24 މާރޗް 2019 | އާދީއްތަ | 13 ފަސްބަދުރުވަ
17 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:19
މެންދުރު 12:16
އިރުއަރާ 06:07
ފަތިސް 04:57

ރާއްޖޭގެ ސިޔާސީ މަސްރަހު

ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަމާއިމެދު އދގެ ސެކެޓްރީ ޖެނެރަލް ކަންބޮޑުވުން ފާޅުކޮށްފި!

 • މަޖިލީހުގެ މެންބަރުންނަށް ކުރިމަތިކުރުވާ ފިއްތުންތަކަށް ކަންބޮޑުވުން ވަނީ ފާޅުކޮށްފަ
 • ހިޔާލުފާޅު ކުރުމަށް ފުރުސަތު ދިނުމަށް ވަނީ ގޮވާލައްވާފަ
 • މަޝްވަރާކޮށްގެން ރާއްޖޭގެ ހާލަތު ރަގަޅު ކުރުމަށް ވަނީ ގޮވާލައްވާފަ
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 28 ޖުލައި 2017 | ހުކުރު 01:34 | |

މަގުބޫލް

 1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
 2. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
 3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
 4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
 5. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު
 6. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ
 7. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ
 8. ހަރާމް އެއްޗެއް ކައިފިނަމަ އިލާހީ ކޯފާ ހަށިގަނޑަށް ވާޖިބުވާނެ: ޚުތުބާ


މުޒާހަރާއެއްގައި ހައްޔަރުކުރި ބަޔަކު ފުލުހުންގެ ވެހިކަލަށް އަރުވައިގެން ގެންދަނީ -- ޓްވިޓަރ

ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާރު ހިނގަމުންދާ ކަންތައްތަކާއި މެދު ކަންބޮޑުވާކަމަށާއި ގާނޫނު އަސާސީ އާއި އެއްގޮތްވާ ގޮތުގެ މަތިން ރައްޔިތުންނަށް ހިޔާލު ފާޅު ކުރުމާއި އެއްވެއުޅުމުގެ މިނިވަންކަން ދިނުމަށް އދގެ ސެކެޓްރީ ޖެނެރަލް  އެންޓޯނިއޯ ގުޓެރެސް ގޮވާލައްވައިފި އެވެ.

 

އދގެ ސެކެޓްރީ ޖެނެރަލް  އެންޓޯނިއޯ ގުޓެރެސްގެ ފަރާތުން ތަރުޖަމާނު ނެރެފައިވާ ބަޔާނުގައި ވަނީ ރާއްޖޭގެ ރާއްޖޭގެ ސިޔާސީ މަސްރަހާއި މެދު ކަންބޮޑުވާކަން ފާހަަގަކޮށްފަ އެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ކުރަމަތިކުރުވަމުން އަންނަ، ފުރައްސާރަ އާއި ފިއްތުންތައް ހުއްޓާލުމަށް ވަނީ ގޮވާލައްވާފަ އެވެ. މީގެ އިތުުރުން ސިޔާސީ ޕާޓީތަކަށާއި އާންމު ރައްޔިތުންގެ އިތުރަށް، މީޑިޔާގެ ފަރާތްތަކަށް ކުރިމަތިކުރަމުންދާ ފިއްތުންތައް ހުއްޓާލުމަށްވެސް މި ބަޔާނުގައި ވަނީ ގޮވާލައްވާފަ އެވެ.

 

މިކަންކަން މަސްވަރާކޮށްގެންނާއި އެންމެގެ ހިޔާލާއި ލަފާ ހޯދައިގެން، ކުރުމަކީ އެންމެ އެދެވޭ ގޮތް ކަމަށް، އދ އިން ވަނީ ގޮވާލައްވާފަ އެވެ.

 

ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަމާއި ގުޅިގެން އދގެ ސެކެޓްރީ ޖެނެރަލް ކަންބޮޑުވުން ފާޅުކޮށްފައިވާ އިރު، ރައްޔިތުންގެ މަޖިލީހުގެ އިދާރާ ވަނީ މަޖިލީހުގެ މެންބަރުންނަށް ނުވަދެވޭ ގޮތަށް ބަންދުކޮށްފަ އެވެ. މީގެ އިތުރުން އިދިކޮޅު ފަރާތްތަކަށް އެއްވުންތައް ބޭއްވުމަށް ފުރުސަތު ނުދިނޭ އިރު ބުދަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި ހަރަކާތްތައް ކަވަރ ކުރުމަށްދިޔަ ނޫސްވެރިންތަކެއްވެސް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ބައެއް ނޫސްވެރިންނަށް އަނިޔާވެސް ވަނީ ކޮށްފަ އެެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް