23 މާރޗް 2019 | ހޮނިހިރު | 13 ފަސްބަދުރުވަ
16 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:20
މަޣްރިބް 18:18
އިޝާ 19:29

ރައީސް ނަޝީދު

އަނިޔާކުރާ ފުލުހުންނާއި މެދު ފިޔަވަޅު އަޅާނަން: ރައީސް ނަޝީދު

  • އަނިޔާ ކުރާ ފުލުހުންގެ ވާހަަކަދައްކާނެ
  • އެފަދަ ފަރާތްތަކާއި މެދު ފިޔަވަޚު އަޅާނަން
  • މިފަދަ ކަންކަން ހާމަކުރާ މީހުންނާއިމެދު ފިޔަވަޅު އަލާނަން
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 28 ޖުލައި 2017 | ހުކުރު 07:14 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
  3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  5. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު
  6. ވެރިކަމަށް އައީ ގިނަ ބައެއްގެ އެހީތެރިކަމާއެކު، އެއްވެސް ބަޔަކަށް ދެރަ ގޮތެއް ނުހަދާނަން: ރައީސް ސޯލިހު
  7. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ
  8. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ


ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި އެއްވުމެއްގެ ތެރެއިން ބަޔަކު ހައްޔަރުކޮށްގެން ގެންދަނީ -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

އަނިޔާވެރި ފުލުހުނާއި މެދު ފިޔަވަޅު އަޅާނެ ކަމަށާއި ފުލުހުން ރައްޔިތުންނަށް ކުރާ އަނިޔާ ހުއްޓާ ނުލާ ހިނދު އެ ފުލުހުންނަށް އަމާޒުކޮށް ބަސް ބުނުން ހުއްޓާ ނުލެވޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

 

 ރައީސް މުހައްމަދު ނަޝީދު މިހެން ޓްވީޓްކޮށްފައިވަނީ ފުލުހުން އާއްމުކޮށްފައިވާ ބަޔާނެއް ޓެގް ކުރުމަށްފަހު އެވެ.

 

 

 އެގޮތުން ފުލުހުންގެ މި ބަޔާނުގައި ބުނެފައިވަނީ، ސޯޝަލް މީޑިޔާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން ވަކިވަކި ފޮޓޯޖަހާއި ފުލުހުންގެ އާއިލާތަކުގެ މެމްބަރުންގެ ފޮޓޯއާއި ޒާތީ ބެއެއް މައުލޫމާތުތައް މިފަދަ ގޮތްގޮތަށް އާއްމު ނުކުރުމަށް ވަނީ އެދިފަ އެވެ.

 

މީގެ އިތުރުން ވަކި ވަކި ފުލުހުންނަށް އިންޒާރުދީ،ފުލުހުންނާމެދު ރައްޔިތުންގެ ހިތްތަކުގައި ރުޅިވެރިކަމާއި ނަފުރަތު އުފައްދާއި ފުލުހުންނަށް އަނިޔާވެރިވުމަށް ހިތްވަރުލިބޭ ގޮތަށް ކުރަމުންދާ މަސައްކަތް ނުކުރުމަށް ވަނީ އެދިފައެވެ.

 

ފުލުހުންގެ ނަމުގައި ހަގީގަތާއި ހިލާފު ވާހަކަތައް ފެތުރުމާއި ފުލުހުންގެ މުއައްސަސާގެ ގަދަރާ އިހުތިރާމް ގެއްލުވާލުމަށާއި އެކަންކަމަށް، ހިތްވަރުލިބޭ ގޮތަށް ބައެއް ފަރާތްތަކުން ކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށްވެސް އަންގާ ކަމަށެވެ. މިފަދަ އަމަލުތައް ހިންގާ ފަރާތްތައް ހޯދާއި އެފަދަ ފަރާތްތަކާއި މެދު އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުހުން ވަނީ އެދިފަ އެވެ.

 

ފުލުހުންގެ ބަޔާނަށް ކުރީގެ ރައީސް ޓްވީޓުކޮށްފައިވާ އިރު ސިޔާސީ އެހެން އިސްފަރާތްތަކުންވެސް ވަނީ ފުލުުހުން މިހާރު އަަމަލުކުރަމުންދާ ގޮތާމެދު ކަންބޮޑުވުންފާޅުކޮށްފަ އެވެ.

 

މިފާއިތުވެދިޔަ ހަތަރު ދުވަހުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގުޅިގެން ބާއްވާ އެކި އެކި ހަރަކާތްތައް ބޭއްވުމަށް ހުރަސްއަޅާފައިވާ އިރު، އަކަންކަން ކަވަރު ކުރަމުންދާ ނޫސްވެރިންގެ އިތުރަށް އާންމުންގެ ގިނަބަޔަކަށް ވަނީ ފާޑުކިޔާފަ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް