު ދިވެހި ރައްޔިތުންނަށް ލިބިގެންދިޔަ ޤާނޫނުއަސާސީގައި ކިތަންމެ ރަނގަޅަށް ވެސް މިދެންނެވި ކަންކަން ލިޔެވި ބަޔާންކުރެވިފައިވެއެވެ. ސުވާލަކީ ލިޔެވިފައިވާ ގޮތަށް ޢަމަލުކުރަމުންދޭ ބާވާއެވެ؟

ޤާނޫނުއަސާސީގެ އަސާސީ އެއް ސިފައަކީ ޤާނޫނުއަސާސީއާއި ޤާނޫނުގައި ބުނެފައިވާ ގޮތަށް ކަންކަން ކުރުމެވެ. އެގޮތަށް ޢަމަލުކުރެވޭތޯއެވެ؟

ޤާނޫނުއަސާސީގައި ވަނީ އޮޑިޓަރ ޖެނެރަލް މަޤާމުން ވަކިކުރެވޭނީ ރައްޔިތުންގެ މަޖިލީހުން އޭނާގެ އިތުބާރު ނެތްކަމަށް ފާސްވެގެންކަމަށެވެ. އެއްވެސް ޙާލެއްގައި އޮޑިޓަރ ޖެނެރަލް ބަދަލުކުރުމުގެ ގޮތުން ޤާނޫނަށް ބަދަލު ގެނަސް އެކަން ކުރުމުގެ ވާހަކައެއް ނެތެވެ.


ފަނޑިޔާރުން ވަކިކުރާނެ ގޮތް ޤާނޫނުއަސާސީގައްޔާއި ޤާނޫނުގައި ކަނޑައަޅާފައި އެބައޮތެވެ. ފަނޑިޔާރުންގެ މައްސަލައެއް އުޅޭނަމަ، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އެފަނޑިޔާރަކުވެސް ހާޒިރުކޮށް މައްސަލަ ބަލައި އޭނާ ވަކިކުރަން އެކޮމިޝަނަށް ފެނިއްޖެނަމަ، ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން، އެމަޖިލީހުގެ ވޯޓްގައި ބައިވެރިވި މެމްބަރުންގެ 2/3 އަޣްލަބިއްޔަތުން ފާސްވުމުން މެނުވީ ފަނޑިޔާރަކު މަޤާމުން ވަކިނުކުރެވެއެވެ. ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓްގެ އެހެން ފަނޑިޔާރަކު މަޤާމުން ދުރުކުރެވުނީ މިދެންނެވި ޤާނޫނުއަސާސީއާއި ޤާނޫނުގައި ބުނެފައިވާ އުޞޫލުންތޯއެވެ؟

ހަމަ އެހެންމެ ސިވިލް ކޯޓުގެ ފަނޑިޔާރު މަރިޔަމް ވަހީދުއަކީ ފަނޑިޔާރުކަން ކުރުމުގެ ހައިސިއްޔަތު ނެތް މީހެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ ގާނޫނުއަސާސީއާއި ގާނޫނުތަކުގައި ބުނެފައިވާ އުސޫލްތަކުގެ ތެެރއިންކަން ބުނެވޭކަށް ނެތެވެ.

ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ އެންމެ ފުރަތަމަ ޖުޑީޝަލް ސަރވިސްއިން އައުމުގެ ބަދަލުގައި ޤާނޫނަށް ބަދަލު ގެނަސް އެ މައްސަލަ އެކޮމިޝަނަށް ފޮނުވައި، އެ ކޮމިޝަނުން މައްސަލަ މަޖިލީހަށް ފޮނުވައިގެން ގޮތެއް ނިންމީއެވެ. ފަނޑިޔާރުން ޤާބިލުނޫން ކަމަށް ނިންމެވި އިރު އެއިން ބޭފުޅެއްގެ ބަސްވެސް އަޑު އަހަން ބޭނުން ނުވިއެވެ. އަދި އެ ފަނޑިޔާރުން ޤާބިލުނޫން ކަމަށް ބަލައި ވަކިކުރުމުންވެސް އެ ބޭފުޅުންނަށް ފައިސާ އާއި ކާރާއި ބޭރު ޤައުމުތަކުން ހިލޭ ބޭސް ކުރެވޭ ގޮތަަށް އެތަކެއް ޢިނާޔަތްވަނީ ދީފައެވެ. އަޅެ ހައިރާނެއް ނުވާނެތޯއެވެ. ޤާބިލުނޫން ވިޔަސް ޤާބިލު ފަރާތްތަކަށް ލިބޭ އެންމެހައި ކަންކަން ލިބިއެވެ.

ދެން އޮތީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ވާހަކައެވެ. ރައްޔިތުންގެ ވޯޓަކުން އިންތިހާބްކުރާ ރައްޔިތުންގެ މަންދޫބުން މަގާމުން ވަކިކުރެވޭނެ ގޮތްތައް ވަރަށް ސާފުކޮށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް އެކަން ވެސް މިއަދު މިވަނީ ބަދަލުކޮށްފައެވެ.

ނަތީޖާއެއްގެ ގޮތުން މިއަދު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މިނިވަން ކަމާއެކު މަޖިލީހުގެ ތަޅުމުގައި ވޯޓްލުމުގެ ހައްގު ވެސް މިވަނީ ގެއްލިފައެވެ. ސަބަަބަކީ އެ މެމްބަރަކު ނިސްބަތްވާ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުން ނެރޭ ވިޕްލައިންއާ ހިލާފަށް ވޯޓް ދެއްވައިފިނަމަ ޕާޓީގެ އެތެރެއިން ފިޔަވަޅެއް އަޅާ ޕާޓީން ވަކިކޮށްފާނެތީއެވެ. ޕާޓީން ވަކިކޮށްފިނަމަ އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައެވެ. އެހެން ކަމުން ގާނޫނުއަސާސީގައި ބުނާ ގައުމީ މަސްލަހަތަށް އިސްކަން ދީގެން ވޯޓް ދިނުމުގެ އެއްވެސް ބާރެއް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އޮތްކަމަށް ދެންނެވޭކަށްނެތެވެ.

ގާނޫނުއަސާސީގައި ބުނާ އިންސާފުން ޝަރީޢަތްކުރުމުގެ ޙައްޤަކީ ޤާނޫނުއަސާސީން ލިބިދޭ ވަރަށް އަސާސީ ޙައްޤެކެވެ. މިއީ އެހެން ހުރިހާ ޙައްޤުތައް ކަށަވަރުކޮށްދޭ ޙައްޤެވެ. އިންސާފުން ޝަރީޢަތްކުރުމުގެ ޙައްޤުގެތޭރޭގައި ގިނަގުނަ ޙައްޤުތައް ކަށަވަރުކޮށްދީފައިވެއެވެ.

ޤާނޫނީވަކީލެއްގެ އެހީތެރިކަން ލިބިދިނުމާއި، އެމީހެއްގެ މައްޗަށް ތުހުމަތުކުރެވޭ އެންމެހައި ކަންކަމާއި ހެކިތައް ކުރިޔާލައި އެމީހަކަށް އެންގުމާއި، ތުހުމަތުކުރެވޭ ކަންކަމުގެ ދިފާޢުގައި މަސައްކަތްކުރުމަށް އެކަށޭނަ ވަގުތު ދިނުމާއި، ތުހުމަތުން ބަރީއަވުމަށް ދިފާޢުގައި ހެކިހުށަހެޅުމާއި، ދަޢުވާކުރާފަރާތުން ހުށަހަޅާ ހެކިންނާ ސުވާލުކުރުމާއި، އިސްތިޢުނާފުކުރުމަށް އެކަށޭނަ މުއްދަތު އޮތުންފަދަ ޙައްޤުތަކަކީ އިންސާފު ލިބިދިނުމުގެ ޙައްޤާ ގުޅިލާމެހިފައިވާ ޙައްޤުތަކެވެ.

ރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރުގެ މުޙައްމަދު ނާޒިމުގެ ޝަރީޢަތް ދިޔަ ގޮތާއި، ޤާނޫނީ ވަކީލުން ލިއްބައިދިން ގޮތާއި، ދިފާޢުވުމަށް ދެވުނު ވަގުތާއި، ހެކި ހުށަހެޅުމާއި، ހެކިން ބަލައިގަތުމާއި، އިދިކޮޅު ހެކިންނާ ސުވާލުކުރުމަށް ލިބުނު ފުރުޞަތަށް ބަލާލާއިރުވެސް ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އިންސާފުން ޝަރީޢަތްކުރުމުގެ ޙައްޤު ލިބިދީފައިވާގޮތަށް އެކަންކަން ޢަމަލީގޮތުން ފެނިގެންދިޔަކަމާމެދު ސުވާލު އުފެދެއެވެ.

މައްސަލައެއް އިސްތިޢުނާފުކުރުމަށް އޮންނަ މުއްދަތު ހަމަވުމުން، އެއީ ޚާއްޞަކޮށް ޖިނާއީ މައްސަލައެއްނަމަ، އަދި އިސްތިޢުނާފުކުރުމުގެ ޙައްޤު ބޭނުންނުކުރީ ދައުލަތުން ކަމުގައިވާނަމަ، އަލުން ޖިނާއީ މައްސަލަ އިސްތިޢުނާފުކޮށް، ކުށުން ބަރީއަވެފައި އޮތް އޮތުން މުރާޖަޢާކުރުމަށް މައްސަލައިގެ ފައިލް ހުޅުވުމަކީ، މައްސަލަތަކުގެ ނިހާއީ ނިންމުން އައުމުން ދެން އެމައްސަލައެއް ނުބެލޭނެކަމަށް ޤާނޫނުއަސާސީންނާއި ޤާނޫނުތަކުން ލިބިދޭ ޙައްޤަށް ބުރޫ އަރާނެ ކަންކަމެވެ.

ސުޕްރީމް ކޯޓުގެ ނިންމުމަކުންވެސް މައްސަލައެއްގައި އިސްތިޢުނާފުކުރުމަށް އޮންނަ މުއްދަތު ހަމަވުމަށް ފަހު މައްސަލަ އިސްތިޢުނާފު ކުރުމުގެ ފުރުޞަތު ނުދިނުމާބެހޭ ގޮތުން އަލި އަޅުވާލާފައިވެއެވެ. ކަންމިހެން އޮތްއިރު، ޖިނާއީ މައްސަލަތަކެއްގެ ތުހުމަތުކުރެވި، އެމައްސަލަތައް ޖިނާއީ ކޯޓުންނާއި ހައިކޯޓުން ސާބިތުނުވާކަމަށް ނިންމާފައިވަނިކޮށް، އެމައްސަލަތައް އިސްތިއުނާފުކުރަން އޮންނަ މުއްދަތު ހަމަވިތާ އެތަކެއް ދުވަސްތައް ފާއިތުވުމަށްފަހު، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އެމައްސަލަތައް ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅުމުން ބަލައިގަނެ، އެކޯޓުން އެމައްސަލަތައް ދަނީ ހިންގަމުންނެވެ.

ޤާނޫނުއަސާސީއާއި ޤާނޫނުގެ މަޤްޞަދަކީ އަދި އެއިން ރައްޔިތުންނަަށް ލިބޭ ޔަޤީންކަމަކީ، ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި ލިޔެވިފައިވާގޮތަށް ކަންކަންކުރުމުގެ ޔަޤީންކަމެވެ. ނަމަވެސް މިޔަޤީންކަމަށް މިވަނީ ގުޑުން އަރާފައެވެ. އިސްވެދެންނެވި މަދު ކަންކަން ހެއްކަކަށް ފުދެއެވެ. ޤާނޫނުއަސާސީންނާއި ޤާނޫނުން ގެރެންޓީ ދިން ޔަޤީންކަން ނެތުމުން، އެއީ ހަަމައެކަނި ކަރުދާސްގަނޑެއްގައި ލިޔެފައިވާ ބަސްތަކަކަށްވީއެވެ. ބޭކާރުވީއެވެ. ގާނޫނުއަސާސީ އަށް ނުވަ އަހަރު ފުރިގެން ދިޔައިރު ގާނޫނުއަސާސީ މިވަނީ ހަމައެކަނި ދެލިގަނޑަކަށްވެފައެވެ. ގާނޫނުއަސާސީއަކީ ފައިދާ ހުރި ބޭނުންތެރި އެއްޗެއްގެ ގޮތުގައި މިއަދު ދިވެހިންނެއް ގަބޫލުނުކުރެއެވެ.

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

!ޔާމީން ޤާނޫނުގަޓުހުރިކަން

11 މަސް ކުރިން

ކުރިން ހަނދުކޭތަ ހިފާއިރު ބަސްނާހާ ކުދިން ގައިގައި އަހިފަތުން ތަޅާ އުޅޭ ކަމަށެވެ. މިހާރު ވެސް ރާއްޖޭގައި އަހިވަކުން ތަޅަން ޖެހޭ ހަތަރު ލީޑަރުން އެބަތިބި ކަމަށް ޔާމީންގެ ޓްވީޓްގައި އިތުރަށް ވިދާޅުވިއެވެ!؟

0
0