24 މާރޗް 2019 | އާދީއްތަ | 13 ފަސްބަދުރުވަ
17 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:19
މެންދުރު 12:16
އިރުއަރާ 06:07
ފަތިސް 04:57

މެންބަރުން ހައްޔަރުކުރުން

ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސެއިން ހައްޔަރުކޮށްފި

 • ސައުދު މިއަދު ފުލުހަށް ހާޒިރުވީ ހޯދަން އިއުލާނު ކުރީ ކޮން މައްސަލައެއްގައި ތޯ ބެއްލެވުމަށް
 • އޭނާ ހައްޔަރު ކުރީ، އަމިއްލައަށް ފުލުހަށް ހާޒިރުވެވަޑައިގެން ހުންނަވަނިކޮށް
 • ނުބައި ކޯޓު އަމުރެއްގެދަށުން ކުރިންވެސް ސައުދު ހައްޔަރުކޮށްފައިވޭ
އަމިނަތް ނުޒުހާ | nuzu8121

| 28 ޖުލައި 2017 | ހުކުރު 16:01 | |

މަގުބޫލް

 1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
 2. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
 3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
 4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
 5. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު
 6. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ
 7. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ
 8. ހަރާމް އެއްޗެއް ކައިފިނަމަ އިލާހީ ކޯފާ ހަށިގަނޑަށް ވާޖިބުވާނެ: ޚުތުބާ


ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސެއިން ފުލުހުންގެ އިދާރާއަށް ހާޒިރު ވަނީ -- ރާއްޖެއެމްވީ ފޮޓޯ : ރާއްޖެ އެމްވީ

ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސެއިން ހައްޔަރުކޮށްފިއެވެ.

ސައުދު ހައްޔަރުކޮށްފައި މި ވަނީ ފުލުހުން ބަލަމުންދާ މައްސަލަ އަކާއި ގުޅިގެން، އެބޭފުޅާ ހޯދުމަށް ފޮޓޯއާއި އެކު އިޢުލާނުކުރިތާ 24 ގަޑިއިރުވެސް ނުވަނީހެވެ.

ސައުދު ވަނީ ހުކުރު ދުވަހުގެ ހަވީރުގެ ވަގުތެއްގައި، ފުލުހުން އެބޭފުޅާ ހޯދުމަށް އިޢުލާނު ކުރި ސަބަބު އޮޅުންފިލުވުމަށް ފުލުހުންގެ އިދާރާއަށް އަމިއްލައަށް ހާޒިރުވެވަޑައިގެންފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެބޭފުޅާ ހައްޔަރު ކުރީ، އަމިއްލައަށް ފުލުހަށް ހާޒިރުވެވަޑައިގަތުމުންނެވެ.

ސައުދު ހޯދުމަށް ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ގއ. ވިލިނގިލި އަޅިވިލާގެ އުމުރުން 36 އަހަރުގެ ސައުދު ހުސައިން ހޯދަމުންދާ ކަމަށެވެ. ސައުދު ހުސައިންގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒު ކްރައިމް ޑިޕާޓްމެންޓަށް ގުޅައި، އެ މައުލޫމާތު ހިއްސާކުރުމަށް އެދޭކަމަށެވެ.

ސައުދު ހޯދުމަށް ފުލުހުން އިޢުލާނުކުރުމާއި ގުޅިގެން އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފަިއވަނީ، ފުލުހުންގެ ޒިންމާދާރުކަން ވަރަށް ކުޑަ ކަމަށެވެ. އަދި ގެއްލުވާލަން އުޅުނު ނަމަވެސް ނުގެއްލޭނެ ކަމަށާއި، ނުވެސް ފިއްލަވާނެކަމަށް ސައުދު ވިދާޅުވެފައިވެއެވެ. އެއާއެކު އަމުރު ރަނގަޅުތޯ ސައުދު ވަނީ ސުވާލުކުރައްވާފައެވެ.

 

ހުކުރު ދުވަހު ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގަތުމުން އެބޭފުޅާ ހައްޔަރުކުރި އިރު، މިދިޔަ އަންގާރަ ދުވަހު ރޭ ވެސް ސައުދު ހައްޔަރުކުރިއެވެ. އެހެން ނަމަވެސް ކޯޓުއަމުރުގައި ހުރި މައްސަލަތަކަކާއި ގުޅިގެން އޭނާ ވަނީ ފަހުން ދޫކޮށްލާފައެވެ.

އޭނާ އެފަހަރު ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނޫން ކަމަށް ރައްޔިތުންގެ މަޖިލީޙުން ކަނޑައަޅާފައިވަނިކޮށް، ފުލުހުންގެ ސަފުތައް ފަޅާލައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަދެފައިވާކަމުގެ ތުހުމަތުގައެވެ. އެހެން ނަަމަވެސް އަމުރުގައި ހައްޔަރުކުރުމަށް ބޭނުންވާ ސަބަބުގެ ގޮތުގައި ހިމަނާފައިވާ ބައިގައި ވަނީ މުހައްމަދު އަމީތު އަހްމަދު މަނިކުގެ ނަމެވެ.

މީގެ އިތުރުން ހޯމަ ދުވަހު ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު އަންގާރަ ދުވަހު އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިދީފައެވެ.

ސައުދު، އަމީތު އަދި ވަހީދުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުންނާއި މަޖިލީހުން ކަނޑައަޅާފައިވާއިރު، ގޮނޑި ގެއްލުނު މައްސަލައިގައި ސުޕްރީމް ކޯޓުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ. އެ މައްސަލަ އެ މެމްބަރުން ވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށްވެސް ހުށައަޅުއްވަފަ އެވެ. އަދި އެ މައްސަލާގެ ޝަރީއަތްތައް ވަރަށް އަވަހަށް ފަށާނެކަންވެސް އެ ކޯޓުން އެ މެމްބަރުންނަށް އަންގާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް