14 ޑިސެންބަރު 2017 | ބުރާސްފަތި | 5 މުލަ

ގްރީން ސްޓްރީޓުން ފެށުން ރަންގަޅު ކޮށްފި

  • ގްރީން އިން މެޗް ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުން
  • މިއީ މި ދެޓީމުވެސް ލީގުގައި ކުޅުނު ފުރަތަމަ މެޗް

| | | AbdhullahZiyan | |



ދިވެހި ޕްރިމިއާ ލީގުގައި ގްރީން ސްޓްރީޓާއި ށ.މިލަންދޫ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ:އަބްދުﷲ ޒިޔާން އަލީ

 

އުރީދޫ ދިވެހި ޕްރިމެއާ ލީގުގައި ކްލަބް ގްރީން ސްޓްރީޓުން، ފަހު ވަގުތު ކާމިޔާބުކުރި ލަނޑާއެކު  ށ.މިލަންދޫގެ މައްޗަށް ކުރިހޯދައި ފެށުން ރަނގަޅުކޮށްފިއެވެ.

ދިވެހި ޕްރިމެއާ ލީގުގައި މި ދެޓީމް ކުޅުނު ފުރަތަމަ މެޗް ގްރީން ސްޓްރީޓުން ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުންނެވެ.

އާދީއްތަ ދުވަހު ހަވީރު ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މިމެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑް ނަގާފައިވަނީވެސް ގްރީން ސްޓްރީޓުންނެވެ. މެޗުގެ 6 ވަނަ މިނެޓުގައި އެޓީމަށް ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގައިދިނީ އަހުމަދު ރަޝީދެވެ. މި ލަނޑަށް ފަހުގައިވެސް ގްރީން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން އެޓީމުން ވަނީ ލީޑުގައި އޮވެ ފުރަތަމަ ހާފް ނިންމާލާފައެވެ.

ދެވަނަ ހާފު ފެށިގެން ދެޓީމުގެ ފަރާތުންވެސް ފެނުނީ ވަރަށް ހަމަހަމަ ކުޅުމެކެވެ. އެގޮތުން ދެޓީމުންވެސް ވަނީ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށް ލަނޑެއް ކާމިޔާބުކުރަން މަސައްކަތް ކޮށްފައެވެ. އެގޮތުން މިލަންދޫއިން ވަނީ ގްރީން ސްޓްރީޓުގެ ކީޕަރު ޖުން ކޮޗީއަށް ހެދުނު ބޮޑު ގޯހެއްގެ ފައިދާ ނަގައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު މެޗުގެ 63 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އިސްމާއިލް ފަތުހީ އެވެ.

މިލަންދޫއިން ނަތީޖާ ހަމަހަމަ ކުރުމާއި އެކު މެޗުގެ ފޯރި ވަނީ އިތުރަށް ގަދަވެފައެވެ. އެގޮތުން ދެޓީމުންވެސް ދިޔައީ ފުލުފުލުގައި ހަމަލާތަށް އުފަށްދަމުންނެވެ. މިލަންދޫގެ އުންމީދުތަށް ފެނަށް ދުއްވާލީ، މެޗުގެ ފަހު ވަގުތު، ގްރީންގެ ބިދޭސީ ކުޅުންތެރިޔާ ސޮބޮލް އިއްލިއާ އެވެ. މިސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އިއްލިއާ މި ލަނޑު ކާމިޔާބުކުރީ މެޗުގެ 89 ވަނަ މިނެޓުގައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވުނީ އޭނާއެވެ.

ލީގުގައި އާދީއްތަ ދުވަހުގެރޭވެސް މެޗެއް ކުޅޭނެ އެވެ. މި މެޗުގައި ބައްދަލުކުރާނީ ގދ.ތިނަދޫ އާއި އއ.މާޅޮހެވެ.

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ