24 މާރޗް 2019 | އާދީއްތަ | 13 ފަސްބަދުރުވަ
17 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:19
މެންދުރު 12:16
އިރުއަރާ 06:07
ފަތިސް 04:57

ޖުމްހޫރީ ޕާޓީ

ޝާފިއުގެ މައްސަލަ ހައިކޯޓްގައި އިސްތިއުނާފް ކޮށްފި

  • ޝާފިއު ކޯޓަށް ހާޒިރުވުމަށް އަންގާފައި ވަނީ އޯގަސްޓް އެއްވަނަ ދުވަހު
  • ޝާފިއު ދޫކޮށްލާފައި ވަނީ ޖުލައި ނުވަނަ ދުވަހު
މުހަންމަދު ވިސާމް | sampathmasiw

| 28 ޖުލައި 2017 | ހުކުރު 21:15 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
  3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  5. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު
  6. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ
  7. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ
  8. ހަރާމް އެއްޗެއް ކައިފިނަމަ އިލާހީ ކޯފާ ހަށިގަނޑަށް ވާޖިބުވާނެ: ޚުތުބާ


އަހުމަދު ޝާފިއު -- ރާއްޖެއެމްވީ

ޖުމްހޫރީ ޕާޓީގެ މެމްބަރު އަޙްމަދު ޝާފިއު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކުރި މައްސަލަ ދައުލަތުން ހައިކޯޓްގައި އިސްތިއުނާފް ކޮށްފިއެވެ.

 

ޖުލައި 4 ވަނަ ދުވަހު ކުނޫޒު ދޮރުމަތިން ޝާފިއު ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު ކުރެއްވީ ސައްހަ ސޮއެއް ނޫން ކަމަށް ބުނާ މައްސަލައިގެ ތަހްގީގަށެވެ. 

 

އެއީ ވަގު ސޮއެއް ކަމަށް އަހްމަދު ރަޝީދު ވިދާޅުވި އެވެ. ނަމަވެސް އޭގެ ފަހުން އެއީ ސައްހަ ސޮއެއް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. 

 

ޝާފިއު ކޯޓަށް ހާޒިރުވުމަށް އަންގާފައި ވަނީ އޯގަސްޓް އެއްވަނަ ދުވަހު 9:00 އަށެވެ. ހައިކޯޓުން ޝާފިއުއަށް ފޮނުވާފައިވާ އަމުރުގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުންގެ އަމުރު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އިސްތިއުނާފް ކުރުމަށް  ހުށައަޅާފައިވާ ތީ ކޯޓަށް ހާޒިރުކުރާކަމަށެވެ.

 

އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހުށަހެޅި މައްސަލައިގައީ އަހުމަދު ރަޝީދު ސޮއި ނުކުރައްވާކަމަށް ވިދާޅުވާއިރު ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނާއެކު އެލިސްޓްގައި ސޮއި ކުރައްވަން އިންނެވި ފޮޓޯއެއް ސޯޝަލް މީޑިއާގައި ޢާއްމުވެފައެވެ. ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަހުމަދު ޝާފިއުއަކީ އެލިސްޓްގައި އަހުމަދު ރަޝީދު ސޮއިކުރެއްވިއިރު އެ މަންޒަރު ފޮޓޯ ނަގައި އަދި ވީޑިއޯ ކުރި މީހާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް