23 މާރޗް 2019 | ހޮނިހިރު | 13 ފަސްބަދުރުވަ
16 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:20
މަޣްރިބް 18:18
އިޝާ 19:29

ޓާޓާ ފްލެޓު

ޓާޓާ ފްލެޓުގެ ދޮރަކުން ބިއްލޫރިގަނޑެއްގެ ބައެއް ވެއްޓިއްޖެ

  • މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވޭ
ސިމާހާ ނަސީމް | sim_kamana

| 27 ޖުލައި 2017 | ބުރާސްފަތި 22:44 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
  3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  5. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު
  6. ވެރިކަމަށް އައީ ގިނަ ބައެއްގެ އެހީތެރިކަމާއެކު، އެއްވެސް ބަޔަކަށް ދެރަ ގޮތެއް ނުހަދާނަން: ރައީސް ސޯލިހު
  7. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ
  8. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ


ޓާޓާ ފްލެޓުގެ ބިއްލޫރިގަނޑެއްގެ ބައެއް ވެއްޓިފައި -- ރާއްޖެއެމްވީ

ކުރީގެ ޢަރަބިއްޔާ ސުކޫލް ހުރި ބިމުގައި އަޅާފައިވާ ޓާޓާ ފުލެޓްތަކުގެ މަގާއި ދިމާލަށް ހުރި ދޮރަކުން ބިއްލޫރިގަނޑެއްގެ ބައެއް ވެއްޓިއްޖެއެވެ.

 

ބިއްލޫރިގަނޑެއްގެ ބައެއް ވެއްޓިފައިވަނީ ޓާޓާ ފްލެޓްގެ ފުރަތަމަ ފަންގިފިލާގައި އިންނެވެ.

 

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޓާޓާ ފްލެޓްގެ ބިއްލޫރިގަނޑެއްގެ ބައެއް ވެއްޓިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ހަވީރުކަމަށާއި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާކަމަށެވެ. އަދި ހައުސިންގ މިނިސްޓްރީގެ ފަރާތުން އެތަން އެއްކޮށް ސާފުކޮށް ނިންމާފައިވާކަމަށްވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

 

ފުލެޓްގައި މަގާއި ދިމާލަށް ހުރި ދޮރުން ބިއްލޫރި ގަނޑެއްގެ ބައެއް ވެއްޓެން ދިމާވި ސަބަބު އަދިވަނީ ސާފުވާ ގޮތްނުވެފައެވެ.  

 

ފްލެޓްތަކުގެ މަސައްކަތް އެއްކޮށް ނިންމި މީހުން އެތާނގައި ދިރިއުޅެން ފައްޓާފައިވަނީ މިއަހަރުގެ ޖޫން މަހުގައެވެ.

 

އެތަނުގައި ހުރި ރީޓެއިލް ފިހާރަތައް ފިޔަވައި، އެހެން ހުރިހާ ފްލެޓްތަކެއް އިންޑިޔާގެ ޓާޓާ ކުންފުނިން ދިވެހި ސަރުކާރާއި ޙަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. އަރަބިއްޔާ ހުރި އިމާރާތުގައި 90 އެޕާޓްމަންޓް އަދި ގާކޮށި ހުރި އިމާރާތުގައި 198 އެޕާޓްމަންޓް ހިމެނެއެވެ. މިއިން ކޮންމެ އެޕާޓްމަންޓެއް ވެސް ހަދާފައިވަނީ ތިން ކޮޓަރި އާއި، ދެ ފާޚަނާ އާއި އަދި އެޓޭޗްކުރެވިފައިވާ ބަދިގެއެއް ހިމެނޭ ގޮތަށެވެ

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް